ކ. މާލެ
|
21 ޖޫން 2018 | ބުރާސްފަތި 15:55
ޑެންގީ ހުން ޖެހެން މެދުވެރިވާ ޒާތުގެ މަދިރިއެއް - މިހާރު މިހުން ވަނީ ކޮންޓްރޯލް ކުރެވިފައި
ޑެންގީ ހުން ޖެހެން މެދުވެރިވާ ޒާތުގެ މަދިރިއެއް - މިހާރު މިހުން ވަނީ ކޮންޓްރޯލް ކުރެވިފައި
ގޫގުލް
ޑެންގީ ހުން
މިއަހަރުގެ މިހާތަނަށް 1000 ވުރެ ގިނަ މީހުންނަށް ޑެންގީ ހުން ޖެހިގެން ވަނީ ރިޕޯޓުކޮށްފައި
މިއަހަރުގެ މިހާތަނަށް 1348 މީހުންނަށް ޑެންގީ ޖެހިފައި
މާލެއިން 427 މައްސަލަ ރިޕޯޓު ކޮށްފައިވާއިރު އަތޮޅު ތެރެއިން 921 މައްސަލަ ވަނީ ރިޕޯޓު ކޮށްފައި

މިއަހަރުގެ މިހާތަނަށް ހާހަކަށް ވުރެ ގިނަ މީހުންނަށް ޑެންގީ ހުން ޖެހިގެން ރިޕޯޓުކޮށްފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ބުނެފިއެވެ.

ޑެންގީ ހުމާއި ބެހޭ ގޮތުން ހެލްތު ޕްރޮޓެކްޝަން އެޖެންސީން ރާއްޖެއެމްވީއަށް ހިއްސާކުރި ތަފާސް ހިސާބުތަކުން ދައްކާ ގޮތުން މިއަހަރުގެ މިހާތަނަށް 1،348 މީހުންނަށް ޑެންގީ ޖެހިގެން ވަނީ ރިޕޯޓުކޮށްފައެވެ. މީގެ ތެރެއިން މާލެއިން 427 ކޭސް ރިޕޯޓު ކޮށްފައިވާއިރު އަތޮޅު ތެރެއިން 921 ކޭސް ވަނީ ރިޕޯޓު ކޮށްފައެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ބުނީ މި ދޭތެރެއިން ރާއްޖެއަށް ކުރި ވިއްސާރައިގެ ސަބަބުން ވަރަށް ބޮޑަށް ޑެންގީ ހުން ފެތުރިފައިވާ ކަމަށާއި، ނަމަވެސް މިހާރު ޑެންގީ ހުން ކޮންޓްރޯލް ކުރެވިފައިވާ ކަމަށެވެ. 

އެޗްޕީއޭއިން ބުނީ ޑެންގީ ހުން ކޮންޓްރޯލް ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ. އެގޮތުން ފަރުވާ ކުރުމާ ބެހޭ އުސޫލުތައް ހުރިހާ ސިއްހީ ޚިދުމަތްދޭ ތަންތަނާއި ހިއްސާކޮށް ޓެލެކޮންފަރެންސް މެދުވެރިކޮށް ސިއްހީ ހިދުމަތްތެރިންނަށް މައުލޫމާތުދެމުންދާ ކަމަށެވެ. އަދި ބޭހާއި ޓެސްޓް ކުރުމަށް ބޭނުންވާ ތަކެތި ހުރިހާ ސިއްހީ ޚިދުމަތްދޭ ތަންތަނުގައި ހުރިކަން ކަށަވަރުކުރުމާއެކު، އާއްމުން ހޭލުންތެރިކުރުމުގެ ގޮތުން ކަމާ ބެހޭ މައުލޫމާތު ހިއްސާކުރަމުންދާ ކަމަށް ވެސް އެޗްޕީއޭއިން ބުންޏެވެ.

މީގެ އިތުރުން ހެލްތު ޕްރޮޓެކްޝަން އެޖެންސީން ވަނީ ފަތިހުގެ ވަގުތާއި، އިރު އޮއްސޭ ވަގުތު ގޭގެ ދޮރުތައް ލެއްޕުމަށާއި، ހުސްފުޅިއާ ދަޅު ފަދަ ފެން ހަރުލާ ތަކެތި ގޯތިތެރެއާ މަގުމައްޗަށް އުކާނުލުމަށް ވަނީ އިލްތިމާސް ކޮށްފައެވެ. އަދި ހަށިގަނޑު ރަނގަޅަށް ނިވާވާ ގޮތަށް ހެދުން އެޅުމާއި މަދިރި ލޯޝަން ފަދަ އެއްޗެހި ބޭނުން ކުރުމަށް ވެސް ވަނީ އިލްތިމާސްކޮށްފަ އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 24 ގަޑިއިރު ކުރި
ރިވިއު ކުރީ: އަހްމަދު ސާއިފް ޝިޔާދް
- ކޮމެންޓް