ކ. މާލެ
|
19 ޖޫން 2018 | އަންގާރަ 22:40
ޤާސިމް އިބްރާހިމް - އޭނާގެ ފެސްބުކް ލައިވްގެ ވިޑިއޯ ފަހުން ވަނީ ޑިލީޓްކޮށްލައިފައި
ޤާސިމް އިބްރާހިމް - އޭނާގެ ފެސްބުކް ލައިވްގެ ވިޑިއޯ ފަހުން ވަނީ ޑިލީޓްކޮށްލައިފައި
މުހައްމަދު ޝަރުހާން
ޤާސިމް އިބްރާހީމް
އެންމެފަހުން ޤާސިމްގެ ވިޑިއޯ ޑިލީޓް ކޮށްލައިފި
ޤާސިމް ވަނީ އޭނާގެ ޝެޑޯ ކެބިނެޓް އިއުލާންކުރައްވާފައި
ނަމަވެސް ޤާސިމްގެ ޝެޑޯ ކެބިނެޓުގައިވެސް އަދި ކޯލިޝަންގައިވެސް އިދިކޮޅު މައި ޕާޓީ، އެމްޑީޕީއެއް ނުހިމެނެ

ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމްގެ ވިޑިއޯ ޑިލީޓްކޮށްލައިފިއެވެ.

އަންގާރަ ދުވަހުގެ ހަވީރު 4:00 ގައި ފޭސްބުކް ލައިވް މެދުވެރިކޮށް، ޤާސިމް ވަނީ ޖުމްހޫރީ ޕާޓީގެ މެމްބަރުންނަށް ހާއްސަ މެސެޖެއް ދެއްވާފަ އެވެ. އެ މެސެޖުގައި ޤާސިމް ވަނީ އޭނާގެ ޝެޑޯ ކެބިނެޓް އިއުލާންކުރައްވާފަ އެވެ. ނަމަވެސް ޤާސިމްގެ ޝެޑޯ ކެބިނެޓުގައިވެސް އަދި ކޯލިޝަންގައިވެސް އިދިކޮޅު މައި ޕާޓީ، އެމްޑީޕީއެއް ނުހިމެނެ އެވެ. 

ޤާސިމްގެ ވީޑިއޯ އާއިއެކު ގިނަ ބައެއްގެ ފާޑުކިޔުންތައް އަމާޒުވެ، ކޯލިޝަންގެ ތެރޭގައި ހޫނު ބަހުގެ ހަމަލާތަކެއް އަމާޒުކުރަން ފެށުމާއެކު ޤާސިމް ވަނީ އޭނާގެ ވީޑިއޯ ޑިލީޓް ކުރައްވާފަ އެވެ. ބައެއް މީޑިއާތަކަށް މައުލޫމާތު ދެމުން ޖޭޕީގެ އޮފިޝަލަކު ވިދާޅުވީ ވީޑިއޯ ޑިލީޓްކޮށްލީ ވީޑިއޯގެ އޯޑިއޯގައި މައްސަލައެއް އުޅޭތީކަމަށެވެ.

ގާސިމް ވިދާޅުވި ގޮތުގައި ޖުމްހޫރީ ޕާޓީން ކެބިނެޓެއް އިއުލާން ކުރީ، އިދިކޮޅު ޕާޓީތަކުން އެއް ކެންޑިޑޭޓަކު އަދިވެސް ކަނޑައަޅާފައި ނުވާތީ އެވެ. އަދި އިދިކޮޅު އެންމެންނަށް އެއްބަސްވެވޭ ކެންޑިޑޭޓަކު ނެރެވޭ ނަމަ، އެ ކެންޑިޑޭޓަކާ އެކު ކުރިއަށް ވަޑައިގަންނަވާނެ ކަމުގެ ޔަގީންކަން ގާސިމް ދެއްވި އެވެ.

ޤާސިމްގެ ވިޑިއޯ އާއިއެކު އިއުލާންކުރެއްވި ހިޔަނި ކެބިނެޓްގައި ހިމެނިވަޑައިގެންނެވި ބައެއް ބެފުޅުންވެސް ވަނީ ޤާސިމްގެ ވާހަކަތައް ފާޑުވިދާޅުވެފަ އެވެ. އެގޮތުން ޤާސިމް އެ ބޭފުޅުންގެ ނަންތައް އާންމުކުރެއްވި އެއްވެސް މިންވަރަކަށް މަޝްރާނުކޮށްކަމަށް އެބޭފުޅުން ވިދާޅުވެފައިވެއެވެ. އަދި ޖުމްހޫރީ ޕާޓީގެ ކޯލިޝަނެއްގައި އަދާލަތު ޕާޓީ އާއި، ރައީސް މައުމޫންގެ ފެކްޝަން ހިމަނާފައިވާއިރު، އެ ފަރާތްތަކުންވެސް ވަނީ އެ ނިންމުން ޤާސިމް ނިންމަވައި، އާންމުކުރެއްވި މަޝްވަރާކުރުމެއްނެތި ކަމަށް ވިދާޅުވެފަ އެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: މިއުވާން މުހައްމަދު
- ކޮމެންޓް
19 ޖޫން 2018 | އަންގާރަ 18:44
Adam
ehen noon gaasim ge athun kailaaa boilaa hadhaa leveyne fhuvas kolhaku anekkaaves