ކ. މާލެ
|
19 ޖޫން 2018 | އަންގާރަ 21:32
ރަލުގެ ބާވަތްތައް އެކުލެވޭ 10412 ފުޅިއާއި 1350 ދަޅު ނައްތާލި
ރަލުގެ ބާވަތްތައް އެކުލެވޭ 10412 ފުޅިއާއި 1350 ދަޅު ނައްތާލި
ކަސްޓަމްސް
ބަނގުރަލާއި ކާބޯތަކެތި ނައްތާލ
ގިނަ އަދަދެއްގެ ބަނގުރަލާއި ކާބޯތަކެތި ނައްތާލައިފި!
މައިގަނޑުގޮތެއްގައި ހިމެނެނީ ރާއްޖެ އަންނަ ފަސިންޖަރުންގެ ލަގޭޖް ބަލައިފާސްކުރުމުގެ ތެރޭގައި އަތުލެވިފައިވާ ރަލުގެ ބާވަތްތައް

ކަސްޓަމްސްގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ބަނގުރަލާއި ބަނގުރާ އެކުލެވޭ ކާބޯތަކެތި ނައްތާލައިފިއެވެ.

ކަސްޓަމްސް އިން ބުނީ، މިތަކެތި ނައްތާލާފައިވަނީ ކ. ތިލަފުށީ ކުނި ނައްތާލާ ސަރަހައްދުގައި ހޯމަ ދުވަހުކަމަށެވެ. މިތަކެއްޗަކީ ތަފާތު އެކި ފަހަރުމަތީން ކަސްޓަމްސްގެ ބެލުމުގެ ދަށަށް ގެންދެވުނު ތަކެއްޗެވެ. މިފަހަރު ނައްތާލިތަކެތީގެ ތެރޭގައި މައިގަނޑުގޮތެއްގައި ހިމެނެނީ ރާއްޖެ އަންނަ ފަސިންޖަރުންގެ ލަގޭޖް ބަލައިފާސްކުރުމުގެ ތެރޭގައި އަތުލެވިފައިވާ ރަލުގެ ބާވަތްތަކެވެ.

މިގޮތުން ރަލުގެ ބާވަތްތައް އެކުލެވޭ 10412 ފުޅިއާއި 1350 ދަޅު ވަނީ ނައްތާލެވިފައިވެއެވެ. މީގެ އިތުރުން ނައްތާލި ތަކެތީގެ ތެރޭގައި ހިމެނެނީ ރާއެކުލެވޭ ތަކެތި ކަމަށް ފާހަގަކުރެވިގެން ކަސްޓަމްސްގައި ހިފެހެއްޓިފައިހުރި ކާބޯ ތަކެތީގެ ބާވަތްތައް ހިމެނޭ 1537 އައިޓަމާއި ބަނގުރަލުގެ އިޝްތިހާރު ހިމަނާފައިވާ 1802 އައިޓަމް ހިމެނެއެވެ. އަދި ޑޮކްޓަރގެ ޕްރެސްކްރިޕްޝަންނެތި އެތެރެކުރަން އުޅެނިކޮށް ހިފެހެއްޓިފައިވާ ބޭހުގެ ބާވަތްތައް އެކުލެވޭ 2011 އައިޓަމެއްވެސް ވަނީ ނައްތާލެވިފައެވެ. އަދި މިތަކެތީގެ އިތުރުން ރާއްޖެއަށް އެތެރެކުރުން މަނާތަކެތީގެ ޤާނޫނުގެ ދަށުން ހިފެހެއްޓިފައިވާ 755 އައިޓަމްވެސް އިއްޔެ ނައްތާލި ތަކެތީގެ ތެރޭގައި ހިމެނެއެވެ.

މިތަކެއްޗަކީ ކަސްޓަމްސްގެ އާންމު ޤަވާއިދުގެ 264 ވަނަ މާއްދާ އާއި 423 އަދި 424 ވަނަ މާއްދާގެ ދަށުން އެކިއެކި ސަބަބުތަކާހުރެ ކަސްޓަމްސްގެ ބެލުމުގެދަށްގެނެވޭ ތަކެތި ނައްތާލުމަށް ޤާއިމްކުރެވިފައިވާ އުސޫލުގެ ދަށުން ނައްތާލެވުނު ތަކެތިކަމަށް ކަސްޓަމުން ބުނެއެވެ.

 އެކިއެކި ސަބަބުތަކާހުރެ ކަސްޓަމްސްގައި ހިފެހެއްޓިފައި ހުންނަ ތަކެތި ކަނޑައެޅިފައިވާ އުޞޫލުގެ ދަށުން ނައްތާލެވިދާނެކަމަށް ކަސްޓަމްސްގެ އާންމު ގަވާއިދުގައި އޮވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދު ސާއިފް ޝިޔާދް
- ކޮމެންޓް