ކ. މާލެ
|
18 ޖޫން 2018 | ހޯމަ 13:20
އެމްއެންޑީއެފުން ކުރިއަށްގެންދާ ސަރވައިލެންސް ޕެޓްރޯލް
އެމްއެންޑީއެފުން ކުރިއަށްގެންދާ ސަރވައިލެންސް ޕެޓްރޯލް
އެމްއެންޑީއެފް
އެމްއެންޑީއެފް
އިންޑިއާއާ ގުޅިގެން އެމްއެންޑީއެފުން ޚާއްސަ ސަރވައިލެންސް އޮޕަރޭޝަނެއް ފަށައިފި
މި ޕެޓްރޯލް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ޚާއްސަ އިގްތިސާދީ ސަރަހައްދެއްގައި

އެމްއެންޑީއެފް ކޯސްޓްގާޑާއި އިންޑިއަން ނެވީ ގުޅިގެން ޖޮއިންޓް ސަރވައިލެންސް ޕެޓްރޯލެއް ފަށައިފިއެވެ.

އެމްއެންޑީއެފުން ބުނީ ހޯމަ ދުވަހު ފެށި މި ޕެޓްރޯލް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ ރާއްޖޭގެ ޚާއްސަ އިގްތިސާދީ ސަރަހައްދެއްގައެވެ. މިކަމާ ބެހޭ ގޮތުން މާ ގިނަ ތަފްސީލްތަކެއް އެމްއެންޑީއެފުން ހާމަކޮށްފައެއް ނުވެއެވެ. އަދި މި ކަމުގައި ބައިވެރިވަނީ ކިތައް ސިފައިން ކަމެއް ކޮން އުޅަނދުފަހަރެއް ކަމެއް ވެސް އެމްއެންޑީއެފުން ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް އާންމުކޮށްފައިވާ ފޮޓީތަކުން އިންޑިއާގެ އަސްކަރިއްޔާގެ ދެ މަތިންދާބޯޓެއް އެއާޕޯޓުގައި ޖައްސާފައި ވަނިކޮށް ފެނެއެވެ.

އިންޑިއާއާ ގުޅިގެން ހާއްސަ ސަރވައިލެންސް އޮޕްރޭޝަނެއް ދިވެހި ސިފައިން ފަށާފައި މި ވަނީ އިންޑިއާ އާއި ރާއްޖޭގެ ސިޔާސީ ގުޅުމަށް ވަރަށް ބޮޑަށް ބުރޫއަރާފައި ވަނިކޮށެވެ. ރާއްޖެއިން ޗައިނާއާ ގުޅުން ބަދަހިކުރުމުން ދިއުމާ ގުޅިގެން އިންޑިއާގެ ފާޑުކިޔުންތައް އަމާޒުވުމުން ރާއްޖެ އިން ވަނީ އެކަމާ މެދު ހިތްހަމަނުޖެހުން ފާޅުކޮށްފައެވެ. އަދި އިންޑިއާ ރައްޔިތުންނަށް ވޯކް ވިސާ ދޫކުރުމުގައި ދަތިތައް ކުރިމަތިކޮށްފައިވާ ކަމަށް އިންޑިއާގެ އޮފިޝަލުންނާ ހަވާލާދީ މީޑިއާތަކުން ވަނީ ޚަބަރު ފަތުރާފައެވެ. އަދި ދެ ފަރާތުގެ ބަހުގެ ހަމަލާތަކަށް ފަހު ރާއްޖެ އިން ވަނީ އިންޑިއާ އިން ރާއްޖެ އަށް ދީފައިވާ ދެ ހެލިކޮޕްޓަރު ގެންދިއުމަށް އިންޑިއާ އަށް އަންގާފައެވެ. އަނެއްކޮޅުން ސަރުކާރު ހިންގާ ޕާޓީ ޕީޕީއެމްގެ ޕީޖީ ލީޑަރު، ވިލިމާލެ ދާއިރާގެ މެންބަރު އަހްމަދު ނިހާން ހުސައިން މަނިކު އިންޑިއާ އަށް އެރިޔަ ނުދީ ފޮނުވައިލި މައްސަލައިގައި ވެސް ދެ ގައުމުގެ ގުޅުން ވަނީ އިތުރަށް ގޯސްވެފައެވެ. އަދި މި އޮޕަރޭޝަން ފަށާފައި މި ވަނީ އިންޑިއާގެ ސިޔާސީ އެކި ބޭފުޅުން ރާއްޖެއާ ބެހޭ ގޮތުން ވަރަށް ފާޅުގައި ވާހަކަ ދައްކަވަމުން ގެންދަވާ ދަނޑިވަޅެއްގައެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް
18 ޖޫން 2018 | ހޯމަ 10:29
ކަޝްމީރުގެ
ކަޝްމީރުގެ ރައްޔިރުން ކަތިލާފަ އަދި، މިޤައުމަށް ޖާސޫސްކަުރާނެކަމެއްނެތް
18 ޖޫން 2018 | ހޯމަ 09:03
ސަރވައިލެންސް ކޮށްދޭނެ
ނިކަންރީތިކޮށް ސަރވައިލެންސް ކޮށްދޭނެ މިފަރު، އަމިއްލައައްފަލީހަތްވައިރުވެސް ނޭންގޭ
18 ޖޫން 2018 | ހޯމަ 08:25
އެޑަމް
އެހެންވީމަ ހެލިކަޕްޓަރ ފޮނުވާލަން އެންގި އެންގުން ބާޠިލްވީކަމަށް މިބަލަނީ....