ކ. މާލެ
|
12 ޖޫން 2018 | އަންގާރަ 16:19
މަޝްވަރާތަކަށް ފަހު ޓްރަމްޕް އަދި ކިމް ފޮޓޯއަކަށް ހުއްޓިވަޑައިގެން
މަޝްވަރާތަކަށް ފަހު ޓްރަމްޕް އަދި ކިމް ފޮޓޯއަކަށް ހުއްޓިވަޑައިގެން
ވޯލް ސްޓްރީޓް ޖާނަލް
ސިންގަޕޯރ ސަމިޓް
ޓްރަމްޕްގެ ވާހަކަތަކާއިއެކު ދެކުނު ކޮރެއާ ވާނުވާގައި!
ދެކޮރެއާ ބޯޑަރުން އެމެރިކާ ސިފައިން ބޭލުމަކީ ދެކުނު ކޮރެއާ އިން ރުހޭ ކަމެއް ނޫން

އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮން އުންއާ އެކު އަންގާރަ ދުވަހު ސިންގަޕޫރުގައި ބޭއްވި ބައްދަލުވުމަށް ފަހު ނޫސްވެރިންނާއި ބައްދަލުކުރައްވައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދެއްކެވި ވާހަކަފުޅުތަކުގެ އިތުރު ތަފްޞީލް ބޭނުންވާ ކަމަށް ދެކުނު ކޮރެއާ އިން ބުނެފިއެވެ.

ދެކުނު ކޮރެއާގެ ރިޔާސީ ގަނޑުވަރު ބްލޫ ހައުސްގެ ތަރުޖަމާނު ވިދާޅުވީ ދެކުނު ކޮރެއާ ސިފައިންނާއި އެމެރިކާ ސިފައިން ގުޅިގެން ހިންގާ ތަމްރީންތައް ހުއްޓާލާނެ ކަމަށް ޓްރަމްޕް ވިދާޅުވި ވިދާޅުވުމުގެ އިތުރު ތަފްޞީލް ބޭނުންވާ ކަމަށެވެ. 

ދެކޮރެއާ ގުޅޭ ސަރަހައްދީ އިމުގައި ޤާއިމްވެ ތިބި އެމެރިކާ ސިފައިން ކޮރެއާ އިން ބޭލުމާއި، ދެކުނު ކޮރެއާ އާއި އެމެރިކާ ގުޅިގެން ކުރިއަށްގެންދާ ހަނގުރާމައިގެ ތަމްރީންތައް ހުއްޓާލުމަކީ އުތުރު ކޮރެއާ އިން ޑިމާންޑްކުރާ ކަންތައްތަކެވެ. ބަދަލުގައި އުތުރު ކޮރެއާ އިން ހުށަހެޅީ އެޤައުމުގެ ނިއުކްލިއަރ ޕްރޮގްރާމް ހުއްޓާލުމަށާއި، ކޮރެއާ ޕެނިންސިއުލަރއަކީ ނިއުކްލިއަރ ހަތިޔާރު ނެތް ސަރަހައްދަކަށް ހެދުމަށެވެ. 

ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ޓްރަމްޕް ވިދާޅުވީ ކިމްއާ އެކު ދެކެވުނު ވާހަކަތަކުގެ ތަފްޞީލް ދެކުނު ކޮރެއާގެ ރައީސް މޫން ޖެއި-އިން އަށް ފޮނުވާފައި ވާކަމަށެވެ. އަދި އުތުރު ކޮރެއާގެ މައްސަލައިގައި ދެކުނު ކޮރެއާ އާއި ޗައިނާގެ ބައިވެރިވުން އޮންނަން ބޭނުންފުޅުވާކަމަށް ޓްރަމްޕް ވިދާޅުވިއެވެ. 

ދެކުނު ކޮރެއާގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގައި އެޤައުމުގައި ޤާއިމްވެ ތިބޭ އެމެރިކާ ސިފައިން މުހިއްމު ދައުރެއް އަދާކުރެއެވެ. އަދި އެމައްސަލައަކީ އުތުރުކޮރެއާ އިން އަބަދުވެސް ކަންބޮޑުވުން ފާޅުކުރާ މައްސަލައެކެވެ. ޚާއްސަކޮށް ދެކުނު ކޮރެއާ އާއި އެމެރިކާ ސިފައިން ގުޅިގެން ތަމްރީންތައް ބާއްވާ ދުވަސްތަކަކީ ކޮރެއާ ޕެނިންސިއުލަރގެ މަސްރަހު ވަރަށް ބޮޑަށް ހޫނުވެގެންދާ ދުވަސްވަރެކެވެ. 

އުތުރު ކޮރެއާ އާއި އެެމެރިކާގެ ލީޑަރުންގެ ބައްދަލުވުމަށް މަގުފަހިކުރުމަށް މެދުވެރިއެއްގެ ރޯލު އަދާކުރީ ދެކުނު ކޮރެއާ އިންނެވެ. އަދި މިދިޔަ މަހުގެ ފަހުކޮޅު މި ބައްދަލުވުން ކެންސަލް ވެއްޖެ ކަމަށް ޓްރަމްޕް އިއުލާންކުރެއްވުމާ އެކު ބައްދަލުވުން އަލުން ބޭއްވޭތޯ އެންމެ ބޮޑަށް މަސައްކަތްކުރީ ވެސް ދެކުނު ކޮރެއާ އިންނެވެ. އެހެން ނަމަވެސް ސިންގަޕޫރުގައި ބޭއްވި ބައްދަލުވުމުގައި ދެކުނު ކޮރެއާ އިން ބައިވެރިއެއް ނުވެއެވެ. ވާހަކަތަކުގައި ރަސްމީކޮށް ބައިވެރިނުވި ނަމަވެސް ދެކުނު ކޮރެއާގެ ޤައުމީ ސަލާމަތާ ބެހޭ ކައުންސިލްގެ އިސް ބޭފުޅަކު މި ވާހަކަތަކާ ދިމާކޮށް ސިންގަޕޫރަށް ވަޑައިގަތެވެ. 

ކިމް އާއި ޓްރަމްޕްގެ މި ބައްދަލުވުމަކީ ދެޤައުމުގެ ލީޑަރުންގެ ތާޜީޚީ ފުރަތަމަ ބައްދަލުވުމެވެ. އެހެންނަމަވެސް މި ބައްދަލުވުމަށް ފަހު ދެ ލީޑަރުން ނޫސްވެރިންނާ ބައްދަލުކުރައްވައި ވާހަކަ ދެއްކެވިއިރު އުުތުރު ކޮރެއާގެ ޤައުމީ ޓީވީ އިން ދައްކަމުން ދިޔައީ މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމާ ބެހޭ ކާޓޫނެކެވެ. އަދި އެ އަށް ފަހު މައިންތަކުގައި މަސައްކަތްކުރާ މީހުންގެ އަގު ވަޒަންކުރުމުގެ ގޮތުން ތައްޔާރުކޮށްފައިވާ ލަވައެކެވެ. ކިމް ސިންގަޕޫރަށް ވަޑައިގަތް ފަހުން އުތުރު ކޮރެއާގެ މީޑިއާގެ އެދަތުރުފުޅުގެ މާގިނަ ވާހަކަތަކެއް ނެތެވެ.

ސަމިޓަށް ފަހު ޓްރަމްޕް ފުރާވަޑައިގެންފައިވާއިރު އެމަނިކުފާނު އެންމެ ފުރަތަމަ ވަޑައިގަންނަވާނީ ޕެސިފިކްގައިވާ އެމެރިކާގެ ރަށެއް ކަމަށްވާ ގުއާމްއަށެވެ. އެމެރިކާގެ އަސްކަރީ ގިނަ މަރުކަޒުތަކެއް ޤާއިމްކޮށްފައިވާ ގުއާމްއަކީ މިިދިޔަ އަހަރު އުތުރު ކޮރެއާ އިން ބޮން އަޅާނެކަމުގެ އިންޒާރު ދިން ރަށެކެވެ. 

ގުއާމުން ޓްރަމްޕް ދަތުރުކުރައްވާނީ އެމެރިކާގެ ހަވާއީއަށެވެ. އަދި އެ އަށް ފަހު އަނބުރާ ވޮޝިންޓަނަށް ވަޑައިގަންނަވާނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް