ކ. މާލެ
|
22 ޖޫން 2018 | ހުކުރު 19:05
ޖުމްހޫރީ ޕާޓީގެ ކޮންގްރެސް ފެށުމުގެ ރަސްމިޔާތުގައި އިބޫއާއި އިތުރު ބޭފުޅުން ބައިވެރިވެަޑައިގަންނަވަނީ:-ފޮޓޯ-މުހައްމަދު ޝަރުހާން-ރާއްޖެއެމްވީ
ޖުމްހޫރީ ޕާޓީގެ ކޮންގްރެސް ފެށުމުގެ ރަސްމިޔާތުގައި އިބޫއާއި އިތުރު ބޭފުޅުން ބައިވެރިވެަޑައިގަންނަވަނީ:-ފޮޓޯ-މުހައްމަދު ޝަރުހާން-ރާއްޖެއެމްވީ
މުހައްމަދު ޝަރުހާން
އިބްރާހިމް މުހައްމަދު ސޯލިހު
ޔާމިން ބަލިކުރަން ކޯލިޝަނުގެ ހުރިހާ ބައިވެރިން ބޭނުންވޭ، ރިޔާސީ އިންތިހާބަށް ދާނީ އެކީގައި ތިބެ: އިބޫ
އެއް ކެނޑިޑޭޓު ނެރުމަކީ އެންމެ ރަނގަޅު ގޮތް
ހުރިހާ ޕާޓީތަކުގެ މެދުގައި ހިޔާލު އެއްގޮތް ކުރެވޭނެ

މިއަހަރުގެ ރިޔާސީ އިންތިހާބުގައި ރައީސް އަބްދުﷲ ޔާމިން ބަލި އިދިކޮޅު ކޯލިޝަނުގައި ހިމެނޭ ހުރިހާ ޕާޓީތަކުން އަދިވެސް ބޭނުންވާ ކަމަށާއި އިންތިހާބަށް ދާނީ އިދިކޮޅު ކޯލިޝަން އެއްކޮން ތިބެގެން ކަމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

އިދިކޮޅު ކޯލިޝަނުގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ ކޮންގްރެސް ފެށުމުގެ ރަސްމިޔާތަށް ވަޑައިގެންނެވުމަށްފަހު ރާއްޖެއެމްވީ އަށް ދެއްވި އިންޓަވިއުގައި އިބޫ ވިދާޅުވީ ކޯލިޝަނުގައި ހިމެނޭ ޕާޓީތަކުގެ ތެރޭގައި ތަފާތު ހިޔާލުތަކެއް ހުރި ނަމަވެސް އެންމެންގެ މަގުސަދަކީ އެކައްޗެއް ކަމަށެވެ. އެގޮތުން ރައީސް ޔާމިން އިންތިހާބުން ބަލިކުރުމަށް އެންމެން ވެސް ބޭނުންވާއިރު އެކަން ކުރާނެ ގޮތަކާމެދު ކޯލިޝަނުގެ ބައިވެރިންގެ މެދުގައި ހިޔާލު އެއްގޮތް ކުރަން ޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ވިދާޅުވީ ހިޔާލު އެއްގޮތް ކުރެވޭނެ ކަމަށާއި ކޯލިޝަނުގެ ތެރޭގައި އެ މަސައްކަތްކުރިއަށްދާ ގޮތް ގޯސް ނޫން ކަމަށެވެ.

"އަޅުގަނޑުމެންގެ ތެރޭގައި ހުރި ހިޔާލު ތަފާތުވުންތައް ރައްޔިތުންނާ ހަމައަށް ހާމަކުރެވެން ޖެހޭނެ. އޭގެ ތެރެއިން އެންމެ ރަނގަޅު ގޮތް އަޅުގަނޑުމެން ޕާޓީތަކުގެ ލީޑަރުން އިސްކުރައްވާނެ. އެއަކު އަޅުގަނޑު ހިތަކު ޝައްކެތް ނޫފެދޭ. ރައްޔިތުންނާ ހިސާބަށް ކުރިއަށް މި އޮތް ރިޔާސީ އިންތިހާބަށް ދާނީ ރައްޔިތުން ބޭނުންވާ ގޮތައް އެއްކޮން،" އިދިކޮޅު ކޯލިޝަނުގައި އެމްޑީޕީގެ ފަރާތުން މަޝްވަރާތަކުގައި ބައިވެރިވެވަޑައިގަންނަވާ އިބޫ ވިދާޅުވި އެވެ.

އޭގެ އިތުރުން އޭނާ ވިދާޅުވީ އިދިކޮޅު ހުރިހާ ފަރާތްތަކުން ވެސް ރައީސް ޔާމިން ބަލި ކުރަން ބޭނުންވާއިރު އެކަން އެންމެ ފަސޭހައިން ކުރެވޭނެ ފޯމިއުލާއެއް ކަމަށް ފެނިވަޑައިގަންނަވަނީ ހުރިހާ ފަރާތްތަކުން ގުޅިގެން އެއް ކެންޑިޑޭޓެއް ނެރެގެން ކަމަށެވެ.  

އިބޫ ރާއްޖެއެމްވީއަށް އިންޓަވިއު ދެއްވަނީ- އެނާ ވިދާޅުވީ ރިޔާސީ އިންތިހާބަށް ދާނީ ކޯލިޝަން އެއްކޮން ތިބެ ކަމަށް:- ފޮޓޯ:-ރައްޖެއެމްވީ

"އިތުރު ގޮތެއް ވެސް އެބަހުރި. އެ ހުރިހާ ގޮތްތަކަށް ވެސް ވިސްނާނެ އަޅުގަނޑުމެންގެ ލީޑަރުން. އެހެން ނަމަވެސް މީގައި އެންމެ ފަސޭހައިން މިކަން ކުރެވޭނެ ގޮތެއް ނިންމުމަށް އަޅުގަނޑުމެން ހުރިހާ ފަރާތްތައް ބާރުއަޅައިގެން ކުރިއަށް މިދަނީ. އެ މަގުސަދު ހާސިލް ކުރުމަށް އަޅުގަނޑުމެން ކޮންމެ ޕާޓީއަކުން ވާން ޖެހޭ ކޮންމެ ގުރުބާނީއެއް ވާނެ،" ޕެރެޑައިޒް ރިސޯޓުގައި ހުންނަވައިގެން ދެއްވި އިންޓަވިއުގައި އޭނާ ވިދާޅުވި އެވެ.

ރިޔާސީ އިންތިހާބު ކާމިޔާބު ކުރެވޭނީ އިދިކޮޅު ފަރާތްތަކުން އެއްކޮން ނިކުމެ އެއް ކެނޑިޑޭޓެއް ނެރެގެން ކަމަށް އިދިކޮޅު ކޯލިޝަނުގައި ހިމެނޭ ގިނަ ފަރާތްތަކުން ގަބޫލު ކުރި ނަމަވެސް އެއް ކެނޑިޑޭޓަކަށް ހުރިހާ ފަރާތްތަކުން އެއްބަސްވިކަން ހާމަކޮށްފައިނުވެ އެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 24 ގަޑިއިރު ކުރި
ރިވިއު ކުރީ: އަހްމަދު ސާއިފް ޝިޔާދް
- ކޮމެންޓް
22 ޖޫން 2018 | ހުކުރު 14:44
ހ މ ޒ
މިއަދު އިދިކޮޅު އެމްޑީޕީން "ޖަޒީރާ ރަން"ގެ ނަމުގައި ރައީސް ނަޝީދުގެ ކެމްޕެއިން ޙަރަކާތެއް ކުރިއަށް ގެންދިއުމަށް މަސައްކަތް ކޮށްފައިވަނީ، އިދިކޮޅު ކޯލިޝަނުން އެއް ކެންޑިޑޭޓަކު ނެރުމަށް ކުރާ މަސައްކަތަށް ގޮންޖައްސަވައި ރައީސް ނަޝީދު މިއަހަރުގެ ރިޔާސީ އިންތިޚާބުގައި ކުރިމަތިލާނެކަން ހާމަކުރައްވާފައި ވަނިކޮށެވެ.