ކ. މާލެ
|
21 ޖޫން 2018 | ބުރާސްފަތި 14:30
ހުޅުމާލެ: ކަރަންޓް ކެނޑުނީ ހެދުނު 9:00ގައި
ހުޅުމާލެ: ކަރަންޓް ކެނޑުނީ ހެދުނު 9:00ގައި
ހައުސިންގް ޑިވެލޮޕްމަންޓް ކޯޕޮރޭޝަން
ކަރަންޓު ކެނޑުން
ހުޅުމާލެއިން ދެ ގަޑިއިރަށް ކަރަންޓް ކެނޑިއްޖެ
ކަރަންޓު ކެނޑުނީ ޓެކްނިކަލް މައްސަލައަކުން: ސްޓެލްކޯ
ކަރަންޓް ކެނޑުނީ ހެނދުނު 9:45 ހާއިރު، ލިބުނީ 11:15ގައި
ކަރަންޓު ކެނޑުމަކީ އާންމުކޮށް ދިމާވާ މައްސަލައެއް

މާލޭ ސަރަހައްދުގެ ބޮޑު އާބާދީއެއް ދިރިއުޅޭ ހުޅުމާލެއިން ދެ ގަޑިއިރަށް ކަރަންޓު ކެންޑިއްޖެއެވެ.

ސްޓެލްކޯގެ އޮފިޝަލަކު "ރާއްޖެއެމްވީ"އަށް ވިދާޅުވީ ކަރަންޓު ކެނޑުނީ ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން ކަމަށާއި، މިހާރު މައްސަލަ ހައްލުކޮށްފައިވާ ކަމަށެވެ. ނަމަވެސް ދިމާވި މައްސަލައިގެ ތަފްސީލެއް އޭނާ ނުދެއްވައެވެ.

ހުޅުމާލެއިން ކަރަންޓު ކެނޑުނީ ބުރާސްފަތި ދުވަހުގެ ހެނދުނު 9:45 ހާއިރުއެވެ. އަދި ކަރަންޓު ލިބުނީ މެންދުރު 11:15 ހާއިރުއެވެ.

ގާތްގަނޑަކަށް ދެ ގަޑިއިރަށް ހުޅުމާލެއިން ކަރަންޓު ކެނޑުމުން އެ ރަށުގެ ގިނަ ހިދުމަތްތަކަކަށް ބުރޫ އަރާފައިވެއެވެ. އެގޮތުން ސްކޫލުތަކާއި، އޮފީސްތަކުގެ މަސައްކަތް ހުއްޓުނެވެ.

ފަހަކަށް އައިސް ދޭތެރެ ދޭތެރިން ހުޅުމާލެއިން ކަރަންޓު ކެނޑެމުންދެއެވެ. އެ މައްސަލައަށް ދާއިމީ ހައްލެއް ނުލިބޭތީ ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ޙުސައިން ޙަސަން
- ކޮމެންޓް