ކ. މާލެ
|
18 ޖޫން 2018 | ހޯމަ 07:56
ދަރުބާރުގޭގައި ފްލެޓް ފޯމް ބަލައިގަންނަނީ: ހަރޯދަ ދުވަސްތަކުގައި ފޯމް ބަލައިގަންނާނީ ރޯދަމަހު ބަލައިގެން ގަޑިތަކުގައި
ދަރުބާރުގޭގައި ފްލެޓް ފޯމް ބަލައިގަންނަނީ: ހަރޯދަ ދުވަސްތަކުގައި ފޯމް ބަލައިގަންނާނީ ރޯދަމަހު ބަލައިގެން ގަޑިތަކުގައި
މުހައްމަދު ޝަރުހާން
ފްލެޓް ފޯމް ހުށަހެޅުން
އީދު ބަންދަށް ފަހު ފްލެޓް ފޯމް ބަލައިގަންނަން ފަށަނީ
ހަ ރޯދަ ނިމެންދެން ފްލެޓް ފޯމު ބަލައިގަންނަން ހަމަޖެހިފައި ވަނީ ރޯދަ މަހު ވެސް ފޯމު ބަލައިގަތް ވަގުތުތަކުގައި
ރޯދަމަހު ފޯމު ބަލައިގަނެފައި ވަނީ ކޮންމެ ދުވަހެއްގެ ހެނދުނު 10:30 އިން މެންދުރު ފަހު 13:30 އަށް އަދި ރޭގަނޑު 21:00 އިން 23:00އަށް
އަންނަ ޖުލައި މަހުގެ 31 ގެ ނިޔަލަށް ހިޔާ މަޝްރޫއުގެ ފޯމުތައް ބަލަގަންނާނެ

"ހިޔާ މަޝްރޫއު" ގެ ދަށުން އިމާރާތްކުރާ ފްލެޓްތަކަށް އެދި ހުށަހަޅާ ފޯމުތައް ބަލައިގަތުން ހުކުރު ދުވަހުން ފެށިގެން ތިން ދުވަހުގެ މުއްދަތަކަށް މެދުކަނޑާލާފައި އޮތުމަށްފަހު ފޯމު ބަލައިގަންނަން ހޯމަ ދުވަހު ފަށާނެއެވެ

ހައުސިން މިނިސްޓްރީގެ މީޑިއާ ކޯޑިނޭޓަރު އަހުމަދު ފަޒާލް ވިދާޅުވI ފިތުރު އީދު ދުވަހުން ފެށިގެން ތިން ދުވަހުގެ މުއްދަތަށް ފްލެޓް ފޯމު ބަލައިގަތުން މެދު ކަނޑާލާފައި އޮތުމަށްފަހު ހޯމަ ދުވަހު ފަށާއިރު ހަ ރޯދަ ނިމެންދެން ފްލެޓް ފޯމު ބަލައިގަންނަން ހަމަޖެހިފައި ވަނީ ރޯދަ މަހު ވެސް ފޯމު ބަލައިގަތް ވަގުތުތަކުގައެވެ.

ފްލެޓަށް އެދި ހުށަހަޅާ ފަރާތްތަކުގެ ފޯމުތައް ރޯދަމަހު ބަލައިގަނެފައި ވަނީ ކޮންމެ ދުވަހެއްގެ ހެނދުނު 10:30 އިން މެންދުރު ފަހު 13:30 އަށް އަދި ރޭގަނޑު 21:00 އިން 23:00 އަށެވެ.

ޖޫން މަހުގެ ތިން ވަނަ ދުވަހުން ފެށިގެން އަންނަ ޖުލައި މަހުގެ 31 ގެ ނިޔަލަށް ހިޔާ މަޝްރޫއުގެ ފޯމުތައް ބަލަގަންނަން ހައުސިން މިނިސްޓްރީން ވަނީ ނިންމާފައެވެ. ދަރުބާރުގޭ ރަންނަބަނޑޭރި މާލަމުގައި ފްލެޓް ފޯމުތައް ބަލައިގަތުން ކުރިއަށްދާއިރު ފޯމު ހުށަހެޅުމަށްޓަކައި ނަގަން ޖެހޭ ނަމްބަރު ދަރުބާރުގެއަށް ނުގޮސް، ކިއުބީ އެޕް މެދުވެރިކޮށް ނެގޭނެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ.

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އަޅާ 7000 ފްލެޓު ދޭން ނިންމާފައި ވަނީ ސިވިލް ސާވިސް މުވައްޒަފުންނަށް 1000 ފްލެޓާއި 18 އަހާރާއި 40 އަހަރާއި ދެމެދުގެ ކައިވެނިކޮށްގެން އުޅޭ މީހުންނަށް 1000 ފްލެޓާއި ދަފުތަރުގައި ނުހިމެނޭ މާލޭ ރަށްވެހިންނަށް 1000 ފްލެޓާއި ދަފުތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް 1044 ފްލެޓެވެ. އަދި ޑޮކްޓަރުންނާއި ނަރުހުންނަށް 475 ފްލެޓާއި ޓީޗަރުންނަށް 625 ފްލެޓާއި އެކަނިވެރި މައިންނާއި ބައިފައިންނަށް 500 ފްލެޓާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް 200 ފްލެޓެވެ. މީގެއިތުރުން ފުލުހުންނާއި ސިފައިންނަށް 600 ފްލެޓާއި ގުޅީފަޅުން ފައިސާ ދައްކާ ފްލެޓް ނުލިބުނު ފަރާތްތަކާއި ޓާޓާ ފްލެޓަށް ފައިސާ ނުދެއްކުނު ފަރާތްތަކަށް 300 ފްލެޓް އަދި މާފަންނު ހުޅަނގުގައި ނިކަމެތިކޮށް އުޅޭ ފަރާތްތަކަށް 256 ފްލެޓްކަމަށް ހައުސިން މިނިސްޓްރީން ބުނެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް