ކ. މާލެ
|
18 ޖޫން 2018 | ހޯމަ 19:34
ދެކުނު ކޮރެއާ އާއި އުތުރު ކޮރެއާގެ ވެރިން ދާދިފަހުން ބޭއްވެވި ބައްދަލުވުމުގެ ތެރެއިން
ދެކުނު ކޮރެއާ އާއި އުތުރު ކޮރެއާގެ ވެރިން ދާދިފަހުން ބޭއްވެވި ބައްދަލުވުމުގެ ތެރެއިން
އޭއެފްޕީ
ދެކުނު ކޮރެއާ-އުތުރު ކޮރެއާ
ނިއުކްލިއަރ ހަތިޔާރު ގެންގުޅުމާ ދެކޮޅަށް އުތުރު ކޮރެއާ އިން ބިނާކުރަނިވި މަސައްކަތްތަކެއް ކުރާނަމަ ދަތިކުރުމުގެ ފިޔަވަޅުތަކަށް ލުޔެއް ލިބޭނެ: ދެކުނު ކޮރެއާ
އެހެންނަމަވެސް އެމެރިކާ އިން ބުނަމުން ދަނީ ނިއުކްލިއާ ހަތިޔާރު ގެންގުޅޭހާ ހިނދަކު އުތުރު ކޮރެއާ އާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކަށް ލުޔެއް ނުދޭނެ ކަމަށް

އުތުރު ކޮރެއާ އިން "ނިއުކްލިއަރ ހަތިޔާރު ގެންގުޅެ ބޭނުން ކުރުން ހުއްޓާލުމަށް ބިނާކުރަނިވި މަސައްކަތްތަކެއް ކުރާނަމަ" އެގައުމާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކަށް ލުޔެއް ލިބޭނެ ކަމަށް ދެކުނު ކޮރެއާ އިން ބުނެފިއެވެ. 

އުތުުރު ކޮރެއާ އިން ނިއުކްލިއަރ ހަތިޔާރު ގެންގުޅެ އަދި އެކަމާ ގުޅޭ ހާއްސަ ޕްރޮގްރާމް ގެންދާތީ އެކަމާ އެންމެ ދެކޮޅަށް ބައިނަލްއަގްވާމީ ދުނިޔޭގައި ވަކާލާތު ކުރަމުންދާ އެމެރިކާގެ ރައީސް އާ އެކު ދާދިފަހުން އުތުރު އުތުރު ކޮރެއާގެ ލީޑަރު ވަނީ ހާއްސަ ބައްދަލުވުމެއް ބާއްވަވާފައެވެ. ސިންގަޕޫރުގައި ޖޫން 12 ގައި އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮން އުން އާއި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބޭއްވި ބައްދަލުވުމުގައި އުތުރު ކޮރެއާގެ ލީޑަރު ވަނީ ދެކޮރެއާ ސަރަހައްދުން ނިއުކްލިއަރ ހަތިޔާރު ނައްތާލުމަށް މަސައްކަތްޕުޅު ކުރައްވަން ވައުދުވެވެޑައިގެންފައެވެ. އެހެންނަމަވެސް އުތުރު ކޮރެއާގެ ލީޑަރު ވިދާޅުވި ބަސްފުޅުން އެހާކަންކަން ސާފު ނުވާކަމަށް މަސްރަހު ދިރާސާ ކުރައްވާ ފަރާތްތަކުން ވިދާޅުވެއެވެ. 

އުތުރު ކޮރެއާ އާ އިން "ނިއުކްލިއަރ ހަތިޔާރު ގެންގުޅެ ބޭނުން ކުރުން ހުއްޓާލުމަށް ބިނާކުރަނިވި މަސައްކަތްތަކެއް ކުރާނަމަ" އެގައުމާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކަށް ލުޔެއް ލިބޭނެ ދެކުުނު ކޮރެއާގެ ފޮރިން މިނިސްޓަރު ކަންގް ކިއުން-ވާ ހޯމަ ދުވަހު ވިދާޅުވިއިރު، އެމެރިކާ އިން ގެންގުޅޭ އުސޫލު ތަފާތެވެ. އުތުރު ކޮރެއާ އިން ނިއުކްލިއަރ ހަތިޔާރު ގެންގުޅޭހާ ހިނދަކު އެގައުމާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކަށް ލުޔެއް ނުދޭނެ ކަމަށް އެމެރިކާގެ ޚާރިޖީ ވަޒީރު މައިކް ޕޮމްޕެއޯ ވަނީ ރައީސް ޓްރަމްޕް އާއި އުތުުރު ކޮރެއާގެ ލީޑަރު ކިމް ޖޮން އުންގެ ސަމިޓުގެ ފަހުން ވިދާޅުވެފައެވެ. 

އުތުރު ކޮރެއާގެ ފަރާތުން މިހާރު އެމެރިކާ އަށް ނިއުކްލިއަރ ހަތިޔާރުގެ ބިރެއް ނެތް ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބުދަ ދުވަހު ވަނީ ވިދާޅުވެފައެވެ. ޖޫން 12 ވަނަ ދުވަހު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އާއި އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮން އުން ސިންގަޕޫރުގައި ތާރީީޚީ ބައްދަލުވުމެއް ބާއްވާފައިވާއިރު، އެ ބައްދަލުވުމަށް ފަހު ސިންގަޕޫރުން އެނބުރި އެމެރިކާ އަށް ވަޑައިގެން، ކުރެއްވި ޓްވީޓެއްގައި ރައީސް ޓްރަމްޕް ވިދާޅުވީ އެމަނިކުފާނު ވެރިކަމާ ހަވާލުވެވަޑައިގަތް ދުވަހަަށް ވުރެ ބޮޑަށް މިހާރު އެމެރިކާ އަށް ރައްކާތެރިކަމާއި އަމާންކަން ވެރިވެއްޖެ ކަަމަށާއި އުތުރު ކޮރެއާ އިން އެމެރިކާ އަށް އެއްވެސް "ނިއުކްލިއަރ ބިރެއް ނެތް" ކަމަށެވެ.

ބައިނަލްއަގްވާމީ ދުނިޔެ އިން އުތުރު ކޮރެއާއަށް ތަކުރާރުކޮށް ގޮވާލަމުން ދަނީ އެގައުމުގެ ނިއުކްލިއަރ ޕްރޮގްރާމް ހުއްޓާލުމަށާއި މިސައިލްތައް ޓެސްޓްކުރުން ހުއްޓާލުމަށެވެ. ދުނިޔޭގެ ގޮވާލުންތަކަށް އުތުރު ކޮރެއާ އިން އިޖާބަ ނުދޭތީ އުތުރު ކޮރެއާއާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު ވެސް ބައިނަލްއަޤުވާމީ މުޖުތަމައު އިން ވަނީ އަޅާފައެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދު ސާއިފް ޝިޔާދް
- ކޮމެންޓް