ކ. މާލެ
|
21 ޖޫން 2018 | ބުރާސްފަތި 21:38
އިސްރާއީލު ބޮޑުވަޒީރު ނަތަންޔާހޫ (ވ) އަދި އަނބިކަނބަލުން ސާރާ
އިސްރާއީލު ބޮޑުވަޒީރު ނަތަންޔާހޫ (ވ) އަދި އަނބިކަނބަލުން ސާރާ
ރޮއިޓަރސް
އިސްރާއީލް
އިސްރާއީލުގެ ބޮޑުވަޒީރުގެ އަނބިކަނބަލުންގެ މައްޗަށް ދެ ދައުވާއެއް އުފުލައިފި
ދައުލަތުގެ ފައިސާއަށް މަކާރާއި ހީލަތް ހެދުމުގެ ދައުވާ އާއި ނަހަމަ ގޮތުގައި ބާރުގެ ބޭނުންކުރުމާ ގުޅިގެން އުފުލާފައިވާ ދައުވާއެއް

ދައުލަތުގެ ފައިސާއަށް މަކާރާއި ހީލަތް ހެދުމުގެ ތުހުމަތުކުރެވި އިސްރާއީލުގެ ބޮޑުވަޒީރު ބެންޔަމިން ނަތަންޔާހޫގެ އަނބިކަނބަލުން ސާރާ ނަތަންޔާހޫގެ މައްޗަށް ދައުވާ އުފުލައިފިއެވެ. 

ސާރާ ނަތަންޔާހޫގެ މައްޗަށް ދައުވާ އުފުލާފައި ވަނީ އިސްރާއީލުގެ ބޮޑުވަޒީރުގެ ރަސްމީ ގެކޮޅުގެ ކޭޓަރިންގެ ޚިދުމަތްތަކަށް ނަހަމަ ގޮތުގައި 359،000 ޝެކެލްސް (100،000 އެމެރިކާ ޑޮލަރު) ބޭނުންކުރުމާ ގުޅިގެންނެވެ. 

އިސްރާއީލުގެ ޖަސްޓިސް މިނިސްޓްރީ އިން ހާމަކުރާ ގޮތުން ފުލުހުންގެ ތަހުގީގަށް ފަހު އިތުރު ކަމަކާ ގުޅިގެން ވެސް ސާރާ ނަތަންޔާހޫގެ މައްޗަށް ދައުވާ އުފުލާފައިވެއެވެ. އެއީ ނަހަމަ ގޮތުގައި ބާރުގެ ބޭނުންކުރުމާ ގުޅިގެން އުފުލާފައިވާ ދައުވާއެކެވެ. އުފުލާފާއިވާ ދެ ދައުވާ އަށް ވެސް ސާރާ ނަތަންޔާހޫ އިންކާރު ކުރައްވައެވެ. 

އިސްރާއީލު ބޮޑުވަޒީރުގެ އަނބިކަނބަލުންގެ މައްޗަށް ދެ ދައުވާ އެއް އުފުލާފައިވާއިރު، ބޮޑުވަޒީރުގެ އޮފީސްކޮޅުގެ ކުރީގެ ޑެޕިއުޓީ ޑައިރެކްޓާ ޖެނެރަލެއްގެ މައްޗަށް ވެސް ބޮޑުވަޒީރުގެ އަނބިކަނަބލުންގެ މައްޗަށް އުފުލާފައި ދެ ދައުވާ އުފުލާފައި ވެއެވެ. "ދަ ޖެރޫސަލަމް ޑިސްޓްރިކްޓް އެޓާނީސް އޮފީސް" އިން ބުނެފައި ވަނީ މި ބަޔާންކުރެވުނު ދެފަރާތުގެ މައްޗަށް ދައުވާ އުފުލާފައި ވަނީ "މައްސަލައިގެ ހިމެނޭ ހުރިހާ ހެއްކެއް ރިވިއު ކުރުމަށް ފަހު ކޭސްގައި ހިމެނޭ ހުރިހާ ކަންކަމަކަށް ރިއާޔަތް ކުރުމަށް ފަހުގައި" ކަމަށެވެ. 

އިސްރާއީލު ބޮޑުވަޒީރުގެ އަނބިކަނބަލުންގެ މައްޗަށް ދެ ދައުވާއެއް އުފުލިއިރު، މިދިޔަ އަހަރު އިސްރާއީލުގެ އެޓާނީ ޖެނެރަލް ވަނީ އެކަމަނާގެ މައްޗަށް ދައުވާ އުފުލުމާ މެދު ވިސްނާވަޑައިގަންނަވާ ކަމަށް ވިދާޅުވެފައެވެ. 

 

 

 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދު ސާއިފް ޝިޔާދް
- ކޮމެންޓް