ކ. މާލެ
|
16 ޖޫން 2018 | ހޮނިހިރު 10:38
މެނަފޯޓްގެ މައްޗަށް ވަނީ ހެއްކަށް ނުފޫޒުފޯރުވަން އުޅުނު ކަމަށް ތުހުމަތުކުރެވިފައި
މެނަފޯޓްގެ މައްޗަށް ވަނީ ހެއްކަށް ނުފޫޒުފޯރުވަން އުޅުނު ކަމަށް ތުހުމަތުކުރެވިފައި
އޭއެފްޕީ/ގެޓީ
އެމެރިކާގެ ރިޔާސީ އިންތިހާބު
ރައީސް ޓްރަމްޕްގެ ކުރީގެ ކެމްޕެއިން ޗެއަރމަން ޖަލަށްލުމަށް އަމުރުކޮށްފި
މިއީ ވަރަށް ބޮޑު ބޭއިންސާފެއް: ޓްރަމްޕް
މެނަފޯޓް ކުރިން ހުރީ ގޭ ބަންދުގައި

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ކެމްޕެއިން ޗެއަރމަންގެ ގޭ ބަންދު މައްސަލަ މުރާޖައާކޮށް، ޝަރީއަތް ފެށެންދެން އޭނާ ޖަލަށް ލުމަށް އެމެރިކާގެ ފަނޑިޔާރަކު އަމުރުކޮށްފިއެވެ.

ޕޯލް މެނަފޯޓް ޖަލު ބަންދަށް ބަދަލުކުރަން އެންގީ އަދަލު އިންސާފު ގާއިމްކުރުމަށް ހުރަސްއެޅިކަމަށް ސްޕެޝަލް ކައުންސެލް ރޮބަރޓް މުލަރ މިދިޔަ ހަފްތާގައި ހުށަހެޅި އާ މައްސަލައަކާ ގުޅިގެން ހުކުރު ދުވަހުއެވެ.

މެނަފޯޓްގެ މައްޗަށް ވަނީ މަނީ ލޯންޑްރިންނާއި، ބޭންކް ފްރޯޑާއި، ގާނޫނާ ޚިލާފަށް ނުފޫޒު ފޯރުވައިގެން ތާއީދު ހޯދުމަށް މަސައްކަތްކުރިކަމުގެ ގިނަ ދައުވާތަކެއް ކޮށްފައެވެ.

އެމެރިކާގައި 2016 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިޚާބަށް ރަޝިއާ އިން ނުފޫޒުފޯރުވި ކަމަށް ތުހުމަތުކުރެވިފައިވާ މައްސަލައިގައި މުލަރ ކުރައްވަމުން ގެންދަވާ ތަހުގީގުގައި އެންމެ ފުރަތަމަ ދައުވާ އުފުލުނު އެކަކީ މެނަފޯޓްއެވެ.

މެނަފޯޓް ވަނީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު އަމިއްލައަށް އެފްބީއަށް ހާޒިރުވެފައެވެ. އޭގެ ފަހުން އޭނާ ހުންނަނީ 10 މިލިއަން ޑޮލަރުގެ ބޮންޑެއްގެ ދަށުން ގޭ ބަންދުގައެވެ.

މެނަފޯޓް ވަނީ ހެކީންނަށް ގުޅައި މެސެޖްކޮށް އެއްކޮޅަށް ދޮގުހެކި ދިނުމަށް މަސައްކަތްކޮށްފައި ކަމަށް މިދިޔަ ހަފްތާގައި މުލަރ ނެރުއްވާފައިވާ ގަރާރެއްގައިވެއެވެ. އެ ކަމަކީ ކަފާލާތުގެ އުސޫލުތަކާއި އޭނާ ޚިލާފުވުން ކަމަށް ވެސް މުލަރގެ ގަރާރުގައިވެއެވެ.

"އަޅުގަނޑަކަށް ނުހުރެވޭނެ ނުފެންނަ ކަމަށް ހަދައިގެން" އެމެރިކާގެ ޑިސްޓްރިކްޓް ޖަޖް އެމީ ބަރމަން ޖެކްސަން ހުކުރު ދުވަހު ވިދާޅުވެފައިވެއެވެ. "ކަލޭ ތިވަނީ ކަލެއަށް ކުރި އިތުބާރުގެ ނާޖާއިޒު ފައިދާ ނަގާފައި."

 ރައީސް ޓްރަމްޕް ވަނީ އެ ނިންމެވުމަކީ "ވަރަށް ބޭއިންސާފު" ނިންމެވުމެއް ކަމަށް ވިދާޅުވެ ޓްވީޓް ކުރައްވާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް