ކ. މާލެ
|
20 ޖޫން 2018 | ބުދަ 13:07
ޑރ. މައުސޫމް: މިހާރު ހުންނެވީ ޖޭޕީގެ ކައުންސިލް މެންބަރުގެ ގޮތުގައި
ޑރ. މައުސޫމް: މިހާރު ހުންނެވީ ޖޭޕީގެ ކައުންސިލް މެންބަރުގެ ގޮތުގައި
ރާއްޖެ އެމްވީ
ޑރ މައުސޫމް
ޖޭޕީގެ ނައިބު ރައީސްކަމަށް ޑރ. މައުސޫމް ކުރިމަތިލައްވައިފި
ކެލާ ދާއިރާގެ މެންބަރުކަން ވެސް މައުސޫމް ކުރައްވާފައިވޭ
ރައީސް މައުމޫނުގެ ސަރުކާރުގައި ޓޫރިޒަމް މިނިސްޓަރކަން ކުރެއްވި
މިވަގުތު ހުންނެވީ ޖޭޕީގެ ކައުންސިލް މެންބަރެއްގެ ގޮތުގައި

ޖުމްހޫރީ ޕާޓީގެ ނާއިބު ރައީސް ކަމަށް ޑރ. އަބްދުﷲ މައުސޫމް ކުރިމަތިލައްވައިފިއެވެ.

ޑރ. މައުސޫމް ވަނީ ޓްވިޓަރ މެދުވެރިކޮށް އެކަން ހާމަކުރައްވާފައެވެ.

ޖޭޕީގެ ކައުންސިލް މެންބަރެއްގެ ގޮތުގައި މިހާރު ވެސް ހުންނެވި މައުސޫމް އެކަން އިއުލާން ކުރައްވައި ކުރެއްވި ޓްވީޓްގައި ވިދާޅުވެފައި ވަނީ އެމަގާމަށް އެބޭފުޅާއަށް ތާއީދު ކޮށްދެއްވުމަށާއި ޖޭޕީ މުޅިން އެހެން ހަރުފަތަކަށް ގެންގޮސް ދިނުމަށް ޖޯޝުގައި މަސައްކަތް ކޮށްދެއްވާނެ ކަމަށެވެ.

ޑރ. މައުސޫމް ވަނީ ޓުއަރިޒަމް މިނިސްޓަރުކަމާއި ރައްޔިތުންގެ މަޖިލީހުގެ ކެލާ ދާއިރާގެ މެންބަރުކަން ވެސް ކުރައްވާފައެވެ. އަދި މިހާރު ޢަމަލް ކުރަމުންދާ ޤާނޫން އަސާސީ އެކުލަވާލިއިރު ރައްޔިތުންގެ ޚާއްޞަ މަޖިލީހުގައި ވެސް އުޅުއްވިއެވެ.

ޑރ. މައުސޫމާކީ ކުރިން ޑީއާރުޕީގެ ޑެޕިއުޓީ ލީޑަރުކަން ވެސް ކުރައްވާފައިވާ ބޭފުޅެކެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް