ބޭނުންވާ ތަކެތި

  1. 100ގ. މުގު
  2. އަށް ބިސް
  3. ދެ ސައިސަމުސާ ކޯން ފްލަރ
  4. އެއް ސައިސަމުސާ ހަކުރު
  5. އެއް ދަޅު ގެރިކިރު

ތައްޔާރުކުރާނެ ގޮތް

ފުރަތަމަ މުގު ފެނުކައްކާލާށެވެ. މުގުތައް އެއްކޮށް މަޑުވެ ޗަސްވަންދެން ކައްކަންވާނެއެވެ. މުގު މަޑުވުމުން ބިހާ، ގެރިކިރާ، ހަކުރު، ކޯންފްލަރ އަޅާލުމަށްފަހު ރަނގަޅަށް މިކްސަރުން ގިރާލާށެވެ. ކޯންފްލަރގެ ބަދަލުގައި އާދައިގެ ފުށްވެސް ބޭނުން ކުރެވިދާނެއެވެ. އެއަށްފަހު ފިހެލާށެވެ. ފިހެ ނިމުމުން ބޯކިބާ ހުންނާނީ ވަރަށް މަޑުކޮށްގެންނެވެ.

- ކޮމެންޓް