ކ. މާލެ
|
18 ޖޫން 2018 | ހޯމަ 15:45
ބިންހެލުން އައުމުގެ ސަބަބުން ރޭލުތައް ދަތުރުކުރުން ވަނީ ހުއްޓިފައި
ބިންހެލުން އައުމުގެ ސަބަބުން ރޭލުތައް ދަތުރުކުރުން ވަނީ ހުއްޓިފައި
ޓްވިޓަރ
ޖަޕާން ބިންހެލުން އައުން
ޖަޕާނަށް ވަރުގަދަ ބިންހެލުމެއް، ތިން މަރާއެކު، 200 މީހުން ޒަޚަމްވެއްޖެ!
ބިން ހެލުން އައީ ހޯމަ ދުވަހު ހެނދުނު

ޖަޕާނުގެ އޮސާކާއަށް އައި ބާރުގަދަ ބިން ހެލުމެއްގައި ކުޑަ ކުއްޖަކު ހިމެނޭ ގޮތަށް ތިން މީހުން މަރުވެ 200 އަށްވުރެ ގިނަ މީހުން ޒަޚަމްވެއްޖެއެވެ.

ބިން ހެލުމުގެ ސަބަބުން އެ ސަރަހައްދުގައި ހިމެނޭ އެއަރޕޯޓްތައް އެތައް ގަޑިއިރުތަކަކަށް ބަންދުކޮށްފައި ވާއިރު ރޭލު ދަތުރުތައް މެދުކަނޑާލައި ފެކްޓްރީތަކުގެ އޮޕަރޭޝަން ވެސް މެދު ކަނޑާލަން ޖެހުނެވެ. އެހެން ނަމަވެސް ރިކްޓަރ މިންގަޑުން 6.1 މެގްނިޓިއުޑްގައި އައި ބިންހެލުމާއި ގުޅިގެން ސުނާމީގެ އިންޒާރެއް ދީފައި ނުވާއިރު ނިއުކްލިއަރ ޕްލާންޓްތަކުގެ މަސައްކަތަކަށް ވެސް ބުރުލެއް އަރާފައެއް ނުވެއެވެ.

ޖަޕާން އޮންނަނީ ބިން ހެލުން އާއްމު ސަރަހައްދެއްގައި ކަމަށް ވާއިރު، ދުނިޔެއަށް އަންނަ 6.0 މެގްނިޓިއުޑް ނުވަތަ އެއަށްވުރެ ބާރު ބިންހެލުންތައް ގިނައިން އަންނަނީ އެ ސަރަހައްދަށެވެ.

ހޯމަ ދުވަހު އޮސާކާއަށް އައި ބިންހެލުން އައިސްފައިވަނީ އެ ގައުމުގެ ގަޑިން ހެނދުނު އަށެއް ޖެހުމުގެ ކުޑަ ވަގުތުކޮޅެއް ކުރިންނެވެ.

މި ހާދިސާގައި މަރުވި ނުވަ އަހަރުގެ ކުޑަކުއްޖާ، މަރުވެފައި ވަނީ ސްކޫލްގެ ފާރު ވެއްޓިގެން ކަމަށް ވާއިރު މަރުވި މީހުންގެ އަދަދު މަދުވެގެން ތިނަކަށް ވަނީ އަރާފައި ކަން ވަނީ ކަށަވަރު ކުރެވިފައެވެ.s

ޖަޕާނުގެ ގައުމީ ޓީވީ އެންއެޗްކޭ ރިޕޯޓްކޮށްފައިވާ ގޮތުގައި އުމުރުން ދުވަސްވީ މީހަކުވެސް މަރުވެފައިވަނީ ފާރެއް ވެއްޓި ކަމަށް ވާއިރު ތިންވަނަ މީހާ މަރުވެފައި ވަނީ ގޭގައި ހުރި ފޮތް ހަރުގަނޑެއް ދަށު ވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް