ކ. މާލެ
|
17 ޖޫން 2018 | އާދީއްތަ 17:24
އެމްޑީޕީގެ ޤައުމީ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން: އުކުޅަހުގައި ބާއްވާ ކޮންގްރެސްގައި 1000 އަކަށްވުރެ ގިނަ މީހުން ބައިވެރިވާނެ
އެމްޑީޕީގެ ޤައުމީ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން: އުކުޅަހުގައި ބާއްވާ ކޮންގްރެސްގައި 1000 އަކަށްވުރެ ގިނަ މީހުން ބައިވެރިވާނެ
މުހައްމަދު ޝަރުހާން
އެމްޑީޕީ ކޮންގްރެސް
އެމްޑީޕީ ކޮންގްރެސްގައި ވިޔަފާރި ސްޓޯލްތަކެއް ބަހައްޓަނީ
ދޫކުރަނީ ޕާޓީގެ ސިޔާސަތުތަކާ ގުޅޭ ސްޓޯލްތައް
ދޫކުރުމަށް ހަމަޖެހިފައިވަނީ 10 ސްޓޯލް
ސްޓޯލްއަށް ކުރިމަތި ލުމުގެ ފުރުސަތު ހުޅުވާލާފައިވަނީ މިމަހުގެ 27 ގެ ނިޔަލަށް

އއ އުކުޅަހުގައި ބޭއްވުމަށް ހަމަޖެހިފައިވާ އެމްޑީޕީގެ ކޮންގްރެސްގައި ޕާޓީގެ ސިޔާސަތުތަކާ ގުޅޭ ވިޔަފާރި ސްޓޯލްތަކެއް ބެހެއްޓުމަށް ނިންމައިފިއެވެ.

ރާއްޖެ އެމްވީއަށް މައުލޫމާތު ދެއްވަމުން އެކަމާ ހަވާލުވެ ހުންނެވި އެމް.ޑީ.ޕީގެ ޗެއަރޕާރސަންގެ ނައިބު މާލީ އަޙްމަދު އަބްދުﷲ ވިދާޅުވީ އެމްޑީޕީގެ ކޮންގރެސް ކުރިއަށްދާއިރު ފަންޑްރެއިޒް އިވެންޓެއްގެ ގޮތުގައި ވިޔަފާރި ސްޓޯލްތަކެއް ބެހެއްޓުމަށް ހަމަޖެހިފައިވާ ކަމަށާއި މައިގަނޑު ބޭނުމަކީ ފައިސާ ހޯދުމުގެ އިތުރުން ޕާޓީއަށް ހެޔޮއެދޭ ފަރާތްތަކުން އެހީތެރިވުމުގެ ފުރުސަތު ހުޅުވާލުމާއި ޕާޓީގެ ސިޔާސަތުތައް މީހުންނަށް ބޮޑަށް ހާމަކޮށްދިނުން ކަމަށެވެ. އެގޮތުން އެގްރި ވިޔަފާރިއާއި ދަތުރުފަތުރާއި ގެސްޓް ހައުސްގެ ޓުއަރިޒަމް ފަދަ ޕާޓީގެ ސިޔާސަތުތަކާ ގުޅޭ ދާއިރާތަކުގެ ސްޓޯލްތަކަށް އިސްކަން ދެއްވާނެކަމަށް އަހުމަދު ވިދާޅުވިއެވެ.

އެމްޑީޕީން ބުނެފައިވަނީ މިހިނގާ ޖޫން މަހުގެ 29 އިން 30 އަށް އުކުޅަހުގައި ބާއްވާ ކޮންގްރެސް އަކީ 1000 އަށް ވުރެ ގިނަ ޑެލިގޭޓުންގެ އިތުރުން، 200 އަށް ވުރެ ގިނަ މެހެމާނުންނާއި ބޭރުގެ ޑިޕްލޮމޭޓުންނާއި މީޑިޔާ އަދި އޮބްޒާވަރުން ބައިވެރިވާނެ ކޮންގްރެސްއެއް ކަމަށާއި  ކޮންގްރެސް ބޭއްވުމަށް ހަމަޖެހިފައިވާ ސަރަހައްދުގައި 10 ސްޓޯލް ބެހެއްޓުމަށްވަނީ ހަމަޖެހިފައި ކަމަށެވެ.

އެޕާޓީން ބުނީ ސްޓޯލް ބެހެއްޓުމަށް ޝައުޤުވެރިވާ ފަރާތްތަކުން 27 ޖޫން 2018 ވަނަ ދުވަހުގެ 16:00 ގެ ކުރިން އެ ޕާޓީގެ އީމެއިލް އެޑްރެސް [email protected] އަށް އީމެއިލް ކޮށްދެއްވުން އެދޭ ކަމަށެވެ. އަދި ސްޓޯލް ދޫކުރުމުގައި އެޕާޓީގެ ސިޔާސަތުތައް ތަންފީޛުކުރާ ވިޔަފާރިތަކާއި ޖަމްޢިއްޔާ ޖަމާޢްތްތަކަށް އިސްކަންދެވޭނެ ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް