ކ. މާލެ
|
20 ޖޫން 2018 | ބުދަ 19:32
އެމްޑީޕީން އެޕާޓީގެ އޮފީހުގައި ބޭއްވި ޕްރެސް
އެމްޑީޕީން އެޕާޓީގެ އޮފީހުގައި ބޭއްވި ޕްރެސް
ރާއްޖެއެމްވީ
އެމްޑީޕީ ރިޔާސީ ކެމްޕެއިން
ވޯޓަރސް ލިސްޓާއި ގުޅޭ ހާހެއްހާ މައްސަލަ އެމްޑީޕީން އީސީއަށް!
ވޯޓާސް ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ސުންގަޑި އަކީ މިރޭ 10:00

ވޯޓަރސް ލިސްޓާއި ގުޅޭ ހާހެއްހާ މައްސަލަ އެމްޑީޕީން އެކަނިވެސް އިލެކްޝަންސް ކޮމިޝަނަށް ހުށައަޅާނެކަމަށް އެޕާޓީން ހާމަކޮށްފިއެވެ.

އެމްޑީޕީ ޖަޒީރާ ރައީސްގެ ކެމްޕެއިން ހަރަކާތްތަކާއި ގުޅޭ ގޮތުން ބުދަ ދުވަހު އެމްޑީޕީ ހަރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެޕާޓީގެ ޗެއާޕާސަންގެ ނައިބު އަލީ ނިޔާޒު ވިދާޅުވީ އިލެކްޝަން ކޮމިޝަނުން ނެރެފައިވާ ވޯޓަރސް ލިސްޓަރ ގުޅިގެން އެމްޑީޕީއަށް ފާހަގަވާ އެކި ކަހަލަ 860 މައްސަލައެއް މިހާތަނަށް އީސީއަށް ހުށައަޅާފައިވާނެކަމަށެވެ. އަދި އެ އަދަދު ޔަގީނުންވެސް ހާހަކަށް އަރާނެކަމަށް އޭނާ ވިދާޅުވިއެެވެ.

ވޯޓަރސް ލިސްޓު ސައްހަކޮށް ބޭއްވުމަކީ ޕާޓީތަކުން އެކަނި ކުރަންޖެހޭ ކަމެއް ނޫން ކަމާށާއި ވޯޓަރސް ލިސްޓު ސައްހަ ކުރުމުގެ އެންމެ ފުރިހަމަ ޒިންމާ ނަގަން ޖެހޭނީ އިލެކްޝަން ކޮމިޝަނުން ކަމަށް ނިޔާޒު ވިދާޅުވިއެވެ.

ނިޔާޒު ވިދާޅުވީ މުޅި އިންތިހާބު ބިނާވާ އެންމެ މުހިއްމު އެކައްޗަކީ ވޯޓަރސް ލިސްޓް ކަމަށާ އެލިސްޓު ވާންޖެހޭނީ ޒިންމާދާރު ކަމާއިއެކު ހެދިފައިވާ ސައްހަ ލިސްޓަކަށް ކަމަށެވެ.

ނިޔާޒު އިތުރަށް ވިދާޅުވީ އިލެކްޝަން ކޮމިޝަނުން ހަދާފައިވާ ވޯޓަރސް ލިސްޓަށް މިރޭ 10:00 އަށް ޝަކުވާ ހުށަހެޅުމުގެ ވަގުތު ހަމަވި ކަމުގައި ވިޔަސް، އިލެކްޝަން ކޮމިޝަނުގެ އެންމެ ބޮޑު މަސްއޫލިއްޔަތަކަށް ވާން ޖެހޭނީ ސައްހަ ވޯޓަރސް ލިސްޓެއް އާންމު ކުރުން ކަމަށާއި އެކަމަށް ވަގުތު ލިބުނު ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.

އިލެކްޝަން ކޮމިޝަނުން އާންމު ކުރި ވޯޓަރސް ލިސްޓުގައި މަރު ވެފައިތިބި މީހުންގެ ނަންތައްވެސް އެބަހުރި ކަމަށާ މިފަދަ ފަރާތްތައް ހިމަނައިގެން އާންމުކޮށްފައިވާ ވޯޓަރސް ލިސްޓަކީ ސައްހަ ވޯޓަރސް ލިސްޓެއް ކަމެއް ގަބޫލެއް ނުކުރެއްވޭނެ ކަމަށް ނިޔާޒު ވިދާޅުވިއެވެ.

ރިޔާސީ އިންތިހާބުގައި ވޯޓްލުމުގެ ހައްގު ލިބިފައިވާ މީހުންގެ ލިސްޓް އާންމުކޮށްފައިވާއިރު އެ ލިސްޓްގައި ހުރި މައްސަލަތަކާއި ގުޅިގެން އެމްޑީޕީން ވަނީ އިލެކްޝަން ކޮމިޝަންގެ މެމްބަރުންނާއިވެސް ބައްދަލު ކޮށްފައެވެ.

މި އިވެންޓްގައި ވާހަކަދައްކަވަމުން ކެމްޕެިން މެނޭޖަރު އަސްލަމް ވިދާޅުވީ ބުދަ ދުވަހުގެރޭ 9.00 ގައި އެޕާޓީގެ މުހިއްމު ހަރަކާތެއް ހަރުގޭގައި ކުރިއަށްދާނެކަމަށެވެ. އަދި ހުކުރު ދުވަހު ޖަޒީރާ ކެމްޕެއިންގެ ހަރަކާތެއްގެ ގޮތުގައި ހަވީރު 4.30 ގައި ޖަޒީރާ ދުވުން އޮންނާނެކަމަށެވެ. އަދި މާލެއާއި އަތޮޅު ތެރޭގައިވެސް ހުއްޓައި ނުލައި ކެމްޕެއިން ހަރަކާތްތައް ކުރިއަށް ގެންދާކަމަށެވެ. މީގެ އިތުރުން އެޕާޓީގެ 13 ވަނަ އަހަރީ ދުވަސް މިމަހުގެ 29 ގައި ވަރަށް ކުލަގަދަކޯށް ފާހަގަކުރުމަށް ނިންމާފައިވާކަމަށް އަސްލަމް ވިދާޅުވިއެވެ.

މި ޕްރެސްގައި އެބޭފުޅުން ވަނީ ވޯޓަރސް ލިސްޓަށް ވަރަށް ބޮޑަށް ބައްލަވާ ސަމާލުވުމަށް ތަކުރާރުކޮށް ގޮވާލައްވާފައެވެ. ވޯޓަރސް ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ސުންގަޑި އަކީ މިރޭ 10:00 އެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދު ސާއިފް ޝިޔާދް
- ކޮމެންޓް