ކ. މާލެ
|
17 ޖޫން 2018 | އާދީއްތަ 18:02
ޑެޕިއުޓީ މޭޔަރ ޝަމާއު ޝަރީފު
ޑެޕިއުޓީ މޭޔަރ ޝަމާއު ޝަރީފު
ރާއްޖެއެމްވީ
މާލެ ތަރައްގީ ކުރުން
މާލެއަށް ބޭނުންވަނީ ރީ-ޑިވެލޮޕްމެންޓް ޕްލޭން: ޝަމާއު ޝަރީފު
މާލެ ރަގަޅު ޕްލޭނެއްގެ ތެރެއިން ތަރައްގީ ކުރަންޖެހޭ
މިހާރު ތަރައްގީ ކުރަނީ ފްލޭނެއް ނެތި

މާލޭ ދެމެހެއްޓެނިވި ގޮތަކަށް ތަރައްގީ ކުރުމަށް ރީ-ޑިވެލޮޕްމެންޓް ޕްލޭނެއް ބޭނުންވާ ކަމަށް މާލޭ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މެޔަރ ޝަމާއު ޝަރީފު ވިދާޅުވެއްޖެ އެވެ.

ރާއްޖެޓީވީގެ "ޚަބަރުފީތާ" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ޝަމާއު ވިދާޅުވީ، މާލޭ ސިޓީ ކައުންސިލުން މިހާރު މަސައްކަތްތައް ނުކުރެވޭއިރު މީގެ ކުރިން މާލޭގެ ރީ-ޑިވެލޮޕްމެންޓް ޕްލޭނެއް އެކުލަވާލުމުގެ މަސައްކަތް ކުރިއަށް ދިޔަ ކަމަށެވެ. މީގެ ގާތްގަނޑަކަށް ހަތް އަހަރު ކުރިން އޭރުގައި ކުރެވުނު ދިރާސާއަކުން މާލޭގެ މަގުތަކުގައި ހިނގާ މީހުންނަކީ 60 ޕަސެންޓް ކަމަށާއި އެހެން ނަމަވެސް މުޅި މަގުތަކުގެ އޭރިއާއަށް ބަލާ އިރު ހިނގާ މީހުންނަށް ލިބެނީ 3 ޕަސެންޓް ކަމަށެވެ. އޭރުގައި ދައްކަން ޖެހުނު ވާހަކައަކީ ހިނގާ މީހުންނަށް ޖާގަ ނެތުމުގެ ސަބަބުން ހިނގާ މީހުންނަށް ޖާގަ ހެދުން ކަމަށެވެ.

" އެހެން ނަމަވެސް މިފާއިތުވެދިޔަ ހަތް އަހަރުގެ ތެރޭގައި ވަރަށް ބޮޑެތި ބަދަލު ތަކެއް ވަނީ އައިސްފައި. މިހާރު ހިނގާނެ ޖާގަ ލިބޭ. އެހެން ނަމަވެސް ދުއްވާނެ ޖާގަ ނުލިބޭ. މިހާރު މަންޒަރު ވަނީ އެއްކޮށް ބަދަލުވެފައި." ޝަމާއު ވިދާޅުވި އެވެ.

ޝަމާއު ވިދާޅުވީ، މާލޭގެ ތަރައްގީގެ ކަންކަން ކުރިއަށްދަނީ ރީ-ޑިވެޕޮލްމެންޓް ޕްލޭނެއް ކަމަށް ގަބޫލު ނުކުރެވޭ ކަމަށާއި މިފަދަ ޕްލޭނެއްގެ ތެރެއިން ބޭކާރު ހަރަދުތައް ކުރުމުން ސަލާމަތް ވާނެ ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދު ސާއިފް ޝިޔާދް
- ކޮމެންޓް
17 ޖޫން 2018 | އާދީއްތަ 15:39
އ
ހިނގާނެ ޖާގަ ލިބެނީ މާލޭގެ ކޮން މަގަކުންތަ؟ ހިނގަން އޮންނަ ތަނުގަވެސް ޕާކު ކޮށްފަ ނޫނީ ކުނި އަޅާ ފުރާފަ. ހިނގަން އޮންނަ ޕޭވްމަންޓަށް އަރައިފިއްޔާ ދެން އުޅެންޖެހޭނީ މަގު ހުރަސްކުރާނެ ހުސްތަންކޮޅެއް ފެނޭތޯ.