ކ. މާލެ
|
18 ޖޫން 2018 | ހޯމަ 23:21
ޖަޒީރާ ރާއްޖޭ ކެމްޕޭންގެ ތެރެއިން އައްޑު ސިޓީ، މާލެ ޖަގަހަ ހުޅުވައިދެއްވަނީ
ޖަޒީރާ ރާއްޖޭ ކެމްޕޭންގެ ތެރެއިން އައްޑު ސިޓީ، މާލެ ޖަގަހަ ހުޅުވައިދެއްވަނީ
އެމްޑީޕީ
ޖަަޒީރާ ރާއްޖެ
ކޮރަޕްޝަންގެ އަމަލު ނުހިންގާ މީހުންނަށް ރާއްޖޭގައި މިއަދު އެއްވެސް ފުރުސަތެއް ނެތް: ސުއޫދު
ފަށައިގަތް މަސައްކަތަކީ މިހާރުގެ ސަރުކާރު ބަދަލުކުރުމުގެ މަސައްކަތް
ސަރުކާރު ބަދަލުކުރަންޖެހޭ ގިނަ ސަބަބުތަކެއްވޭ
ސަރުކާރަކީ ހަމަހަމަކަމެއް ނެތް އަދުލުވެރިކަމެއް ނެތް ސަރުކާރެއް

މިއަދުގެ ސަރުކާރުގެ ތެރެއިން ކޮރަޕްޝަންގެ އަމަލު ނުހިންގާ ބަޔަކަށް ރާއްޖޭގައި އެއްވެސް ފުރުސަތެއް ނެތް ކަމަށާއި، މި ސަރުކާރު ބަދަލުކުރަންޖެހޭ މައިގަނޑު އެއް ސަބަބަކީވެސް އެއީކަމަށް މަޝްހޫރު ޤާނޫނީ ވަކީލް އަދި ކުރީގެ ބަންޑާރަ ނައިބު ހުސްނުއް ސުއޫދު ވިދާޅުވެއްޖެ އެވެ. 

ޖަޒީރާ ރާއްޖޭ ކެމްޕޭންގެ ތެރެއިން އައްޑު ސިޓީ، މާލެ ޖަގަހަ ހުޅުވައިދެއްވުމަށްފަހު ވާހަކަދައްކަވަމުން ސުއޫދު ވިދާޅުވީ ފަށައިގަތް މަސައްކަތަކީ މިހާރުގެ ސަރުކާރު ބަދަލުކުރުމުގެ މަސައްކަތްކަމަށެވެ. އަދި އެއީ ރައްޔިތުން ބޭނުންވާގޮތް ކަމަށާއި، އެހެންކަމުން ކުރިއަށް އޮތް އިންތިހާބުގައި އަދުގެ ސަރުުކާރު ބަދަލު ކުރަންޖެހޭކަމަށް ސުއޫދު ވިދާޅުވި އެވެ. 

އޭނާ ވިދާޅުވިގޮތުގައި ސަރުކާރު ބަދަލުކުރަންޖެހޭ ގިނަ ސަބަބުތަކެއްވެއެވެ. އެގޮތުން ސުއޫދު ވިދާޅުވީ މައިގަނޑުކަމެއްގެ ގޮތުގައި މި ސަރުކާރަކީ ހަމަހަމަކަމެއް ނެތް އަދުލުވެރިކަމެއް ނެތް ސަރުކާރެއް ކަމަށެވެ. އަދި އެތައް ބަޔަކަށް އަނިޔާ ދެމުންގެންދާ ކަމަށާއި، ރާއްޖެ ފޭރިގަންނަމުން ދާކަމަށްވެސް ސުއޫދު ވިދާޅުވި އެވެ. 

ސުއޫދު ވިދާޅުވީ ތަރައްޤީގެ ނަމުގައި ސަރުކާރުން ކުރިއަށްގެންދާ ކޮންމެ މަޝްރޫއެއްގެ ތެރޭގައިވެސް ކޮރަޕްޝަން އެކުލެވޭކަމަށާއި، އެއިން ކޮންމެ ޕްރޮޖެކްޓަކުން މަންފާ ލިބޭ އެތައް ބަޔަކު އެބަތިބި ކަމަށެވެ. އަދި ރާއްޖެ ކުރިއެރުވުމަށް އެކަމުގެ ސަބަބުން ހުރަސްތައް ކުރިމަތިވާކަމަށާއި، އެހެންކަމުން މި ސަރުކާރުގެ ކޮރަޕްޝަންގެ ކަންތައްތައްވެސް ހުއްޓުވަންޖެހޭކަމަށް ސުއޫދު ވިދާޅުވި އެވެ. 

"ކޮރަޕްޝަންގެ ވަބާ ހުއްޓާ ނުލެވުން. އަދި ކޮރަޕްޝަން އިތުރުކުރުމަށް ނުވަތަ ކޮރަޕްޝަންގެ އަމަލުތައް ހިންގުމުގައި ދުވަހެއް ދުވަހަކަށް މި ސަރުކާރު ކުރިއަށްދާ ދިޔުން އަޅުގަނޑުމެން ހުއްޓުވަން އެބަޖެހޭ"

ސުއޫދު ވިދާޅުވީ މިވެރިކަން އިތުރު ފަސް އަހަރަށް ކުރިއަށް ގޮސްފިކަމުގައިވާނަމަ ރާއްޖެ ދުވަހަކުވެސް އަތު ނުޖެހޭނެ ކަމަށެވެ. އަދި ވިދާޅުވީ ކޮރަޕްޝަންގެ އަމަލު ނުހިންގާ މީހުންނަށް ރާއްޖޭގައި އެއްވެސް ފުރުސަތެއް ނެތްކަމަށާއި، ރާއްޖޭގެ ބިންތަކާއި، ގުދުރަތީ މުއްސަނދިކަމާއިއެކު އެއްކޮށް ބޭރުގެ ފަރާތްތަކަށް ވިއްކާ ހުސްކޮށްފައިވާކަމަށް ސުއޫދު ވިދާޅުވި އެވެ. 

"އަޅުގަނޑުމެންގެ މިހާރު އިޤްތިސާދީ މަސައްކަތެއް ވެއްޖެނަމަ ބޭރު މީހުންގެ އަތްމައްޗަށް އެދަނީ. އަދި ރާއްޖޭގެ، ދިވެހިންގެ އަތްމަތީގައި އޮވެއްޖެކަމަށްވަންޏާ ކޮރަޕްޝަންގެ އަމަލުތަކުގެ ތެރޭގައި އެ މުއްސަނދިކަމާއި ތަނަވަސްކަން އެ އޮތީ. އެންމެންނަށް ހަމަހަމަގޮތެއްގައި އެ މުއްސަނދިކަމާއި ތަނަވަސްކަން ބެހިގެންދާނެ އެއްވެސް ގޮތެއް ނެތް. ކޮރަޕްޝަންގެ އަމަލު ނުހިންގާ މީހުންނަށް އެއްވެސް ފުރުސަތެއް ނެތް"

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: މިއުވާން މުހައްމަދު
- ކޮމެންޓް