ކ. މާލެ
|
18 ޖޫން 2018 | ހޯމަ 11:55
އެެމެރިކާގެ ނިއު ޖާޒީގައި ބަޑިޖެހުމުގެ ހާދިސާ ހިނގި ސަރަހައްދުގައި ފުލުހުން ހަރަކާތްތެރި ވަނީ
އެެމެރިކާގެ ނިއު ޖާޒީގައި ބަޑިޖެހުމުގެ ހާދިސާ ހިނގި ސަރަހައްދުގައި ފުލުހުން ހަރަކާތްތެރި ވަނީ
ޓްވިޓަރ
އެމެރިކާގައި ދިން ބަޑީގެ ހަމަލ
އެމެރިކާގައި ދިން ބަޑީގެ ހަމަލާގައި އާންމުންގެ 22 މީހަކު މަރުވެއްޖެ
ހަމަލާގައި ހަތަރު މީހުނަށް ވަނީ ސީރިއަސް އަނިޔާތަކެއް ލިބިފައި
ބަޑިޖެހުމުގައި މަދުވެގެން ދެ މީހަކު ބައިވެރިވި

އެމެރިކާގެ ނިއު ޖާޒީގައި ދިން ބަޑީގެ ހަމަލާގައި އާންމުންގެ 22 މީހަކު މަރުވެ ބަޑިޖެހި އެކަކު މަރުވެއްޖެއެވެ.

ބަޑިޖަހާފައި ވަނީ ނިއު ޖާސީގައި އޮތް އާޓް އޯލް ނައިޓް ފެސްޓިވަލަށް އާންމުންގެ ގިނަ ބަޔަކު ޖަމާވެފައި ވަނިކޮށެވެ. ފުލުހުން ބުނީ ބާޑީގެ ހަމަލާދިނުމުގައި މަދުވެގެން ދެ މީހަކު ބައިވެރިވި ކަމަށާއި އެތަނުން އެކަކު މަރުވެފައިވާ ކަމަށެވެ. އެއީ އުމުރުން 33 އަހަރުގެ މީހެއް ކަމަށް ފުލުހުން ބުންޏެވެ. ހަމަލާ ދީފައި ވަނީ އެ ސަރަހައްދުގައި ލަވަޔާއި މިއުޒިކްގެ ހަރަކާތްތައް ވެސް ކުރިއަށް ދަނިކޮށެވެ. އަދި ކެއިން ބުއިމުގައި ގިނަ ބަޔަކު ސާމިލުވެ އުޅެނިކޮށެވެ.

އެ ސަރައްހަދުގެ ޕްރޮސެކިޓަރަކު ބުނީ ބަޑި ޖެހި ދެވަނަ މީހާ ހުރީ ހައްޔަރު ކޮށްފައި ކަމަށެވެ. ހަމަލާގައި ހަތަރު މީހުނަށް ސީރިއަސް އަނިޔާތައް ލިބިފައިވާއިރު އެ މީހުންނަށް ދަނީ އެމެޖެންސީކޮށް ފަރުވާ ދެމުންނެވެ.

ހަމަލާ ދިން ސަބަބު ސާފުވެފައި ނުވާއިރު ވަރަށް ގިނަ ހަތިޔާރު އެ ސަރައްހަދުން ފެނިފައި ވާ ކަމަށް ވަނީ އަޑު ފެތުރިފައެވެ. ހަމަ އެއާ އެކު އެ ސަރަހައްދުގައި ކާރެއް ވަގަށް ނަގަން މަސައްކަތް ކޮށްފައިވާކަމުގެ ރިޕޯޓްތައް ލިބިފައިވާއިރު އެކަމަކީ މިކަމާ ގުޅުން ހުރި ކަމެއް ކަން އަދި ވަނީ ޔަގީންނުކުރެވިއެވެ.

ހަމަލާގައި އަނިޔާވި އާވިންގް ހިގިންގްބޮޓަމް ބުނީ އޭނަގެ ގަޔަށް ހަތަރު ފަހަރު ވަޒަން އަރާފައިވާ ކަމަށެވެ.

"އެންމެން ވެސް ދިޔައީ އެވަގުތު މަޖާ ކުރަމުން" އާވިންގް ނޫހަށް މައުލޫމާތު ދެމުން ބުންޏެވެ. "ދެން ވީގޮތެއް ނޭނގެ، ފެނުނީ ގަޔަށް ވަޒަންތަކެއް އަރާފައި އޮއްވާ، ފަޔަށް ވެސް ވަޒަން އެރި، އެ އަށް ފެހު ބިން މައްޗަށް ޖެހުނު ގޮތަށް އޮތީ"

އެ ބިރުވެރި ހާދިސާ ހިނގި ވަގުތު އެތާ ހުރި މީހަކު ބުނީ އޭނަ އެތަނަށް ދިޔައީ އާއިލާ މީހަކާ އެކީގައި ކަމަށެވެ. އެތަނަށް ގޮސް ހުއްޓާ ވަރަށް ބާރު ގޮވުމުގެ އަޑުތަކެއް އިވުނު ކަމަށާއި ދެން ފެނުނީ އެންމެން ދުއްވައިގަތް ތަން ކަމަށް އޭނާ ބުންޏެވެ. ފަޔަށް ވަޒަން އަރާފަ އޮތް މީހަކަށް ފުލުހުން އެހީތެރިވެ ދިން ތަން ފެނުނު ކަމަށް ވެސް އޭނާ ބުންޏެވެ. 

މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު ލެސް ވޭގަސްގައި ދިން ބަޑީގެ ހަމަލާގައި 59 މީހުން މަރުވެ 851 މީހަކު ޒަހަމްވެފައި ވެއެވެ. މިއީ އެމެރިކާގެ ތާރީހުގައި ވެސް ބަޑީގެ ހަމަލާއެއްގައި އެންމެ ގިނަ މީހުން މަރުވި ހަމަލާއެވެ.  އަދި 2016 ވަނަ އަހަރު އޯލަންޑޯ ނައިޓް ކްލަބްގައި ދިން ހަމަލާގައި 60 މީހުން މަރުވެ 58 މީހަކު ޒަހަމްވެފައި ވެއެވެ. އަދި މިދިޔަ މަހުގެ ތެރޭގައި ސަންޓަ ފޭ ހައި ސްކޫލްގައި ދިން ބަޑީގެ ހަމަލާގައި 10 މީހަކު މަރުވެ 14 މީހަކު ޒަހަމްވެފައި ވެއެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް