ކ. މާލެ
|
19 ޖޫން 2018 | އަންގާރަ 08:26
ގުޅިފައިވާ ޕާޓީތަކުން މާރިޗު މަހުގެ 16 ވަނަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން
ގުޅިފައިވާ ޕާޓީތަކުން މާރިޗު މަހުގެ 16 ވަނަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން
މުރުޝިދް އަބްދުލް ހަކީީމް
ޕާސްޕޯޓް ހިފަަހެއްޓުން
އަމީތު، އިންތި، ފައިސަލް އަދި ނަޒީރުގެ ޕާސްޕޯޓް ދޫކޮށްލައިފި
ޕާސްޕޯޓް ދޫކޮށްލަން ނިންމީ ޕާސްޕޯޓް ހިފެހެއްޓި ސަބަބު ފިލައިދިއުމުން ކަމަށް ކޯޓުން ބުނޭ

ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތާއި، މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ އާއި، ކާށިދޫ ދާއިރާގެ މެމްބަރު ފައިސަލް ނަސީމްގެ އިތުރުން އަދާލަތު ޕާޓީގެ މީޑިއާ ކޮމެޓީގެ މުޤައްރިރު އަލީ ނަޒީރުގެ ޕާސްޕޯޓް ދޫކޮށްލައިފި އެވެ. 

ހަތަރު ބޭފުޅުންގެ ޕާސްޕޯޓް ދޫކޮށްލީ ކޯޓް އަމުރެއްގެ ދަށުން ޕާސްޕޯޓް ހިފާއްޓާފައި އޮންނަތާ ތިން މަހެއްހާ ދުވަސް ފަހުންނެވެ. އެ ބޭފުޅުންގެ ޕާސްޕޯޓް ދޫކޮށްލައިފައިވަނީ ފުލުހުން ދައުވާކޮށްދިނުމަށް އެދުނު މައްސަލާގައި އެ ބޭފުޅުންގެ މައްޗަށް ދައުވާނުކުރުމަށް ނިންމައި، މައްސަލަތައް ފައިލްކުރުމާއި ގުޅިގެންނެވެ. 

ހަތަރު ބޭފުޅުންގެ މައްޗަށް ވެސް ތުހުމަތުކުރަނީ މާރޗު މަހު އިދިކޮޅު ފަރާތްތަކުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ދެއްކެވި ވާހަކަތަކަކާ ގުޅިގެންނެވެ. އެގޮތުން އެ ތިން މެމްބަރުންގެ މައްޗަށް ވެސް ތުހުމަތުކުރަނީ ރާއްޖޭގެ ހުރިހާ ރަށަކުން މީހުން މަގުތަކަށް ނުކުމެ ސަރުކާރާ ދެކޮޅަށް އަޑު އުފުލައި، މުޒާހަރާ ކުރަން ހިތްވަރު ދެއްވިކަމުގެ ތުހުމަތުއެވެ. 

އެ މައްސަލާގައިި އެ ހަތަރު މެމްބަރުން ވެސް އެކި ފަހަރުމަތިން ފުލުހުންގެ އިދާރާއަށް ހާޒިރުކޮށް، ބަޔާން ވެސް ނަގާފައިވެއެވެ.

ހަތަރު ބޭފުޅުންގެ ޕާސްޕޯޓް މަސްތަކެއްފަހުން ދޫކޮށްލިއިރު، މެމްބަރު އަމީތުގެ ކާފަ ދާދި ފަހުން ސްރީ ލަންކާގައި ނިޔާވެފައިވާ އިރު އަމީތުގެ ޕާސްޕޯޓު ހިފަހައްޓާފައި އޮތުމުން ކާފަގެ ޖަނާޒާގައި ބައިވެރިވެވިފައެއް ނުވެ އެވެ. އޭގެއިތުރުން މެމްބަރު ފައިސަލްގެ ލޮލުގެ ފަރުވާއަކަށްވެސް ރާއްޖެއިން ބޭރަށް ވަޑައިގެންނެވޭގޮތް ވެސް ވަނީ ނުވެފައެވެ. 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް