ކ. މާލެ
|
13 ޖޫން 2018 | ބުދަ 08:26
ހަނދާއެކު އުޑުމަތި ދައްކުވައިދޭ މަންޒަރެއް
ހަނދާއެކު އުޑުމަތި ދައްކުވައިދޭ މަންޒަރެއް
ޝަޓާ ސްޓޮކް
ހަނދު ބެލުން
ހަނދު ބެލުމުގައި އެހީވެދިނުމަށް ސައުދީގެ ސްޕްރީމް ކޯޓުން ރައްޔިތުންގެ ކިބައިން އެދިއްޖެ
ރޯދަ މަހު 29 ވަނަ ދުވަހު ހަނދު ފެނޭތޯ ބަލައިދޭން ވަނީ އެދިފައި
ހަނދު ފެނިއްޖެނަމަ ވީހާވެސް އަވަހަކަށް އެކަން އެންގުމަށް ވަނީ އެދިފައި

ރޯދަ މަސް ނިމޭނެ ދުވަސް ކަނޑަ އެޅުމަށްޓަކައި ހަނދު ފެނޭތޯ ބަލައިދިނުމަށް ސައުދީ އަރަބިއްޔާގެ ސުޕްރީމް ކޯޓުން އެ ގައުމުގެ ރައްޔިތުންގެ ކިބައިން އެދިއްޖެއެވެ. ސައުދި އަރަބިއްޔާއިން ވަނީ ރައްޔިތުންގެ ކިބައިން ރޯދަ މަހުގެ 29 ވަނަ ދުވަހު ހަނދު ފެނޭތޯ ބަލައި ދިނުމަށް އެދިފައެވެ. ހަނދު ފެނިއްޖަ ނަމަ ވީހާވެސް އަވަހަކަށް އެންމެ ކައިރީގައި ހުރި ކޯޓަށް އެކަން އެންގުމަށް ވެސް ވަނީ އެދިފައެވެ.

ރޯދަ މަހުގެ 29 ވަނަ ދުވަހު ހަނދު ފެނިއްޖެ ނަމަ އޭގެ އަނެއް ދުވަހަކީ ފިތުރު އީދު ދުވަހެވެ. އެހެންނަމަވެސް 29 ވަނަ ދުވަހު ހަނދު ނުފެނިއްޖެ ނަމަ، ފިތުރު އީދު އަންނާނީ އިތުރު އެއް ދުވަސް ރޯދަ ހިފުމަށް ފަހުއެވެ. އެހެން ކަމުން ރޯދަ މަސް ނިމޭނެ ތާރީޚު ބެލުމަށްޓަކައި ދުނިޔޭގެ ހުރިހާ މުސްލިމުން ވެސް ދަނީ ރޯދަ މަހުން 29 ވަނަ ދުވަހަށް ފާރަލުމަށް ތައްޔާރު ވަމުންނެވެ.

ހަނދު ފެނޭތޯ ބަލަން ޝައުގު ވެރިކަން ހުންނަ މީހުން، އެކި ސަރަހައްދުތަކުގައި ހަނދު ފެނޭތޯ ބަލަން އިންތިޒާމް ކޮށްފައި ހުރި ކޮމިޓީތަކުގައި ބައިވެރިވެވޭނެ ކަމަށް ސައުދީގެ ސުޕްރީމް ކޯޓުން ބުނެއެވެ.

ސައުދީގައި ދުނިޔެއިން ބޭރުގެ ދިރާސާ ކުރައްވާ ބޭފުޅުން ވިދާޅުވީ ބެލެވޭ ގޮތުގައި ސައުދީއަށް ހަނދު ފެންނާނީ ރޯދަ މަހުގެ 30 ވަނަ ދުވަހުއެވެ. އަދި ބުނީ ހަނދު ފެންނަން ފަށާނީ އިރު އޮއްސެން 42 މިނިޓަށް ވެފައި ހުންނަ އިރު ކަމަށާއި އުޑުމަތި ސާފުނަމަ އިރު އޮއްސުމާއެކު ވަރަށް ރީއްޗަށް ހަނދު ފެންނާނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް