ކ. މާލެ
|
14 ޖޫން 2018 | ބުރާސްފަތި 10:58
ޑައިރީގައި ވަނީ އޭޝި އާއި މެދުއިރުމަތިން އޭނާއަށްކުރެވުނު ދަތުރުގެ ތަޖުރިބާ
ޑައިރީގައި ވަނީ އޭޝި އާއި މެދުއިރުމަތިން އޭނާއަށްކުރެވުނު ދަތުރުގެ ތަޖުރިބާ
ސީ.އެން.އެން
އަލްބަރޓް އައިންސްޓައިން
އައިންސްޓައިންގެ ދަތުރުނާމާ އިން އޭނާ ނަސްލީ އިމްތިޔާޒްު ގެންގުޅުނުކަން ހާމަވެއްޖެ
ޑައިރީއަކީ އޮކްޓޯބަރ 1922 އާއި މާޗް 1923 އާ ދެމެދުގެ ޑައިރީ

އަލްބަރޓް އައިންސްޓައިންގެ އަލަށް ޕަބްލިޝްކުރި ޓްރެވެލް ޑައިރީތަކުން އޭނާގެ ނަސްލީ ތަފާތުކުރުމާއި ގައުމުތަކާ މެދު ތަފާތުކުރާ މިންވަރު އެނގިގެން ހިގައްޖެއެވެ.

އޮކްޓޯބަރ 1922 އާއި މާޗް 1923 އާ ދެމެދުގެ ޑައިރީގައި ވަނީ އޭޝިއާ އާއި މެދުއިރުމަތިން އޭނާއަށް ކުރެވުނު ތަޖުރިބާއެވެ.

އައިންސްޓައިން ދަތުރުކޮށްފައި ވަނީ ސްޕެއިނުން މެދުއިރުމައްޗަށް އަދި ސްރީ ލަންކާ މަގުން ޗައިނާ އާއި ޖަޕާނަށެވެ.

އޭގައި އޭނާ ވަނީ ކުޑަ ނަމޫނާއެއްގެ މައްޗަށް ބަލައި އާއްމު ނިންމުމެއް ނިންމާފައެވެ. މިސާލެއްގެ ގޮތުން ޗައިނާގެ ރައްޔިތުންނަކީ މަސައްކަތަށް މަރުދޭ، މުޑުދާރު، ގަމާރު ބައެއްގެ ގޮތުގައި ސިފަކޮށްފައިވެއެވެ.

އައިންސްޓައިން ވަނީ އޭނާގެ އުމުރުގެ ފަހުކޮޅުގައި ނަސްލީ ތަފާތުކުރުމަކީ "ދޮން މީހުންގެ ބައްޔެއް ކަމަށް ބުނެ" އެމެރިކާގައި މަދަނީ ހައްގުތަކަށް ވަކާލާތުކޮށްފައެވެ.

މިއީ އިނގިރޭސިބަހުން  އައިންސްޓައިންގެ ޑައިރީ ވަކިން ނެރުނު ފުރަތަމަ ފަހަރެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް