ކ. މާލެ
|
22 ޖޫން 2018 | ހުކުރު 12:05
ސުވައިދީބުގެ ރައީސް އަބްދުﷲ އަފީފު: އިނގިރޭސީންގެ ހިމާޔަތުގައި ޝީޝެލްސްއަށް ވަޑައިގެންނެވި ގޮތަށް ދިރިއުޅުއްވީ އެ ގައުމުގައި
ސުވައިދީބުގެ ރައީސް އަބްދުﷲ އަފީފު: އިނގިރޭސީންގެ ހިމާޔަތުގައި ޝީޝެލްސްއަށް ވަޑައިގެންނެވި ގޮތަށް ދިރިއުޅުއްވީ އެ ގައުމުގައި
ސޯޝަލް މީޑިއާ
ސުވައިދީބު
އަފީފު ބަޣާވާތް ކުރެއްވީ ސިޓީއެއް ފެނިގެން، މަރަށް މަރު ކަމަށް ހިތައި: ސީނާ ޒާހިރު
އެހެން ވިދާޅުވީ އަފީފު ދެއްކެވި ވާހަކަފުޅަކާ ގުޅިގެން
އަފީފު އިންޓަވިއު ދެއްވި ފުރަތަމަ ނޫސްވެރިޔަކީ ޒާހިރު
ޒާހިރު ނެރުއްވި ފޮތަށް ދީފައި ވަނީ އައްޑޫ ރަދުން

ދިވެހި ދައުލަތާ ވަކިވެ، ރާއްޖޭގެ ދެކުނުގެ ހަތަރު އަތޮޅު ގުޅިގެން ވަކި ގައުމެއްގެ ގޮތުގައި ސުވައިދީބު އިއުލާން ކުރީ ދިވެހި ސަރުކާރުން އައްޑޫއަށް ފޮނުއްވެވި މަންދޫބެއްގެ ފޮށިން ފެނުނު ސިޓީއަކާ ގުޅިގެން ކަަމަށް ސުވައިދީބުގެ ރައީސް އަބްދުﷲ އަފީފާ އިންޓަވިއު ކުރެެއްވި ދިވެހި ފުރަތަމަ ނޫސްވެރިޔާ އަދި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް އަހުމަދު ޒާހިރު (ސީނާ ޒާހިރު) ވިދާޅުވެއްޖެއެވެ.

ސީނާ ޒާހިރު އެހެން ވިދާޅުވީ އަބްދުﷲ އަފީފު އޭނާއަށް ދެއްވި އިންޓަވިއު ފޮތެއްގެ ގޮތުގައި ނެރުމަށް ނެޝަނަލް އާޓް ގެލެރީގައި ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި ހަފްލާގައި ވާހަކަފުޅު ދައްކަވަމުންނެވެ. ސުވައިދީބު އުފައްދަން ޖެހުނު ސަބަބު އަފީފު ވިދާޅުވި ގޮތަށް، ސީނާ ޒާހިރު ލިޔުއްވާފައިވާ ފޮތަށް ދީފައިވާ ނަމަކީ "އައްޑޫ ރަދުން" އެވެ.

އިނގިރޭސީންގެ އެހީތެރިކަމާ އެކު، ވަކި ދައުލަތެއްގެ ގޮތުގައި ސުވައިދީބު އިއުލާން ކުރީ 1959 އަހަރުގެ ޖެނުއަރީ މަހުއެވެ. ދެކުނުގެ ހަތަރު އަތޮޅު ކަމަށްވާ އައްޑޫ އާއި ފުވައްމުލަކާއި ގދ. އަތޮޅާއި ގއ. އަތޮޅު ދިވެހި ދައުލަތުގެ ބާރުގެ ދަށަށް ގެނެސް، ސުވައިދީބު އުވާލާފައި ވަނީ 1963 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގައެވެ. ސުވައިދީބުގެ ރައީސަކަށް ހުންނެވި އަފީފާއި އޭނާގެ އާއިލާ އިނގިރޭސީންގެ ހިމާޔަތުގެ ދަށުން، އަސްކަރީ މަނަވަރެއްގައި ސީޝެލްސްއަށް ގެންދިޔައީ ހަމަ އެ އަހަރުއެވެ. އަފީފު ނިޔާވީ އުމުރުފުޅުން 77 އަހަރުގައި ސީޝެލްސްގައެވެ.

ޒާހިރު ލިޔުއްވި ފޮތް އޭނާގެ ކާފަ ދަރިކަލުން ނެރެދެއްވަނީ-- ރާއްޖެއެމްވި ފޮޓޯ/ މުހައްމަދު ޝަރުހާން

އަފީފާ ހަވާލާ ދެއްވައި ޒާހިރު ވިދާޅުވީ އަފީފަށް ކުރެވުނީ ގޯސް ކަމެއް ކަމަށް އިއުތިރާފުވެވަޑައިގެންފައިވާ ކަމަށާއި އެއީ މަޖުބޫރުވެގެން ކުރެއްވި ކަމެއް އޭނާ ވިދާޅުވި ކަމަށެވެ.

"ހަގީގަތުގައި މި މައްސަލާގައި އަފީފު ވިދާޅުވާ ގޮތުގައި ވިއްޔާ މިއީ ވެގެންވާނެ ކަމެއް ނޫން. އެހެން ނަމަވެސް ތިމަންނައަށް ގޯސް ކަމެއް ކުރެވުނީއޭ. މަޖުބޫރު ވީއޭ ހާލަތު. އަފީފު ވިދާޅުވާ ގޮތުގައި ވެއްޖިއްޔާ އަފީފު ބޭނުންފުޅެއް ނުވޭ މި ބަޣާވާތް ކުރައްވާކަށް،" ދެކުނު ބަޣާވާތާ ގުޅިގެން، ދިވެހި ނޫސްވެރިންގެ ތެރެއިން އެންމެ ފުރަތަމަ އަފީފު އިންޓަވިއުއެއް ދެއްވި ސީނާ ޒާހިރު ވިދާޅުވިއެވެ.

ޒާހިރު ވިދާޅުވީ ދެކުނުގެ މައްސަލަ ސުލްހަ ކުރެއްވުމަށް، އޭރުގެ ސަރުކާރުން އައްޑޫއަށް ފޮނުއްވެވި މަންދޫބު އެނބުރި މާލެ ފޮނުވާލުމަށް އުޅެނިކޮށް، އޭނާގެ ފޮށިން ސިޓީއެއް ފެނުނު ކަމަށް އަފީފު ވިދާޅުވި ކަމަށެވެ. ކުށްވެރިވެގެން މާލެ ގެންދަންޖެހޭ މީހުންގެ ލިސްޓުގައި އަފީފުގެ ނަން އެ ސިޓީގައި އޮތް ކަމަށާއި އެކަމާ ގުޅިގެން މަރަށް މަރު ކަމަށް ހިތައި އަފީފު ބަޣާވާތް ކުރެއްވީ ކަމަށް ސީނާ ޒާހިރު ވިދާޅުވިއެވެ.

"މާލެއިން ފޮނުއްވެވި މިނިސްޓަރަކު. ޒަކީ ސަފީރު. ސަފީރުގެ ފޮށިކޮޅުން ފެނުނު ސިޓީއެއް، އޭގައި އޮތީ މާލެއަށް ކުށްވެރިވެގެން ގެންދާ މީހުންގެ ލިސްޓުގައި އަފީފުގެ ނަންފުޅު ވެސް އޮތުމުން. މައްސަލަ ޖެހިގެން ޒަކީ އެނބުރި މާލެ ވަޑައިގަންނަވަން ބޯޓަށް އަރައިވަޑައިގެން އެ ފެނުނީމަ، ތިމަންނަ ހިތްޕުޅަށް އެރިއޭ، އެ ވެސް މަރޭ މިވެސް މަރޭ. ތިމަންނަ ކުށްވެރި ނުވެ ވެސް މިހުރީ ކުށްވެރިއަކަށްވެފައޭ. ދެން ނެތެއްނުންހޭ އިތުރު ގޮތެއް. ދެނޭ ތިމަންނަ މަސައްކަތް ކުރާނީ،" ޒާހިރު ވިދާޅުވިއެވެ.

ފޮތް ނެރުމުގެ ރަސްމިއްޔާތުގެ ތެރެއިން-- ރާއްޖެއެމްވީ ފޮޓޯ/ މުހައްމަދު ޝަރުހާން

ޒާހިރު ވިދާޅުވި ގޮތުގައި ސުވައިދީބުގެ އުފެއްދެވުމުގައި އިސްކޮށް އުޅުއްވި އަފީފުގެ ވާހަކަތައް، އޭނާގެ ވިސްނުންފުޅާ އެކު ދިވެހި ތާރީހުގެ ތެރެއަށް ގެނެސްދޭން ޖެހޭ ކަމަށެވެ. ދެ ފަރާތުގެ ވާހަކަތައް އާންމުންނަށް ކިޔައިދޭންޖެހޭ ކަމަށް އިޝާރާތްކޮށް، އޭނާ ވިދާޅުވީ އަފީފު ދެއްވި އިންޓަވިއު ސިލްސިލާތަކެއްގެ ގޮތުގައި ހަފްތާ ނޫހުގައި ޝާއިއުކޮށްފައިވާ ކަމަށެވެ.

އަފީފުގެ އިންޓަވިއު ސީނާ ޒާހިރު ނަންގަވާފައި ވަނީ މީގެ 38 އަހަރު ކުރިން 1980 ވަނަ އަހަރު އޭނާ ސީޝެލްސްއަށް ކުރެއްވި ދަތުރުފުޅެއްގައެވެ. ޒާހިރު ހުންނެވި ހޮޓެލަށް ވަޑައިގެން، އަފީފު ދެއްވި އެ އިންޓަވިއު ޒާހިރު ވަނީ ކެސެޓްތަކަށް ރެކޯޑު ކުރައްވާފައެވެ. ނަމަވެސް ފަހުން އެ ކެސެޓްތައް ދުވަސްވުމުގެ ސަބަބުން ހަލާކުވެފައިވާ ކަމަށް ޒާހިރު ވިދާޅުވިއެވެ.

ސުވަދީބުގެ ރައީސް އަބްދުﷲ އަފީފު ދެއްވި އިންޓަވިއުގެ މައްޗަށް ލިޔެފައިވާ ފޮތް "އައްޑޫ ރަދުން"ގެ ފޮތުގައި، ސީނާ ޒާހިރު ސޮއި ކުރައްވަނީ--- ރާއްޖެއެމްވީ ފޮޓޯ/ މުހައްމަދު ޝަރުހާން
 

ޒާހިރު ލިޔުއްވި "އައްޑޫ ރަދުން"ގެ ފޮތަކީ 175 ސޮފުހާގެ ފޮތެކެވެ. އެ ފޮތް ވިއްކަން ފަށާފައި ވަނީ ވެސް 175 ރުފިޔާއަށެވެ. ބުރާސްފަތި ދުވަހުގެ ރޭ އެ ފޮތް ނެރެދެއްވީ ޒާހިރުގެ ކާފަ ދެ ދަރިކަނބަލުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 24 ގަޑިއިރު ކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް
22 ޖޫން 2018 | ހުކުރު 03:19
rekibeyya
ބަލަގަ އަފީފު މައުމޫނު ސަރުކާރުގަ ރާއްޖެ އައޭ
22 ޖޫން 2018 | ހުކުރު 02:27
ahmed
ސުވައިދީބުގެ ރައީސް އަބްދުﷲ އަފީފު: އިނގިރޭސީންގެ ހިމާޔަތުގައި ޝީޝެލްސްއަށް ވަޑައިގެންނެވި ގޮތަށް އެނބުރި ރާއްޖެ ވަޑައިގެންފައެއް ނުވޭ މިއޮތީ ވާނޫސްވެރި ކަމެއް އަފީފް މަރުވުމުގެ ކުރިން ރާްއްޖެއަަައި