ކ. މާލެ
|
21 ޖޫން 2018 | ބުރާސްފަތި 14:09
ސުވައިދީބުގެ ރައީސް އަބްދުﷲ އަފީފު: އުމުރުފުޅުން 77ގައި ނިޔާވީ ޝީޝެލްސްގައި
ސުވައިދީބުގެ ރައީސް އަބްދުﷲ އަފީފު: އުމުރުފުޅުން 77ގައި ނިޔާވީ ޝީޝެލްސްގައި
ޓްވިޓަރ
ސުވައިދީބު
ސުވައިދީބުގެ ރައީސް, 38 އަހަރު ކުރިން ދެއްވި އިންޓަވިއު ފޮތެއްގެ ގޮތުގައި ނެރެނީ
އިންޓަވިއު ދެއްވީ ސީނާ ޒާހިރަށް
ފޮތުގެ ނަމަކީ އައްޑޫ ރަދުން
އިންޓަވިއު ދެއްވީ ޝައުގުވެރިކަމާއެކު، ކަރުނަ ވެސް ހިލުނު

ކުރީގެ ރައީސް އިބްރާހިމް ނާސިރުގެ ވެރިކަމުގައި ދެކުނު ހަތަރު އަތޮޅު ގުޅިގެން ވަކި ގައުމެއްގެ ގޮތުގައި ރާއްޖެއާ ވަކިވެގަނެގެން އުފެއްދި އެކުވެރި ސުވައިދީބުގެ ޖުމްހޫރިއްޔާގެ ރައީސް އަބްދުﷲ އަފީފް މީގެ 38 އަހަރު ކުރިން ދެއްވި އިންޓަވިއުއެއް ފޮތެއްގެ ގޮތުގައި ނެރެން ނިންމައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް އަހުމަދު ޒާހިރު (ސީނާ ޒާހިރު) ލިޔުއްވި އެ ފޮތަށް ދީފައިވާ ނަމަކީ "އައްޑޫ 'ރަދުން'"އެވެ. އިނގިރޭސީން އަޑީގައި ތިބެގެން އެކުވެރި ސުވައިދީބުގެ ޖުމްހޫރިއްޔާ އުފެއްދި ގޮތާއި ދިވެހި ދައުލަތާ ދެކޮޅަށް ބަޣާވާތް ކުރަން ޖެހުނު ސަބަބު އަފީފު ވިދާޅުވި ގޮތަށް އެ ފޮތުގައި ލިޔެފައިވާނެ ކަމަށް ޒާހިރު ވިދާޅުވިއެވެ.

ޒާހިރު "ރާއްޖެއެމްވީ"އަށް ވިދާޅުވީ އެ ފޮތުގައި ލިޔެފައިވާ ވާހަކަތަކަކީ ވަރަށް ޝައުގުވެރިކަމާއި ފަރިތަކަމާއެކު ދިވެހި ބަހުން އަފީފު އޭނާއަށް ދެއްވި ހަ ގަޑިއިރުގެ އިންޓަވިއުއެއްގެ މައްޗަށް ލިޔެފައިވާ ފޮތެއް ކަމަށެވެ.

"އަޅުގަނޑު ގަބޫލު ކުރާ ގޮތުގައި އެ ސައިޑުގެ ވާހަކަތައްވެސް އަންނަން ޖެހޭނެ. އަސަރާއެކު އެ ވާހަތަތައް އޭނާ އަޅުގަނޑަށް ކިޔައިދެއްވި. އައްޑޫ ދޫކޮށް، ސީޝެލްސްއަށް ދާންޖެހުނު ހާލަތު ކިޔައި ދެއްވި ވަގުތު އަފީފު ލޮލުން ކަރުނަ ހިލުނު،" 1993ގެ އަހަރުތަކުގެ ކުރީކޮޅު ނިޔާވެފައިވާ އަފީފު ދެއްވި އިންޓަވިއުއާ ގުޅޭ ގޮތުން ސީނާ ޒާހިރު ވިދާޅުވިއެވެ.

ސުވައިދީބުގެ ރައީސް އަފީފު (ވ) ވަކިވެގަނެގެން އުފެއްދި ގައުމުގެ ދިދައަށް ސެލިއުޓް ކުރައްވަނީ-- ފޮޓޯ/ ޓްވިޓާ 

ރަސްމީ ދަތުރުފުޅެއްގައި ސީނާ ޒާހިރު ސީޝެލްސްއަށް ކުރެއްވި ދަތުރުފުޅެއްގައި އޭނާއަށް ދެއްވި އެ އިންޓަވިއު ރިކޯޑް ކުރައްވާފައިވަނީ ހަތަރު ކެސެޓުރޯލަށެވެ. އެ އިންޓަވިއު ސިލްސިލާތަކެއްގެ ގޮތުގައި ސީނާ ޒާހިރުގެ އަމިއްލަފުޅު ނޫސް "ހަފްތާ"ގައި ޝާއިއޢު ކުރައްވާފައިވެއެވެ.

އިންޓަވިއުގައި އަފީފު ދެއްކެވި ވާހަކަފުޅުތައް ކުރުކޮށް، ތަފްޞީލު ކޮށްދެއްވަމުން، ޒާހިރު ވިދާޅުވީ އައްޑޫ ބަޣާވާތަކީ އޭރުގެ ސަރުކާރުން "ޑިޕްލޮމަސީ" ބޭނުން ނުކުރުމުގެ ސަބަބުން ދިމާވި މައްސަލައެއް ކަމަށާއި ސުލްހަވެރިކަމާއެކު މަޝްވަރާތައް އިސްކުރިނަމަ، އެކަން ހައްލު ކުރެވުނީސް ކަމަށެވެ.

"އަފީފު ވިދާޅުވި ތިމަން ކުރީ ގޯސްކަމެކޭ، އިނގިރޭސީން ތިމަން ޔޫސް ކުރީއޭ،" ނޫސްވެރިކަމުގެ ދާއިރާއަށް އަގުހުރި ޚިދުމަތްތަކެއް ކުރެއްވި ޒާހިރު ވިދާޅުވިއެވެ.

ޒާހިރު ލިޔުއްވި "އައްޑޫ ރަދުން" ފޮތް ނެރުމަށް ހަމަޖެހިފައި ވަނީ ބުރާސްފަތި ދުވަހުގެރޭ 9:00ގައި ނެޝަނަލް އާޓް ގެލެރީގައެވެ. އެ ފޮތް ވިއްކުމަށް ހަމަޖެހިފައި ވަނީ 175 ރުފިޔާއަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 24 ގަޑިއިރު ކުރި
ރިވިއު ކުރީ: އިސްމާއިލް ނާއިލް ނަޝީދު
- ކޮމެންޓް
21 ޖޫން 2018 | ބުރާސްފަތި 13:23
އަޙްމަދު
ބަޣާވާތު މި ބަހުގެ ބަދަލުގައި "ގަޑުބަޑު" ލޔުއްވުން ރަނގަޅު. އެއީ އުތުރުގައި ވެސް ކުރެވުނީ ހަމަ އެއްކަމެއް ނަމަވެސް ކިޔަނީ ގަޑުބަޑޭ