ކ. މާލެ
|
21 ޖޫން 2018 | ބުރާސްފަތި 01:40
ވިންޓަރ ޕާކު ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން - ޕާކަށް ވަނުމަށް 20 ރުފިޔާ ނެގުމަށް ހަމަޖެހިފައިވާ
ވިންޓަރ ޕާކު ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން - ޕާކަށް ވަނުމަށް 20 ރުފިޔާ ނެގުމަށް ހަމަޖެހިފައިވާ
ރައީސް އޮފީސް
ރަސްރަނި ބަގީޗާ
ވިންޓަރ ޕާކަށް ވަންނަ މީހުންގެ އަތުން ފީއެއް ނަގާގޮތަށް ހަމަޖައްސައިފި
ވިންޓާ ޕާކު ފިތުރު އީދު ދުވަހު ހުޅުވި ނަމަވެސް އާންމުންނަށް މިޕާކަށް ވަދެވޭ ގޮތަށް ހުޅުވާލީ ބުދަ ދުވަހު
ވިންޓާ ޕާކަށް ވަދެވެނީ 20 ރުފިޔާ ދެއްކުމަށްފަހު، ހުރިހާ ހަރަކާތެއްގައި ބައިވެރިވާ ނަމަ 100 ރުފިޔާ ދައްކަން ޖެހޭ
މިޕާކު ހުރިހާ ދުވަހެއްގައި ހުޅުވިފައި ހުންނާނެ

ތާރީހީ ކަޅުވަކަރު މިސްކިތް ނެގުމަށްފަހު ރަސްރަނި ބަގީޗާގައި ހުޅުވާފައިވާ ވިންޓަރ ޕާކަށް ވަންނަ މީހުންގެ އަތުން ފީއެއް ނަގާގޮތަށް ހަމަޖައްސައިފި އެވެ.

ސްނޯގެ އިހްސާސް ކުރެވޭ ގޮތަށް ތަރައްގީކުރި ވިންޓަރ ޕާކު ފިތުރު އީދު ދުވަހު ހުޅުވި ނަމަވެސް އާންމުންނަށް މިޕާކަށް ވަދެވޭ ގޮތަށް ހުޅުވާލީ ބުދަ ދުވަހު އެވެ.

އެގޮތުން ޕާކަށް ވަނުމަށް 20 ރުފިޔާ ނެގުމަށް ހަމަޖެހިފައިވާއިރު ކުޅިވަރު ތަކުގައި ބައިވެރިވާނަމަ ވެސް ފީ އެއް ނަގައެވެ.

ވިންޓަރ ޕާކުގައި ކުރިއަށް ގެންދަނީ ތިން ކުޅިވަރެކެވެ. އެއީ ސްނޯ ހައުސް، ސްނޯ ސްލައިޑިން އަދި އައިސް ސްކޭޓިންއެވެ. މިހުރިހާ ހަރަކާތެއްގައި ބައިވެރި ވާނަމަ 100 ރުފިޔާ ދައްކަންޖެހެ އެވެ.

ވިންޓަރ ޕާކު ކޮންމެ ދުވަހު ދުވަހަކު ވެސް ހުޅުވާނެއެވެ. އެގޮތުން އާދިއްތަ ދުވަހު ޕާކު ހުޅުވާފައި ހުންނާނީ ހަވީރު 4:00 އިން 6:00 އަށް އަދި ރޭގަނޑު 8:00 އިން 11:00 އަށްށެވެ. އަދި ހޯމަ ދުވަހުން ފެށިގެން ބުރާސްފަތި ދުވަހުގެ ނިޔަލަށް ޕާކު ހުޅުވާފައި ހުންނާނީ ހެންދުނު 9:00 އިން ހަވީރު 6:00 އަށެވެ. ހަމައެހެންމެ މި ދުވަސްތަކުގައި ރޭގަނޑު 8:00 އިން 11:00 އަށް ވެސް ހުޅުވާފައި ހުންނާނެއެވެ. ހުކުރު ދުވަހު ހުޅުވާފައި ހުންނާނީ ހެނދުނު 6:00 އިން 11:00 އަށެވެ. ހަވީރު 4:00 އިން 6:00 އަށް ހުޅުވާފައި ހުންނައިރު ރޭގަނޑު 8:00 އިން 12:00 އަށް ހުޅުވާފައި ހުންނާނެވެ. ހޮނިހިރު ދުވަހު ހުޅުވާފައި ހުންނާނީ ހެނދުނު 6:00 އިން އިރުއޮއްސި 6:00 އަށެވެ. ރޭގަނޑު 8:00 އިން ރޭގަނޑު 12:00 އަށެވެ.

މީގެ އިތުރުން ސަރުކާރު ބަންދު ދުވަސްތަކުގައި މިޕާކު ހުޅުވާފައި ހުންނާނީ ހެނދުނު 6:00 އިން އިރުއޮއްސި 6:00 އަށެވެ. ރޭގަނޑު 8:00 އިން ރޭގަނޑު 12:00 އަށެވެ. ވިންޓަރ ޕާކު ބަންދު ކުރުމުގެ 30 މިނިޓްގެ ކުރިން ޓިކެޓް ދޫކުރުން ހުއްޓާލާނެ އެވެ.

ގިނަ ވެގެން 70 މީހުންނަށް ވަދެވޭ މިވިންޓަރ ޕާކު ހަފްލާތަކަށް ކުއްޔަށް ދޫކުރުމަށް ވެސް ވަނީ ނިންމާފައެވެ. އެގޮތުން ގަޑިއިރަކަށް މިޕާކު ދޫކުރުމަށް ހަމަޖެހިފައިވަނީ 10،000 ރުފިޔާއަށް ށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދު ސާއިފް ޝިޔާދް
- ކޮމެންޓް