ކ. މާލެ
|
19 ޖޫން 2018 | އަންގާރަ 21:28
ޖުމްހޫރީ ޕާޓިގެ ތަރުޖަމާނުގެ ގޮތުގައި ހުންނެވި އަލީ ސޯލި އެޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްއާއި އެކު
ޖުމްހޫރީ ޕާޓިގެ ތަރުޖަމާނުގެ ގޮތުގައި ހުންނެވި އަލީ ސޯލި އެޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްއާއި އެކު
ޓްވިޓަރ
ޖުމްހޫރީ ޕާޓީ
ޖޭޕީން އަލީ ސޯލިހަށް ޕްރޮމޯޝަން ދީފި
އަލީ ސޯލިހު ޖޭޕީއާއި ގުޅިވަޑައިގެންނެވީ 2013 ވަނަ އަހަރު

ޖުމްހޫރީ ޕާޓީގެ ތަރުޖަމާނުގެ ގޮތުގައި ހުންނެވި އަލީ ސޯލިހަށް އެޕާޓިން ޕްރޮމޯޝަނެއް ދީފިއެެވެ.

އަލީ ސޯލިހު ވަނީ އެޕާޓީގެ ޗީފް ސްޕޯކްސްޕާސަންގެ މަގާމަށް އައްޔަންކޮށްފައެވެ. އޭނާއަށް މަގާމު ހަވާލުކޮށްފައި ވަނީ މިއަދުއެެވެ.
ކުރިން ޑީއާރުޕީގެ މީޑިއާގައި ވެސް އިސްކޮށް މަސައްކަތް ކުރައްވާފައިވާ އަލީ ސޯލިހު ޖޭޕީއާއި ގުޅިވަޑައިގެންނެވީ 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށްފަހުއެވެ.

އަލީ ސޯލިހުއަށް މަޤާމުގެ ކުރިއެރުންދިންކަމުގެ ލިޔުން

ކުރިން ޑީއާރުޕީގެ ކައުންސިލު މެންބަރުކަމާއި އެޕާޓީގެ ތަރުޖަމާނުކަން ވެސް އަލީ ސޯލިހުވަނީ ކުރައްވަފައެވެ. މީގެ އިތުރުން ފިޝަރީޒް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން ވެސް އޭނާ ކުރިން ކުރެއްވިއެވެ.

އަލީ ސޯލިހުއަށް ޕްރޮމޯޝަންދިންއިރު، ޖުމްހޫރީ ޕާޓީގެ ގިނަ މަޤާމުތަކަށް ކުރިމަތިލުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.  

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް