ކ. މާލެ
|
21 ޖޫން 2018 | ބުރާސްފަތި 16:36
ކުރީގެ ސީޕީ އަހުމަދު އަރީފް -- ފޮޓޯ : މުހައްމަދު ޝަރުހާން
ކުރީގެ ސީޕީ އަހުމަދު އަރީފް -- ފޮޓޯ : މުހައްމަދު ޝަރުހާން
މުހައްމަދު ޝަރުހާން
ކުރީގެ ސީޕީ އަރީފް
އަރީފުގެ މައްސަލައިގެ އަޑުއެހުން މިއަދުވެސް ކެންސަލް
އަޑުއެހުން ބާއްވަން ތާވަލުކޮށްފައި އޮތީ މިއަދު މެންދުރު ފަހު
މީގެ ކުރިން ބާއްވަން އުޅުނު އަޑުއެހުން ވެސް ވަނީ ކެންސަލް ކޮށްފައި

ގާނޫނާ ހިލާފަށް ސަރުކާރު ވައްޓާލަން އުޅުނު ކަމަށް ބުނެ، ކުރީގެ ޕޮލިސް ކޮމިޝަނަރު އަހުމަދު އަރީފުގެ މައްޗަށް އުފުލާފައިވާ ޓެރަރިޒަމް ދައުވާއާ ގުޅިގެން ބުރާސްފަތި ދުވަހަށް ބާއްވަން ތާވަލް ކުރި އަޑުއެހުން ކެންސަލްކޮށްފިއެވެ.

ބުރާސްފަތި ދުވަހުގެ މެންދުރު ފަހު 13:00 ގައި ބާއްވަން ތާވަލުކުރި އަޑުއެހުން ކެންސަލްކުރި ވަކި ސަބަބެއް ކޯޓުން ނުބުނެއެވެ. މިމަހުގެ ހަތަރު ވަނަ ދުވަހު މި މައްސަލައިގައި ބާއްވަން އޮތް އަޑުއެހުން ވެސް ވަނީ ކެންސަލް ކޮށްފައެވެ.

މި މައްސަލާގައި އެންމެ ފަހުން އަޑުއެހުމެއް ބާއްވާފައި ވަނީ މިދިޔަ މެއި މަހުގެ 13 ވަނަ ދުވަހުއެވެ. އެ ދުވަހުގެ އަޑުއެހުމުގައި ދައުލަތުން ދައުވާ އިއްވުމުން އަރީފް ވަނީ ދައުވާއަށް އިންކާރު ކުރައްވާފައެވެ.  

އެ އަޑުއެހުމުގައި ދައުލަތުން ދައުވާ އިއްވުމުން އަރީފްގެ ގާނޫނީ ވަކީލުންނާއި އަރީފް ވިދާޅުވެފައި ވަނީ، ދައުވާ ސާފުނުވާ ކަމަށެވެ. އެހެންކަމުން ދައުވާއާ ގުޅިގެން ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ)ގެ އޮފީހުން ސިއްރުކުރަން ބޭނުންވާ ކަންކަމުގެ ސިއްރު ނުގެއްލޭ ގޮތަށް ޕީޖީގެ ގާނޫނީ ވަކީލުން ވަނީ ދައުވާގައި ސާފުނުވާ ކަމަށް ބުނާ ކަންކަން ސާފުކޮށްދިނުމަށް މަސައްކަތް ކުރައްވާފައެވެ. ނަމަވެސް އަރީފް ވިދާޅުވެފައި ވަނީ ފުލުހުންގެ ޚިދުމަތުގައި އުޅުއްވާތާ 29 އަހަރު ވެފައިވާއިރު ދުވަހަކު ވެސް ޤާނޫނުއަސާސީ އާއި ޤާނޫނާ ޚިލާފު އަމަލެއް ކޮށްފައި ނުވާނެ ކަމަށެވެ.

އެހެންކަމުން ދައުލަތުން އުފުލާފައިވާ ޓެރަރިޒަމްގެ މިދައުވާއަށް އިންކާރު ކުރައްވާ ކަމަށް އަރީފް ވިދާޅުވެފައި ވެއެވެ. ކޮށްފައިވާ ހުވަޔާ އެއްގޮތަށް ސުޕްރީމް ކޯޓު އަމުރެއް ތަންފީޒު ކުރަން އުޅުމުންވީ ޓެރަރިސްޓަކަށް ކަމަށާއި ސުޕްރީމް ކޯޓުން ނެރުނު އަމުރެއް ފުލުހުން ތަންފީޒު ކުރަން ދެކޮޅު ހެދި ތަނެއް މިނޫނިއްޔާ ނުދެކޭ ކަމަށް އަރީފް ވިދާޅުވެފައި ވެއެވެ.

އެ އަޑުއެހުމުގައި އަރީފް ވިދާޅުވެފައި ވަނީ ސުޕްރީމް ކޯޓުން އަމުރެއް ނެރުމުން އެ އަމުރު ތަންފީޒު ކުރުމަކީ ގާނޫނުއަަސާސީ އާއި ގާނޫނުތަކުން ފުލުހުންގެ މައްޗަށް ލާޒިމް ކަމެއް ކަމަށެވެ. އަދި ހާއްސަކޮށް ސުޕްރީމް ކޯޓުން ނެރުނު އަމުރެއް ނަމަ އެ އަމުރާ މެދު އިތުރަށް ސުވާލު އުފެއްދުމުގެ ޖާގައެއް ވެސް ނެތް ކަމަށް އޭނާ ވިދާޅުވެފައި ވެއެވެ. ދައުވާއަށް އަރީފް އިންކާރު ކުރެއްވުމާ އެކު ޕީޖީ އޮފީހުގެ ވަކީލުން ވަނީ އަރީފްގެ މައްޗަށް ދައުވާ ސާބިތު ކުރުމަށް 31 ހެއްކެއް ހުށަހަޅާފައެވެ.

އެ ހެކިތަކުގެ ތެރޭގައި ގިނައިން ހިމެނެނީ ފުލުހުންގެ ބަޔާންތަކެވެ، އަދި އެބަޔާންތަކާއި، ގިނަ ހެއްކާއި ގަރީނާތައް ސިއްރުކޮށްފައިވާއިރު، ދިފާއީ ވަކީލުން ވިދާޅުވެފައި ވަނީ ބަޔާންދިން މީހުންގެ މަޢުލޫމާތު ކޮންމެހެން ސިއްރުކުރަން ދައުލަތުން ބޭނުންވާ ނަމަ، އެމީހުންގެ ސިއްރުކަން ނުގެއްލޭ ގޮތަށް ބަޔާނުގައިވާ އެއްޗެއް ދައުވާ ރައްދުވާ ފަރާތަށް ލިބެންޖެހޭ ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ. އަދި އެއީ ޤާނޫނުއަސާސީން ދައުވާލިބޭ ފަރާތަށް ލިބިދޭންޖެހޭ ހައްގެއް ކަމަށް ވެސް ވަކީލުން ވިދާޅުވެފައި ވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް
21 ޖޫން 2018 | ބުރާސްފަތި 13:22
އަޙްމަދު
ޚަބަރުގައި ވެސް ވިދާޅުވެފައި ވަނީ އޭރުގެ ސަރުކާރުން ގޯސްތަކެއް ހެއްދެވި ކަމަށް. ހަމަ އެއާ އެކު ތިޔަވިދާޅުވަނީ "ބަޣާވާތެ" އެކޭ. ކިހިނެއް ދިމާ ކުރަނީ. ގޯސްކަމަކުން ކުރެވޭނީ ރަނގަޅު ކަމެއް. ނުބައި ކަމަކުން ރަނގަޅު ކަމެއް ނުކުރެވޭނެ. އެހެންވީމާ "ބަޣާވާތޭ ' ނުކިޔާ އަދި ނު ލިޔޭ. މިހާރު މިޤައުމުގައި މި ހިންގާ އިޞްލާޙީ މަސައްކަތަށް ވެސް އެއްބަޔަކު ބަޣާވާތޭ ކިޔާއިރު އަނެއް ބައި މީހުން ބުނަނީ އިޞްލާޙީ މަސައްކަތޭ. ބަޣާވާތޭ ނުކިޔާ. މިހެން ވުމުން :އެކަމަށް "އައްޑޫ "ގަޑުބަޑު' މި ބަސް ބޭނުން ކުރުން ރަނގަޅު. ހަމަ އެފަދަ ކަމެއް އުތުރު ގައި ހިނގި. އެއަށް ވެސް ކިޔަނީ "ގަޑުބަޑޭ.