ކ. މާލެ
|
18 ޖޫން 2018 | ހޯމަ 08:14
ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފް - އޭނާ ވަނީ އޭސީސީން ސުޕްރީމް ކޯޓުގެ ހުރުމަތް ކަނޑާފައިވާކަމަށް ވިދާޅުވެފައި
ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފް - އޭނާ ވަނީ އޭސީސީން ސުޕްރީމް ކޯޓުގެ ހުރުމަތް ކަނޑާފައިވާކަމަށް ވިދާޅުވެފައި
މުހައްމަދު ޝަރުހާން
ވިލާގެ މައްސަލަ
އޭސީސީން އެ ވަނީ ސުޕްރީމް ކޯޓުގެ ހުރަމަތް ކަނޑާލާފައި: މަހްލޫފް
ދައުލަތަށް ގެއްލުނު 110 މިލިއަން ޑޮލަރު (1.6 ބިލިއަނަށް ވުރެ ގިނަ ރުފިޔާ) އަނބުރާ ދައުލަތަށް ހޯދަން ވަނީ އަންގާފައި
"ތެންކިއު ފޯރ ދަ ރީލޯޑް" މިހެން ބުނެގެން ކޯޓްގެ ހުރުމަތް ކެނޑިކަމުގެ ކުށުގައި އެމްޑީޕީގެ އެކްޓިވިސްޓެއް 6 މަސްދުވަހަށް ޖަލަށްލާފައިވޭ
ވިލާ ކުންފުންޏަށް ސަރުކާރުން ދޫކުރި ރަށްތަކާއި ފަޅުތަކަކާ ގުޅިގެން ބޮޑެތި ލުއިތަކެއް ދޭން ޖެހޭ ގޮތަށް ސެޓްލްމަންޓް އެގްރިމެންޓެއް ހެދީ ޑިސެމްބަރު، 2013 ގައި

ވިލާ ގުރޫޕުން 1.6 ބިލިއަން ރުފިޔާ ހޯދުމަށް އެންޓި ކޮރަޕްޝަން ކޮމިޝަނުން އެންގުމަކީ ސުޕްރީމް ކޯޓުގެ ހުރަމަތް ކަނޑާލުންކަމަށް ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހުލޫފް ވިދާޅުވެއްޖެއެވެ.

ވިލާގެ އެކި ކުންފުނިތަކަށް ދޫކޮށްފައިވާ ރަށްތަކާއި ފަޅުތަކާ ގުޅިގެން އެ ކުންފުނިތަކަށް ސަރުކާރުން ދިން ލުއިތަކުގެ ސަބަބުން ދައުލަތަށް ގެއްލުނު 110 މިލިއަން ޑޮލަރު (1.6 ބިލިއަނަށް ވުރެ ގިނަ ރުފިޔާ) އަނބުރާ ދައުލަތަށް ހޯދަން އެންޓި ކޮރަޕްޝަން ކޮމިޝަނުން ވަނީ އަންގާފައެވެ. 

އޭސީސީގެ އެ އެންގުމާއި ގުޅިގެން މަހުލޫފް ވިދާޅުވީ، "ތެންކިއު ފޯރ ދަ ރީލޯޑް" މިހެން ބުނެގެން ކޯޓްގެ ހުރުމަތް ކެނޑިކަމުގެ ކުށުގައި އެމްޑީޕީގެ އެކްޓިވިސްޓެއްކަމަށްވާ އަނިލް މުފީދު 6 މަސްދުވަހަށް ޖަލަށްލާފައިވާކަމަށެވެ. އަދި ސުޕްރީމް ކޯޓުގެ ހުކުމަށް ތަބާނުވެ، ޤާސިމް އިބްރާހިމްގެ އަތުން 1.6 ބިލިއަން ރުފިޔާ ހޯދުމުގެ ނަމުގައި އޭސީސީން ކުރާ މަސައްކަތަކީ ސުޕްރީމް ކޯޓުގެ ހުރުމަތް ކަނޑާލުން ކަމަށް މަހްލޫފް ވިދާޅުވި އެވެ. 

ގާސިމް އިބްރާހިމްގެ ވިލާގެ ކުންފުނިތަކަށް ސަރުކާރުން ދޫކުރި ރަށްތަކާއި ފަޅުތަކަކާ ގުޅިގެން ބޮޑެތި ލުއިތަކެއް ދޭން ޖެހޭ ގޮތަށް ސެޓްލްމަންޓް އެގްރިމެންޓެއް ހެދީ ޑިސެމްބަރު، 2013 ގަ އެވެ. ނަމަވެސް އެ އެއްބަސްވުންތައް ސަރުކަރުން 2015 ވަނަ އަހަރު ބަތިލްކޮށްފައިވާއިރު ސުޕްރީމް ކޯޓުން މިދިޔަ އޭޕްރީލް މަހު ވަނީ އެ އެއްބަސްވުންތައް އުވާލީ ގާނޫނާ ޚިލާފަށް ކަމަށް ހުކުމްކޮށްފަ އެވެ.

ސެޓްލްމަންޓް އެއްބަސްވުންތަކުގެ މައްސަލަ ބެލުމަށް ފަހު އޭސީސީން ނިންމީ އެ އެއްބަސްވުންތަކުގެ ސަބަބުން 110 މިލިއަން ޑޮލަރު ދައުލަތަށް ގެއްލިފައިވާ ކަމަށެވެ. އޭސީސީން ނިންމާފައި ވަނީ އެ އެއްބަސްވުންތައް ހެދީ މަގާމުގެ ނުފޫޒު ބޭނުން ކޮށްގެން ނާޖާއިޒް ފައިދާ ލިބޭ ގޮތަށް ކަމަށް ކަނޑައަޅައި، އެ މައްސަލާގައި އޭރުގެ ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބުގެ މައްޗަށް ދައުވާ ކުރަން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވާށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް