ކ. މާލެ
|
17 ޖޫން 2018 | އާދީއްތަ 22:17
އާޒިމް އާއި ޤާނޫނީ ވަކީލް ފަރީދު ޖޭޕީއަށް ސޮއި ކުރައްވަނީ: އާޒިމް ވަނީ ޤާސިމްގެ އެޑްވައިޒަރަކަށް ހަމަޖައްސަވާފައި
އާޒިމް އާއި ޤާނޫނީ ވަކީލް ފަރީދު ޖޭޕީއަށް ސޮއި ކުރައްވަނީ: އާޒިމް ވަނީ ޤާސިމްގެ އެޑްވައިޒަރަކަށް ހަމަޖައްސަވާފައި
ޖުމްހޫރީ ޕާޓީ
ޖުމްހޫރީ ޕާޓީ
އާޒިމް އާއި ފަރީދު ޖޭޕީއަށް ސޮއިކޮށްފި
ދެބޭފުޅުންވެސް ސޮއި ކުރެއްވީ އާދީއްތަ ދުވަހުގެރޭ މ ކުނޫޒްގައި
އާޒިމް ސޮއިކުރެއްވުމާއެކު އެޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ހާއްސަ އެޑްވައިޒަރުގެ މަޤާމަށް އާޒިމް އައްޔަން ކުރައްވާފައި

މިހާރު ޖަލަށް ލާފައިވާ ކުރީގެ ޑިފެންސް މިނިސްޓަރ ކާނަލް ނާޒިމްގެ ކޮއްކޮ އަދި އެސްޓީއޯގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރ އާދަމް އާޒިމް އާއި ޤާނޫނީ ވަކީލް މުހައްމަދު ފަރީދު، ޖުމްހޫރީ ޕާޓީއަށް ސޮއިކޮށްފިއެވެ.

އާދީއްތަ ދުވަހުގެރޭ ޖުމްހޫރީ ޕާޓީގެ މައި ހަރުގެ މ ކުނޫޒްގައި އެޕާޓީއަށް ސޮއިކުރެއްވުމަށް ފަހު އާޒިމް ވިދާޅުވީ ޤާސިމް އިބްރާހިމްއަކީ ޑިމޮކްރަސީގެ ބައްޕަކަމަށް ބުނުން ދޮގަކަށް ނުވާނެ ކަމުގައެވެ. އަދި ރާއްޖޭގައި މިހާރު އޮތް ނާއިންސާފާއި އަނިޔާވެރިކަން ނިމުމަކަށް ގެނައުމަށްޓަކައި މިއަދު އޭނާ ފަށަނީ އާ މަސައްކަތެއް ކަމަށާއި ގިނަ ދުވަސްތަކެއް ނުވެ އެ މަސައްކަތް ކާމިޔާބު ވެސް ކުރާނެ ކަމަށެވެ.

އާޒިމް ވިދާޅުވީ މުޅި އާއިލާއިންވެސް ސިޔާސީ މަސައްކަތުގައި ކުރިއަށްދާނީ ޖުމްހޫރީ ޕާޓީ ކުރިއަށްދާ ގޮތަކަށް ކަމުގައެވެ.

ޖުމްހޫރީ ޕާޓީން ބުނީ މިރޭ އާޒިމް ސޮއިކުރެއްވުމާއި އެކު އެޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ހާއްސަ އެޑްވައިޒަރުގެ މަޤާމަށް އާޒިމް އައްޔަން ކުރައްވާފައިވާ ކަމުގައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދު ސާއިފް ޝިޔާދް
- ކޮމެންޓް