ކ. މާލެ
|
17 ޖޫން 2018 | އާދީއްތަ 16:31
ޓްރީޓޮޕް ހޮސްޕިޓަލް
ޓްރީޓޮޕް ހޮސްޕިޓަލް
ފާތިމަތު ޝަނާ މުހައްމަދު
ޒުވާނަކު ފައިސާ ނުދެއްކިފައި
ސިއްސައިގެންދާވަރުގެ ބިލަކާއެކު ޒުވާނަކު ޓްރީ ޓޮޕް ހޮސްޕިޓަލުގައި ފައިސާ ނުދެއްކިފައި
މިދިޔަ ބުރާސްފަތި ދުވަހު ދޫކޮށްލަން ބެލިއިރު ހޮސްޕިޓަލުގެ ބިލަށް 350،000 ރުފިޔާ ވަނީ އަރާފައި

ރޯދަ މަހު ހުޅުމާލޭގައި ހިނގި އެކްސިޑެންޓެއްގައި ޒަހަމްވެގެން ޓްރީ ޓޮޕް ހޮސްޕިޓަލުން ފަރުވާ ހޯދި ޒުވާނެއްގެ ބިލް ބޮޑުވެ ނުދެއްކިގެން، އާއިލާ އިން ކަންބޮޑުވެއްޖެއެވެ.

މިދިޔަ ޖޫން މަހުގެ އެއް ވަނަ ދުވަހުގެ ރޭ ހުޅުމާލޭ ފޭސް 2 ގައި ހިނގި ސައިކަލް އެކްސިޑެންޓުގައި ޒަޚަމްވި ލ. ކަޅައިދޫ ޕެންޒީމާގޭ މުހައްމަދު ނިޒާމްގެ އާާއިލާއިން ވަނީ އާއްމުންގެ އެހީތެރިކަމަށްވެސް އެދިފައެވެ. ބާރު ސްޕީޑެއްގައި ދުއްވާފައި ދަނިކޮށް، މަގު ބަންދުކުރަން ހުރަސްކޮށްފައި އޮތް ދަގަނޑު ހޮޅިއެއްގައި ޖެހިގެން ނިޒާމްގެ މޫނު ވަނީ ވަރަށް ބޮޑަށް ޒަހަމްވެފަ އެވެ.

އެކްސިޑެންޓުގައި އޭނާގެ ކޯކަށިގަނޑާއި ނޭފަތުގެ ކަށިގަނޑުގެ އިތުރުން ނިތްކުރިމަތިން، ކަށިގަނޑާއެކު ވަނީ ފަޅައިގެން ގޮސްފަ އެވެ. އަދި ލޯމަތިން ވެސް ފަޅައިގެން ގޮސް، ލޮލަށް ބޮޑެތި ގެއްލުންތަކެއް ލިބުނެވެ.

އޭނާއަށް ޓްރީ ޓޮޕްގެ އައިސީޔޫގައި ހަފުތާއެއްހާ ދުވަހު އެޑްމިޓްކޮށް މިދިޔަ ބުރާސްފަތި ދުވަހު ދޫކޮށްލަން ބެލިއިރު،އޮތީ ހޮސްޕިޓަލުގެ ބިލަށް 350،000 ރުފިޔާ އަރައިފައެވެ. އާއިލާއިން ރާއްޖެއެމްވިއަށް މައުލޫމާތު ދެމުން ބުނީ، އާސަންދަ އިން ލިބުނީ 18،000 ރުފިޔާ ކަމަށެވެ. އެންސްޕާއިން އެއްވެސް އެހީއެއް ނުލިބެއެވެ. އެކަމަކު އިންޝުއަރެންސް ކަވަރު ކޮށްފައި އޮތުމުންނާއި ރަހުމަތްތެރިންގެ އެހީގައި އެ އާއިލާ އިން ވަނީ ބިލްގެ ތިން ބައިކުޅަ ދެ ބަޔަށްވާ ފައިސާ ހަމަކޮށްފަ އެވެ. ނިޒާމްގެ ބިލަށް ޓްރީ ޓޮޕް ހޮސްޕިޓަލުން 30 ޕަސެންޓުގެ ޑިސްކައުންޓެއް ދިންކަމަށް އާއިލާއިން ބުންޏެވެ.

އާއިލާއިން ބުނާގޮތުގައި މިހާރު ބޭނުންވަނީ 111،000 ރުފިޔާއެވެ. އެކަަމަކުވެސް ހޮސްޕިޓަލުގައި އޮންނަ ކޮންމެ ދުވަހަކަށް 1،800 ރުފިޔާ އަރަމުންދާކަމަށް އާއިލާއިން ބުނެއެވެ.

ނިޒާމް އެކްސިޑެންޓް ވީ ހުޅުމާލޭގެ ދެ ވަނަ ފިޔަވަހީގައި ހިއްކާފައިވާ ސަރަހައްދުން ދުއްވާފައި ދަނިކޮށެވެ.

ހުޅުމާލޭގައި ދާދި ފަހުންވެސް ވަނީ ނުރައްކާތެރި އެކްސިޑެެއްޓެއް ހިނގާ ޒުވާނަކު މަރުވެފައެވެ.

 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް
17 ޖޫން 2018 | އާދީއްތަ 03:28
rekibeyya
ތީ ދިވެހިން ބޭރު ގައުމުތަކަށް ނުގޮސް މަތީފެންވަރުގެ ބޭސް ފަރުވާ ކޮށްދޭން ހުޅުވި ތަނެކޯ ތި 22700 ޑޮލަރު ހިފައިގެން ސިންޕޫރަށް ގޮސް ތިވަރުގެ ފަރުވާއެއް ހޯދިދާނެ ފުކެއްބޮޑުވަރު މީހުން ފެލަން އުޅުނަސް
16 ޖޫން 2018 | ހޮނިހިރު 20:16
Laala
Laari nudhahka kuraa beys faruvaa kamaku nudhey. Laari dhahkaigen kuran veema hiyy hama eh nujehey. Enmen ves laari nudhahka IGMH in, counter kudhinnah biru dhahkaigen halhey lavaigen doctorah dhahkan vany. Admit kohfiyya naruhunnah halhey lavan vaane. Rangalhu nuviyya doctor ah halhey lavan vaane. Eheyo resort owner akas, Malé gedhoru huri muhsanjakas. Hama laari nudhahka IGMH in testeh hedhiyas hadhaani. Dhen ulhey baeh meehun meehaku thaaku hospital eh alhaifiyya ethanakah boa kohpan vaane. Jeebun laari eh gosgen nuvey ekamu 1 vana beys faruvaa beynun vaani. TreeTop ge niche akee elite upper class nooniyya executives ey. Aadhaige dhivehinneh nooney. Laari dhahkan beynun nooniyya dheybala IGMH ah. Gossa halheylavaigen doctor ah dhahkabala. Kihaa dhera kameh dhen me.