ކ. މާލެ
|
21 ޖޫން 2018 | ބުރާސްފަތި 12:36
މައުމޫން ފައުންޑޭޝަނުން ސްކޮލާރޝިޕް ފުރުސަތު ލިބުނު ބައެއް ޒުވާނުންނާއެކު ރައީސް މައުމޫން
މައުމޫން ފައުންޑޭޝަނުން ސްކޮލާރޝިޕް ފުރުސަތު ލިބުނު ބައެއް ޒުވާނުންނާއެކު ރައީސް މައުމޫން
ދަ މައުމޫން ފައުންޑޭޝަން
މައުމޫން ފައުންޑޭޝަން
މައުމޫން ފައުންޑޭޝަންގެ ސްކޮލާރޝިޕަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށްފި
މިއީ ޕާޓް-ފަންޑަޑް ސްކޮލާރޝިޕްތަކެއް
އާދީއްތައާ ހަމައަށް ފޯމް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވޭ

ދިވެހި ޒުވާނުންނަށް މަތީ ތައުލީމުގެ އިތުރު ފުރުސަތުތައް ހޯދައި ދިނުމުގެ ގޮތުން މައުމޫން ފައުންޑޭޝަނުން މި މަހު ހުޅުވާލި ސްކޮލާޝިޕްތަކަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށްފިއެވެ.

މައުމޫން ފައުންޑޭޝަނުން ބުނީ އެ ފައުންޑޭޝަނުން ހުޅުވާލި 10 ޕާޓް-ފަންޑަޑް ސްކޮލާޝިޕްތަކަށް ކުރިމަތިލުމުގެ ފުރުސަތު އަންނަ އާދީއްތަ ދުވަހުގެ މެންދުރުފަހު 3:00އާ ހަމައަށް ހުޅުވާލާފައިވާ ކަމަށެވެ. ކުރިން ނިންމާފައި އޮތީ ބުރާސްފަތި ދުވަހުގެ ނިޔަލަށް އެ ފުރުސަތު ދިނުމަށެވެ.

މައުމޫން ފައުންޑޭޝަނުން ބުނީ އެ ސްކޮލާޝިޕްތަކުގެ ދަށުން ކިޔެވުމުގެ ފުރުސަތު ލިބެނީ އިންޑިއާގެ ބެންގަލޫރުގެ ގާޑަށް ސިޓީ ޔުނިވާސިޓީގެ ފަސް ދާއިރާއިން ކަމަށެވެ.

އޭގެ ތެރޭގައި ހިމެނެނީ ބެޗަލާރ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން، ބެޗްލާރ އޮފް ކޮމްޕިއުޓާރ އެޕްލިކޭޝަން، ބެޗަލާރ އިން ބަޔޯޓެކްނޮލޮޖީ، ބަޔޯކެމިސްޓްރީ، ޖެނެޓިކްސް، ބެޗަލަރ އޮފް ފިޒިއޮތެރަޕީއާއި މާސްޓަރ އޮފް ޓުރިޒަމް އެންޑް ޓްރެވަލް މެނޭޖްމެންޓްއެވެ.

މައުމޫން ފައުންޑޭޝަނުން ސްކޯލާޝިޕްތަކަށް ފުރުސަތު ހުޅުވާލާފައި ވަނީ ރައީސް މައުމޫން ހައްޔަރުކޮށް، އެކަހެރިކޮށްފައިވާތާ 135 ދުވަސްވެފައިވަނިކޮށެވެ. ފުލުހުންގެ ތަހުގީގަށް ފޯނު ނުދެއްވި ކަމަށް ބުނެ، އަދުލު އިންސާފު ގާއިމްކުރަން ހުރަސް އެޅުމުގެ ކުށް ރައީސް މައުމޫންގެ މައްޗަށް ސާބިތުކޮށް، އެމަނިކުފާނު އެއް އަހަރާއި ހަތް މަހާއި ހަ ދުވަހަށް ޖަލަށްލުމަށް ވަނީ ކްރިމިނަލް ކޯޓުން ވަނީ ހުކުމްކޮށްފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ޙުސައިން ޙަސަން
- ކޮމެންޓް