ކ. މާލެ
|
14 ޖޫން 2018 | ބުރާސްފަތި 10:51
އުރުދުންގެ ރަސްގެފާނު އަބްދުﷲ ދެވަނަ އާއި ގަތަރުގެ ޚާރިޖީވަޒީރު ޝެއިޚް މުހައްމަދު ބިން އަބްދުރައްހްމާނު އަލް ޘާނީއާ އައްމާންގައި ބައްދަލުކުރައްވަނީ
އުރުދުންގެ ރަސްގެފާނު އަބްދުﷲ ދެވަނަ އާއި ގަތަރުގެ ޚާރިޖީވަޒީރު ޝެއިޚް މުހައްމަދު ބިން އަބްދުރައްހްމާނު އަލް ޘާނީއާ އައްމާންގައި ބައްދަލުކުރައްވަނީ
އަލްޖަޒީރާ
އުރުދުންގެ މުޒާހަރާ
ގަތަރުން އުރުދުން އަށް 500 މިލިއަން ޑޮލަރުގެ އެހީ ދޭން ވައުދުވެއްޖެ
ގަލްފުގެ ގައުމުތަކުން އުރުދުންގެ ރައްޔިތުންނަށް 10،000 ވަޒީފާ ހުޅުވާލާނެ
އިންފްރާ ސްޓްރަކްޗަރ އަދި ފަތުރުވެރިކަމަށް އިންވެސްޓްްކުރެވޭނެ

އުރުދުންގައި 500 މިލިއަން އެމެރިކާ ޑޮލަރު އިންވެސްޓްކުރާނެ ކަމަށް ގަތަރުން ބުދަދުވަހު ބުނެފިއެވެ. އެގައުމުން އެކަން ހާމަކޮށްފައި ވަނީ ކުވެއިތާއި، ޔުނައިޓެޑް އަރަބް އެމިރޭޓްސް އާއި ސައުދީ އަރަބިއްޔާއިން 2.5 ބިލިއަން ޑޮލަރުގެ އެހީ އުރުދުންއަށް ދޭނެ ކަމަށް ބުނިތާ ދެ ދުވަހެއްގެ ތެރޭގައެވެ.

ގަތަރުން އުރުދުންގައި އިންވެސްޓްކުރާނެކަން ހާމަކުރީ އުރުދުންގެ ރަސްގެފާނު އަބްދުﷲ ދެވަނަ އާއި ގަތަރުގެ ޚާރިޖީވަޒީރު ޝެއިޚް މުހައްމަދު ބިން އަބްދުރައްހްމާނު އަލް ޘާނީއާ އައްމާންގައި ބޭއްވި ބައްދަލުކުރެއްވުމެއްގައެވެ.

މި ޕެކޭޖުގެ ތެރޭގައި ގަލްފުގެ ގައުމުތަކުން އުރުދުންގެ ރައްޔިތުންނަށް 10،000 ވަޒީފާ ހުޅުވާލުމާއި، އުރުދުންގެ އިންފްރާ ސްޓްރަކްޗަރ އަދި ފަތުރުވެރި ކަމަށް އިންވެސްޓްކުރުން ހިމެނެއެވެ.

ކުވެއިތާއި، ޔުނައިޓެޑް އަރަބް އެމިރޭޓްސް އާއި ސައުދީ އަރަބިއްޔާ އިން އުރުދުންއަށް ދިނުމަށް ނިންމި އެހީއަކީ ސީދާ ބަޖެޓް ސަޕޯޓްގެ ގޮތުގައި އެ ގައުމަށް ލިބޭނެ ފައިސާއެވެ. އެ ފައިސާ އުރުދުންގެ މަރުކަޒީ ބޭންކަށް ޖަމާކުރެވިގެންދާއިރު އެ ފައިސާއަކީ ވަރލްޑް ބޭންކްގެ ލޯނުގެ ގެރެންޓީއެއްގެ ގޮތުގައި ސީދާ ފައިސާ އިން ޑިޕޮސިޓް ކުރެވޭ އަދި ބައެއް ޕްރޮޖެކްޓްތަކަށް ފައިނޭންސް ކޮށްދޭ އެހީއެކެވެ.

އުރުދުންގެ އިޤުތިޞާދީ ސިޔާސަތުތަކަށް ބަދަލުގެނެސް، ފިޔަވަޅުތަކެއް އަޅަން މަޖުބޫރުވެފައި ވަނީ 2016 ވަނަ އަހަރު އިންޓަރނޭޝަނަލް މަނިޓަރީ ފަންޑުން އެ ޤައުމުން ހޯދި ތިން އަހަރު ދުވަހުގެ ކްރެޑިޓް ލައިންގެ ސަބަބުންނެވެ. އެ ކްރެޑިޓް ލައިންގެ އަގު 723 މިލިއަން އެމެރިކާ ޑޮލަރަށް އަރައެވެ.

އުރުދުންއަކީ ޒަމާނުއްސުރެ އިޤުތިޞާދީ ގޮތުން ހީނަރު، އަދި ބޭރުގެ އެހީއަށް ބަރޯސާވަމުންދާ ޤައުމެކެވެ. އޭގެ ސަބަބުން އެ ޤައުމުގައި އެކި ދުވަސްވަރު ނިންމާފައިވާ އިޤުތިޞާދީ އެކި ނިންމުންތަކަށް ރައްޔިތުން ވަނީ ދެކޮޅުހަދާފައެވެ.

އެގޮތުން 37 ބިލިއަން އެމެރިކާ ޑޮލަރު (ޖީޑީޕީގެ 95 އިންސައްތަ) އަށް އަރާފައިވާ އުރުދުންގެ ދައުލަތުގެ ދަރަނި އަދާކުރުމަށް، އިޤުތިޞާދީ ސިޔާސަތަށް ގެންނަ ބަދަލުތަކުގެ ތެރެއިން ތަކެތީގެ އަގު މަތިވެ، ސޭލްސް ޓްކްސް އިތުރުވެގެންގޮސްފައިވާ މައްސަލައިގައި ވެސް ރައްޔިތުން ވަނީ ނުރުހުން ފާޅުކޮށްފައެވެ.

ދި އިކޮނޮމިސްޓް މަޖައްލާ އިން ދާދި ފަހުން ޝާއިޢުކުރި ރިޕޯޓެއްގައި ވާގޮތުގައި އައްމާނަކީ މުޅި އަރަބި ދުނިޔޭގައި ވެސް ދިރިއުޅުމުގެ އަގު އެންމެ މަތީ ސަހަރެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް