ކ. މާލެ
|
18 ޖޫން 2018 | ހޯމަ 08:19
ޓީޗަރުންނަށް ޓެބްލެޓް ބެހުމަށް ކުރިއަށްގެންދިޔަ ހަރަކާތްތަކުގެ ތެރެއިން މިނިސްޓަރު ޓެބްލެޓް ހަވާލުކޮށްދެއްވަނީ
ޓީޗަރުންނަށް ޓެބްލެޓް ބެހުމަށް ކުރިއަށްގެންދިޔަ ހަރަކާތްތަކުގެ ތެރެއިން މިނިސްޓަރު ޓެބްލެޓް ހަވާލުކޮށްދެއްވަނީ
މިނިސްޓްރީ އޮފް އެޑިއުކޭޝަން
ޓެބްލެޓް ހަވާލުކުރުން
ދަރިވަރުންނަށް މިއަދު ޓެބްލެޓް ބަހަން ފަށާނެ
އިތުރު ރަށްރަށަށް ޓެބްލެޓް ފޮނުވުމުގެ މަސައްކަތް މިހާރުވެސް ކުރިއަށްދޭ
މިހާތަނަށް ވަނީ ހުރިހާ ޓީޗަރުންނަށް ޓެބްލެޓް ބަހައި ނިންމައިފައި
ރާއްޖޭގެ ސްކޫލްތަކުގެ ޓީޗަރުންނަށާއި ދަރިވަރުންނަށް 70000 ޓެބްލެޓް ބެހުމަށްވަނީ ހަމަޖެހިފައި

ތައުލީމީ ދާއިރާ މުޅިން ޑިޖިޓަލައިޒްކޮށް ހުރިހާ ސްކޫލުތަކުގެ ދަރިވަރުންނަށް ޓެބްލެޓް ދިނުމަށް ފަށާފައިވާ މަސައްކަތްތަކުގެ ދަށުން، ދަރިވަރުންނަށް ޓެބްލެޓް ބަހަން މިއަދު (ހޯމަ ދުވަހު) ފަށާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ބުނެފަ އެވެ. 

ފުރަތަމަ ޓާމް ޗުއްޓީއަށްފަހު މިއަދު ސުކޫލްތައް ހުޅުވާއިރު، އެޑިއުކޭޝަން މިނިސްޓްރީއާއި ހަވާލާދީ ދައުލަތުގެ މީޑިއާއިން ބުނީ، ދަރިވަރުންނަށް ޓެބްލެޓް ބެހުމުގެ މަސައްކަތް މިއަދު ފަށާނެ ކަމަށެވެ. އަދި އިތުރު ރަށްރަށަށް ޓެބްލެޓް ފޮނުވުމުގެ މަސައްކަތް މިހާރުވެސް ކުރިއަށްދާކަމަށްވެސް އެޑިއުކޭޝަން މިނިސްޓްރީން ބުނެ އެވެ. 

މިހާތަނަށް ވަނީ ހުރިހާ ޓީޗަރުންނަށް ޓެބްލެޓް ބަހައި ނިންމައިފަ އެވެ. 

އެޑިއުކޭޝަން މިނިސްޓްރީން ބުނީ ރާއްޖޭގެ ސްކޫލްތަކުގެ ޓީޗަރުންނަށާއި ދަރިވަރުންނަށް 70000 ޓެބްލެޓް ބެހުމަށްވަނީ ހަމަޖެހިފައެވެ. މީގެ ތެރެއިން ގާތްގަނޑަކަށް 63000 ޓެބްލެޓް ބެހުމަށް ހަމަޖެހިފައިވަނީ ދަރިވަރުންނަށްކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެ އެވެ.

ދަރިވަރުންނަށް ދިނުމަށް ނިންމާފައިވަނީ ވާވޭ ޓެބްލެޓެކެވެ. އެ މަޝްރޫއަށް ސަރުކާރުގެ މިއަހަރުގެ ބަޖެޓުގައި 150 މިލިއަން ރުފިޔާ ވަނީ ހިމަނައިފައެވެ.

 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް