ކ. މާލެ
|
15 ޖޫން 2018 | ހުކުރު 02:43
ދިވެހިރާއްޖޭގެ ވަފުދު ޖަޕާނުގެ ފޮރިން މިނިސްޓްރީގެ ވަފުދާ ބައްދަލު ކުރަނީ
ދިވެހިރާއްޖޭގެ ވަފުދު ޖަޕާނުގެ ފޮރިން މިނިސްޓްރީގެ ވަފުދާ ބައްދަލު ކުރަނީ
ޓްވިޓަރ
ޖަޕާން-ރާއްޖެ
ޕޮލިސީތަކާ ބެހޭ ގޮތުން ފުރަތަމަ ފަހަރަށް ޖަޕާނާއި ދިވެހިރާއްޖެ މަޝްވަރާ ކޮށްފި
ދެ ގައުމުގެ މަސްލަހަތު އޮންނަ ކަންކަމުގެ ވާހަކަ ވަނީ ދައްކާފައި

ޕޮލިސީތަކާ ބެހޭ ގޮތުން ފުރަތަމަ ފަހަރަށް ޖަޕާނާއި ދިވެހިރާއްޖޭގެ ފޮރިން މިނިސްޓްރީން މަޝްވަރާ ކޮށްފިއެވެ.

މިއީ ރާއްޖޭގެ ހަޔާތުގައި ވެސް ޕޮލިސީތަކާ ބެހޭ ގޮތުން ޖަޕާނުގެ ސަރުކާރާއެކު ދިވެހިރާއްޖެއިން މަޝްވަރާ ކުރި ފުރަތަމަ ފަހަރެވެ.

ބުރާސްފަތި ދުވަހު ޖަޕާނުގެ ފޮރިން މިނިސްޓްރީގައި ބޭއްވި ބައްދަލުވުމުގައި ދެ ގައުމުން ވެސް ވަނީ ދެ ގައުމުގެ މަސްލަހަތު ހިމެނޭ ކަންކަމުގައި ގުޅިގެން ކުރިއަށް ދިއުމަށް މަޝްވަރާ ކޮށްފައެވެ. އޭގެ ތެރޭގައި އުމްރާނީ މަޝްރޫއުތަކާއި ތިމާވެށީގެ މައްސަލަތަކާއި ފަތުރުވެރިކަމާއި އެކިއެކި އިންވެސްޓްމެންޓްތައް ވެސް ހިމެނެއެވެ. އޭގެ އިތުރުން ބައްދަލުވުމުގައި ވަނީ ޖަޕާނުގެ ސަރުކާރުގެ އެހީގެ ދަށުން (ޚަރަދުތައް ދީގެން) ހިންގާ މަޝްރޫތަކަށް އަލި އަޅުވާލާފައެވެ.

ޖަޕާނުގެ ފޮރިން މިނިސްޓްރީއާ ބައްދަލުކުރެއްވި ރާއްޖޭގެ ވަފުދުގެ އިސްވެރިއަކަށް ހުންނެވީ ފޮރިން މިނިސްޓްރީގެ ސެކްރެޓެރީ ބައިލޭޓެރަލް އަހްމަދް ޚަލީލްއެވެ. އެ ބޭފުޅާއާއެކު ޖަޕާނަށް ކަޑައަޅާފައި ހުންނަވާ އެމްބެސެޑަރ އިބްރާހިމް އުވެއިސްއާއި، ޑިރެކްޓަރ އަހްމަދު ފަޒީލް އަދި ޖަޕާނުގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީގެ ފުރަތަމަ އަދި ދެވަނަ ސެކްރެޓަރީ ވަނީ އެ ވަފުދުގައި ބައިވެރިވެވަޑައިގެންފައެވެ. ޖަޕާނުގެ ވަފުދުގެ އިސް ވެރިއަކަށް ހުންނެވީ އެ ގައުމުގެ ފޮރިން މިނިސްޓްރީގެ ޑިރެކްޓަރ ޖެނެރަލް ޒަޓް ޒިކީއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދު ސާއިފް ޝިޔާދް
- ކޮމެންޓް