ކ. މާލެ
|
22 ޖޫން 2018 | ހުކުރު 03:00
ކާނިވާ ސަރައްދުގައި ހުންނަ ޕެޓްރޯލް ޝެޑް:- އެސްޓިއޯގެ ޝެޑްތަކުން ވަނީ ތެޔޮ އަޅާދޭ އުސޫލަށް ބަދަލުތަކެއް ގެނެސްފައި
ކާނިވާ ސަރައްދުގައި ހުންނަ ޕެޓްރޯލް ޝެޑް:- އެސްޓިއޯގެ ޝެޑްތަކުން ވަނީ ތެޔޮ އަޅާދޭ އުސޫލަށް ބަދަލުތަކެއް ގެނެސްފައި
މުހައްމަދު ޝަރުހާން
އެސްޓީއޯ
މާލޭ ޝެޑްތަކުން ތެޔޮ އަޅާ ދޭ އުސޫލަށް ބަދަލުތަކެއް ގެނެސްފި
ސައިކަލް ތަކަށް ތެޔޮ އެޅޭނީ އަޖީއެމްއެޗާއި ކާނިވާ ސަރަހައްދުގައި ހުރި ޝެޑްތަކުން
ސްޓެކްލޯ ކައިރީގައި ހުންނަ ޝެޑުން ތެޔޮ އެޅޭނީ ހަތަރު ފުރޮޅުލީ ވެހިކަލް ތަކަށް އެކަނި

ފިއުލް ސަޕްލައިސް މޯލްޑިވްސް (އެފްއެސްއެމް) ގެ ޝެޑުން ތެޔޮ އަޅާ ގޮތަށް ހަމަޖައްސާފައިވާ އުސޫލުތަކަށް ބަދަލު ގެނެސްފި އެވެ.

އެސްޓިއޯއިން ބުނެފައިވާ ގޮތުން ބުރާސްފަތި ދުވަހުން ފެށިގެން ސައިކަލް ތަކަށް ތެޔޮ އެޅޭނީ އަޖީއެމްއެޗާއި ކާނިވާ ސަރަހައްދުގައި ހުރި ޝެޑްތަކުންނެވެ. އަދި ސްޓެކްލޯ ކައިރީގައި ހުންނަ ޝެޑުން ތެޔޮ އެޅޭނީ ހަތަރު ފުރޮޅުލީ ވެހިކަލް ތަކަށް އެކަނި ކަމަށް އެ ކުންފުނިން ވަނީ ބުނެފަ އެވެ.

އެފްއެސްއެމްގެ އެއް ނަމްބަރު ޝެޑްގެ ބޭރުގައި ހަރުކޮށްފައިވާ ނޯޓިސްއެއްގައި ވަނީ، އެ ގެނައި ބަދަލުގެ ސަބަބުން ރައްޔިތުންނަށް ދިމާވެދާނެ އުނދަގުލަކަށްޓަކައި މައާފަށް އެދިފައެވެ. މިއީ ދާއިމީ ގޮތެއްގައި ގެނައި ބަދަލެއް ކަމެއް ނުވަތަ ވަގުތީ ގޮތުން ގެނައި ބަދަލެއް ކަމެއް ނޭނގެ އެވެ. ނަމަވެސް މި ބަދަލު ގެނައިއިރު ބޮޑުތަކުރުފާނުމަގު ތަރައްގީކޮށް ހެދުމަށްޓަކައި އެ ސަރައްދު ކޮނެ ގިނަ މަސައްކަތްތަކެއް މި ދުވަސްކޮޅު ދަނީ ކުރަމުންނެވެ.

އެފްއެސްއެމް އިން މާލޭގައި ވެހިކަލްތަކަށް ތެޔޮ އަޅާ ތިން ޝެޑުގެ ތެރެއިން ސްޓެލްކޯ ކައިރި ހުންނަ ޝެޑާއި ކާނިވާ ސަރަހައްދުގައި ހުންނަ ޝެޑުން ހުރިހާ ވެހިކަލަކަށް ތެޔޮ އަޅައިދެއެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 24 ގަޑިއިރު ކުރި
ރިވިއު ކުރީ: އަހްމަދު ސާއިފް ޝިޔާދް
- ކޮމެންޓް