ކ. މާލެ
|
19 ޖޫން 2018 | އަންގާރަ 14:56
ޖަޕާނަށް ކަނޑައެޅުއްވި ސަފީރު އިބްރާހިމް އުވައިސް 19 ޖޫން 2018 ގައި ސަފީރުކަމުގެ ފަތްކޮޅު އެރުވުމަށް ފަހު
ޖަޕާނަށް ކަނޑައެޅުއްވި ސަފީރު އިބްރާހިމް އުވައިސް 19 ޖޫން 2018 ގައި ސަފީރުކަމުގެ ފަތްކޮޅު އެރުވުމަށް ފަހު
ފޮރިން މިނިސްޓްރީ
ދިވެހިރާއްޖެ-ޖަޕާން
ރާއްޖެއިން ޖަޕާނަށް ކަނޑައެޅުއްވި ސަފީރު އެމްޕެރަރއަށް ފަތްކޮޅު އަރުވައިފި
މަގާމަށް އައްޔަންކުރެއްވީ މާޗް މަހުގެ 15 ދުވަހު
ސަފީރުކަމުގެ ފަތްކޮޅު އެމްޕެރަރ އަށް އެރުވީ ޖޫން މަހުގެ 19 ވަނަ ދުވަހު

ދިވެހިރާއްޖެ އިން ޖަޕާނަށް ކަނޑައަޅުއްވި ސަފީރު އިބްރާހީމް އުވައިސް ސަފީރުކަމުގެ ފަތްކޮޅު ޖަޕާނުގެ އެމްޕެރަރ އަކިހީޓޯއަށް އަންގާރަ ދުވަހު އަރުވައިފިއެވެ.

ސަފީރުކަމުގެ މަގާމަށް އުވައިސް އައްޔަން ކުރައްވައި ރައީސުލް ޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް މަގާމުގެ ފަތްކޮޅު އަރުވާފައި ވަނީ މާޗް މަހުގެ 15 ދުވަހުއެވެ.

ފެބްރުއަރީ 28 ވަނަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި،  ޖަޕާންގައި ހުންނަވާ ދިވެހިރާއްޖޭގެ ސަފީރު ކަމަށް އިބްރާހީމް އުވައިސް އައްޔަން ކުރުމަށް ފެންނަ ކަމަށް 31 މެމްބަރުން ވޯޓްދެއްވިއެވެ.

ގުޅިފައިވާ ސިޔާސީ ޕާޓީތަކަށް ނިސްބަތްވާ އެއްވެސް މެމްބަރަކު މިޖަލްސާގައި ބައިވެރިވެ ވަޑައިގަންނަވާފައެއް ނުވެއެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް