ކ. މާލެ
|
19 ޖޫން 2018 | އަންގާރަ 07:48
2015 ވަނަ އަހަރު އިސްރާއީލުގެ ބޮޑުވަޒީރު، ބެންޔަމިން ނަތަންޔާހޫ އާއި އުރުދުންގެ ރަސްގެފާނު، ޢަބްދުﷲ ބިން ޙުސައިން ދެވަނަ އާއި ދެމެދު ކުރިއަށްދިޔަ ބައްދަލުކުރެއްވުމެއްގެ ތެރެއިން. އުރުދުން އަކީ އަރަބި
2015 ވަނަ އަހަރު އިސްރާއީލުގެ ބޮޑުވަޒީރު، ބެންޔަމިން ނަތަންޔާހޫ އާއި އުރުދުންގެ ރަސްގެފާނު، ޢަބްދުﷲ ބިން ޙުސައިން ދެވަނަ އާއި ދެމެދު ކުރިއަށްދިޔަ ބައްދަލުކުރެއްވުމެއްގެ ތެރެއިން. އުރުދުން އަކީ އަރަބި
ރޮއިޓަރސް
އުރުދުން - އިސްރާއީލް
ނަތަންޔާހޫ އާއި ޢަބްދުﷲ ރަސްގެފާނު ސަރަޙައްދީ މަސްރަހާ ގުޅޭގޮތުން މަޝްވަރާ ކުރައްވައިފި
ދެ ޤައުމުގެ ދެމެދުގައިވާ ގުޅުން ބަދަހި ކުރުމާއި ގުޅޭގޮތުން މަޝްވަރާ ކުރެއްވި

އިސްރާއީލުގެ ބޮޑުވަޒީރު، ބެންޔަމިން ނަތަންޔާހޫ އުރުދުންގެ ވެރިރަށް އައްމާނަށް ވަޑައިގެން، އުރުދުންގެ ރަސްގެފާނު، ޢަބްދުﷲ ބިން ޙުސައިން ދެވަނަ އާއި ބައްދަލުކުރައްވައިފިއެވެ.

ނަތަންޔާހޫގެ އޮފީހުން ހޯމަ ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ނަތަންޔާހޫ އާއި ޢަބްދުﷲ ރަސްގެފާނުގެ ބައްދަލުކުރެއްވުމުގައި ސަރަޙައްދީ މަސްރަހާއި، ސަރަޙައްދީ ސުލްޙަ ކުރިއަރުވުމާއި، އަދި ދެ ޤައުމުގެ ދެމެދުގައިވާ ގުޅުން ބަދަހި ކުރުމާއި ގުޅޭގޮތުން މަޝްވަރާ ކުރައްވާފައިވާ ކަމަށެވެ.

ނަތަންޔާހޫގެ އޮފީހުން އިތުރަށް ބުނެފައިވަނީ، ޤުދުސްގައި މިހާރު ކަންކަން ރޭވިފައިވާ ގޮތަށް، ކަންކަން ދެމިއޮތުމަށް އެދޭކަމަށް ވިދާޅުވެ، މި ބައްދަލުކުރެއްވުމުގައި ނަތަންޔާހޫ އެކަމަށް ބާރު އެޅުއްވި ކަމަށެވެ.

އުރުދުން އަކީ އަރަބި ދުނިޔޭގައި މިޞްރުގެ އިތުރުން އިސްރާއީލާއި ރަސްމީ ގުޅުން ބާއްވާ ހަމައެކަނި ޤައުމެވެ. އެ ޤައުމުން އިސްރާއީލާއިއެކު ސުލްޙަ ޤާއިމްކުރީ 1994 ވަނަ އަހަރެވެ. އަދި އޭރުއްސުރެ އުރުދުން އިން ދަނީ އިސްރާއީލާއި ފަލަސްޠީނާއި ދެމެދު ސުލްޙަ ޤާއިމްކުރުމަށް މަސައްކަތް ކުރަމުންނެވެ.

ޢަބްދުﷲ ރަސްގެފާނު ނިސްބަތްވެވަޑައިގަންނަވާ ހާޝިމީ ދަރިކޮޅަކީ، އިސްރާއީލުން މިހާރު ފޭރިގެންފައިވާ ޤުދުސްގައިވާ މުސްލިމުންގެ ދީނީ އަދި ތާރީޚީ ބިނާތަކުގެ ބެލެނިވެރިޔާވެސްމެއެވެ.

ނަތަންޔާހޫ އުރުދުންއަށް ވަޑައިގެންފައި މިވަނީ އުރުދުން ސަރުޚާރުގެ އިޤުތިޞާދީ ސިޔާސަތުތަކާއި ދެކޮޅަށް އެ ޤައުމުގެ ރައްޔިތުން ވަރުގަދަ މުޒާހަރާތަކެއް ކުރުމާއި ގުޅިގެން އެ ޤައުމުގެ ސަރުކާރު ވެއްޓި، އައު ސަރުކާރެއް އެކުލަވާލުމުގެ މަސައްކަތް ފަށާފައިވާ ދަނޑިވަޅެއްގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް