ކ. މާލެ
|
19 ޖޫން 2018 | އަންގާރަ 10:17
އިލެކްޝަންސް ކޮމިޝަން: ވޯޓަރސް ލިސްޓަށް 34 ޝަކުވާއެއް ވަނީ ހުށަހަޅާފައި
އިލެކްޝަންސް ކޮމިޝަން: ވޯޓަރސް ލިސްޓަށް 34 ޝަކުވާއެއް ވަނީ ހުށަހަޅާފައި
މުހައްމަދު ޝަރުހާން
ވޯޓާސް ލިސްޓް
މަރުވެފައިވާ މީހުންގެ ނަމާއި އުމުރު ހަމަނުވާ މީހުންގެ ނަންތައް ހުރުމުގެ ޝަކުވާ ލިބިފައި އެބަހުރި: އީސީ
މިހާތަނަށް 34 ޝަކުވާއެއް ހުށަހަޅާފައިވޭ
ޕާޓީތަކުން ޝަކުވާއެއް ހުށަހަޅާފައިވޭ
ވަގުތީ ލިސްޓުގައި، 263،000 މީހުންގެ ނަން އީސީން ހިމަނާފައިވޭ

މިއަހަރު ބާއްވާ ރިޔާސީ އިންތިހާބުގެ ވޯޓާސް ލިސްޓް އާއްމުކޮށް ޝަކުވާ ހުށަހެޅުމަށް ހުޅުވާލާފައިވާއިރު މަރުވެފައިވާ މީހުންގެ ނަމާއި އުމުރު ހަމަނުވާ ކުޑަކުދިންގެ ނަންތައް އެ ލިސްޓްގައި ހުރިކަމުގެ ޝަކުވާ ލިބިފައި އެބަހުރި ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)އިން ހާމަކޮށްފިއެވެ.

ހޯމަ ދުވަހުގެ ރޭ ސަން ޓީވީގައި ވާހަކަ ދައްކަވަމުން އިލެކްޝަންސް ކޮމިޝަނުގެ މެމްބަރު އަހުމަދު އަކްރަމް ވިދާޅުވީ ވޯޓާސް ލިސްޓަށް މިހާތަނަށް 34 ޝަކުވާ ލިބިފައިވާ ކަމަށާއި އޭގެ ތެރޭގައި މަރުވެފައިވާ މީހުންގެ ނަން ވޯޓާސް ލިސްޓުގައި އޮތުމުގެ ޝަކުވާ އާއި 18 އަހަރު ނުފުރޭ ކުދިންގެ ނަން ވޯޓާސް ލިސްޓަށް ހިމެނިފައި ވުމުގެ ޝަކުވާ ހިމެނޭ ކަމަށެވެ.

އަކުރަމް ވިދާޅުވެފައި ވަނީ ވޯޓާސް ލިސްޓަށް ޕާޓީތަކުން ޝަކުވާ ހުށައަޅާފައި ނުވިނަމަވެސް ވޯޓާސް ލިސްޓަށް ޝަކުވާ ހުށައެޅުމަށް ދީފައިވާ މުއްދަތު ކުރުކަމުގެ ޝަކުވާ ޕާޓީތަކުން ކޮށްފައިވާ ކަމުގައެވެ.

އަކްރަމް ވިދާޅުވީ މީގެ ކުރިންވެސް ރިޔާސީ އިންތިހާބު ތަކުގައި ވޯޓާސް ލިސްޓަށް ޝަކުވާ ހުށައެޅުމަށް ދީފައި ވަނީ 10 ދުވަސް ކަމަށާއި މިފަހަރުވެސް ވޯޓާސް ލިސްޓަށް ޝަކުވާ ހުށައެޅުމަށް 10 ދުވަސް ދީފައިވާނެ ކަމަށެވެ. އަދި ވޯޓާސް ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ މުއްދަތު އަންނަ ބުދަ ދުވަހަށް ހަމަވާނެ ކަމަށް އަކްރަމް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އީސީ އަށް ލިބިފައިވާ ޝަކުވާތަކަށް ފަސް ދުވަހުގެ ތެރޭގައި ޖަވާބެއް ދޭނެ ކަމަށެވެ. އަދި ޖަވާބާ މެދު ހިތްހަމަނުޖެހޭނަމަ، ހައި ކޯޓަށް ދިއުމުގެ ފުރުސަތު އޮންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ރިއާސީ އިންތިޚާބުގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ ވަގުތީ ލިސްޓުގައި، 263،183 މީހުންގެ ނަން އީސީން ހިމަނާފައިވެ އެވެ. މިދިޔަ ހަފުތާގެ އާދިއްތަ ދުވަހުގެ ރޭ އާއްމު ކުރި އެ ލިސްޓާ ގުޅޭ ގޮތުން ޝަކުވާ ހުށަހެޅުމުގެ ފުރުސަތު، އަންނަ ބުދަ ދުވަހުގެ ނިޔަލަށް ވަނީ ހުޅުވާލައިފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ޙުސައިން ޙަސަން
- ކޮމެންޓް