ކ. މާލެ
|
16 ޖޫން 2018 | ހޮނިހިރު 10:43
ދެ ގައުމުގެ މަޝްވަރާއަށް ފަހު ކިމް އާއި ޓްރަމްޕް ހިނގާލަނީ
ދެ ގައުމުގެ މަޝްވަރާއަށް ފަހު ކިމް އާއި ޓްރަމްޕް ހިނގާލަނީ
އޭޕީ
ކިމްއާއި ޓުރަމްޕް
މިހާރު އެމެރިކާގެ ރައީސަށް ސީދާ އުތުރު ކޮރެއާ އިން ގުޅާލެވޭނެ!
ނަންބަރު ދިނީ ދެ ގައުމުގެ ދެމެދުގައި މަޝްވަރާ ކުރަން
އާދިއްތަ ދުވަހު އުތުރު ކޮރެއާއަށް ގުޅާނަން

އަމިއްލަ ނަންބަރު އުތުރު ކޮރެއާއަށް ދީފައި ކަމަށް ނޫސްވެރިންނާ ވާހަކަ ދައްކަމުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.

އުތުރު ކޮރެއާގެ ލީޑަރާ ބައްދަލު ކުރުމަށް ފަހު ޓްރަމްޕް ނޫސްވެރިންނާ ވާހަކަ ދައްކަމުން ވިދާޅުވީ އުތުރު ކޮރެއާއަށް އަމިއްލަ ނަންބަރު ދީފައިވާ ކަމަށާއި އާދީއްތަ ދުވަހު އުތުރު ކޮރެއާ އަށް ގުޅަން ގަސްތު ކުރާ ކަމަށެވެ. އެހެން ނަމަވެސް ވާހަކަ ދައްކަން އުޅެނީ ކާކަށް ކަމެއް ނުބުނެއެވެ.

އުތުރު ކޮރެއާ އެކު ކުރިއަށް ދިޔަ ބައްދަލުވުންތައް ކާމިޔާބު ކަމަށާއި ނިއުކްލިއަރ ހަތިޔާރުގެ ނުރައްކަލުން އެމެރިކާ ސަލާމަތުގެ އައްސޭރިފަށަށް އައިސްފައި ކަމުގެ ޔަގީންކަން ދީފައިވާ ޓުރަމްޕް ވަނީ، އަމިއްލަ ނަމްބަރު އުތުރު ކޮރެއާއަށް ދިން ސަބަބު ކިޔައިދެއްވައިފައެވެ. ޓުރަމްޕް ވިދާޅުވީ އެނަމްބަރު ދީފައި ވަނީ ދެ ގައުމުގެ އިސްވެރިންގެ ދެމެދުގައި މުހިއްމު ވާހަކަ ދެއްކުމަށާއި މައްސަލަތައް ހައްލު ކުރުމުގެ ނިޔަތުގައި ކަމަށެވެ.

އުތުރު ކޮރެއާއަށް ގުޅައިގެން ވާހަކަ ދައްކަވަނީ ކާކާތޯ ނޫސްވެރިއަކު އެއްސެވުމުން ޓުރަމްޕް ވިދާޅުވީ ވާހަކަ ދައްކާނީ އުތުރު ކޮރެއާގެ ރައްޔިތުންނާއި، އެ ގައުމުގައި އުޅޭ އެމެރިކާގެ ރައްޔިތުންނަށް ކަމަށެވެ. އެހެން ނަމަވެސް އަސްލު ވާހަކަ ދައްކަން ހަމަޖެހިފައި މީހާގެ ނަމެއް ޓުރަމްޕް ހާމައެއް ނުކުރެއެވެ.

ޓުރަމްޕާއި ކިމް ޖޮންގް އުން ވަނީ ސިންގަޕޫރުގައި ބޭއްވި ސަމިޓަށް ފަހު ވެވުނު އެއްބަސް ވުމަށް އަމަލު ކުރުމަށް ވައުދު ވެވަޑައިގެންފައެވެ. އުތުރު ކޮރެއާ އިން ނިއުކްލިއަރ ހަތިޔާރު ނައްތާލަން ވައުދު ވީއިރު، އެމެރިކާ އިން ވަނީ އެގައުމަށް ހިމާޔަތާއި ރައްކާތެރިކަން ދޭނެ ކަމުގެ ޔަގީން ކަން ދީފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް