ކ. މާލެ
|
22 ޖޫން 2018 | ހުކުރު 21:26
ޖުމްހޫރީ ޕާޓީގެ ތިން ވަނަ ކޮންގްރެސްގެ ތެރެއިން
ޖުމްހޫރީ ޕާޓީގެ ތިން ވަނަ ކޮންގްރެސްގެ ތެރެއިން
މުހައްމަދު ޝަރުހާން
ޖުމްހޫރީ ޕާޓީގެ ކޮންގްރެސް
ޖުމްހޫރީ ޕާޓީގެ ލީޑަރުގެ މަޤާމަށް ބޭފުޅަކު އިންތިހާބު ނުކުރެވޭގޮތަށް ފާސްކޮށްފި
ފާސްކުރި ޤަރާރުގައިވާގޮތުން ޖުމްހޫރީ ޕާޓީގެ ލީޑަރުގެެ މަޤާމަށް ބޭފުޅަކު އިންތިހާބުކުރެވޭނީ ވަކި ހަލާތްތަކެއް މެދުވެރިވުމުން
އެއީ ޤާސިމް އިބްރާހިމްގެ މައްޗަށް އިއްވާފައިވާ ހުކުމާއިމެދު ސުޕްރީމް ކޯޓުން ވަކިގޮތެއް ނިންމުން
ނުވަތަ ޤާސިމްގެ މައްޗަށް އިއްވާފައިވާ ހުކުމުގެ މުއްދަތު ހަމަވުން

ޖުމްހޫރީ ޕާޓީގެ ލީޑަރުގެ މަޤާމަށް ބޭފުޅަކު އިންތިހާބު ނުކުރެވޭގޮތަށް ޤަރާރެއް އެ ޕާޓީގެ ކޮންގްރެސް އިން ފާސްކޮށްފި އެވެ. 

ފާސްކުރި ޤަރާރުގައިވާގޮތުން ޖުމްހޫރީ ޕާޓީގެ ލީޑަރުގެެ މަޤާމަށް ބޭފުޅަކު އިންތިހާބުކުރެވޭނީ ވަކި ހަލާތްތަކެއް މެދުވެރިވުމުން އެކަނި އެވެ. އެއީ ޤާސިމް އިބްރާހިމްގެ މައްޗަށް އިއްވާފައިވާ ހުކުމާއިމެދު ސުޕްރީމް ކޯޓުން ވަކިގޮތެއް ނިންމުން ނުވަތަ ޤާސިމްގެ މައްޗަށް އިއްވާފައިވާ ހުކުމުގެ މުއްދަތު ހަމަވުން އެވެ. އޭގެއިތުރުން ދެން ޖުމްހޫރީ ޕާޓީގެ ލީޑަރުކަމަށް ބޭފުޅަކު އިންތިހާބުކުރެވޭނީ ޤާސިމްގެ އަމިއްލަ އެދިވަޑައިގަތުމަކަށެވެ. 

ފާސްކުރި ޤަރާރުގައިވާގޮތުން އެއިން ހާލަތެއް މެދުވެރިނުވާނަމަ ޕާޓީގެ ލީޑަރުކަމުގެ މަޤާމަށް ބޭފުޅަކު އައްޔަނުކުރުމަކީ ޕާޓީގެ ކައުންސިލަށްވެސް ކުރެއްވޭނެ ކަމެއް ނޫނެވެ. އެ ޤަރާރު ފާސްކޮށްފައިވަނީ 300 އަށްވުރެ ގިނަ މެމްބަރުންގެ ވޯޓާއެކުގަ އެވެ. 

ޖުމްހޫރީ ޕާޓީގެ ކޮންގްރެސްގައި ބައިވެެރިވަނީ 400 މަންދޫބުންނެވެ. 

ޖުމްހޫރީ ޕާޓީގެ ލީޑަރުގެ މަޤާމަށް ބޭފުޅަކު އިންތިހާބު ނުކުރެވޭގޮތަށް ޤަރާރެއް ފާސްކޮށްފައިވަނީ އިއްވާފައިވާ ޖަލު ހުކުމުގެ ސަބަބުން އެ ޕާޓީގެ ލީޑަރުކަމަށް ޤާސިމް އިބްރާހިމަށް ކުރިމަތިނުލެއްވޭނެކަމަށް ޖުމްހޫރީ ޕާޓީން އިއުލާންކޮށްފައިވަނިކޮށެވެ. ޖުމްހޫރީ ޕާޓީގެ މަޤާމުތަކަށް ކުރިމަތިލުމަށް ހުޅުވާލި ފުރުސަތުގައިވެސް ޕާޓީގެ ލީޑަރުކަމުގެ މަޤާމަށް އެއްވެސް ބޭފުޅަކު ކުރިމަތިލައްވާފައެއް ނުވެ އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 24 ގަޑިއިރު ކުރި
ރިވިއު ކުރީ: އަހްމަދު ސާއިފް ޝިޔާދް
- ކޮމެންޓް