ކ. މާލެ
|
12 ޖޫން 2018 | އަންގާރަ 12:15
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮންގް އުން
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮންގް އުން
ޓްވިޓަރ
ޓްރަމްޕް-ކިމް ސަމިޓް
ަތާރީޚީ ސަމިޓްގައި އެކަކު އަނެކަކަށް ތައުރީފު، ނަމަވެސް އެއްބަސްވި ކަންތައްތައް ހާމައެއް ނުކުރޭ
ބައްދަލުވުން ދިޔައީ ކާމިޔާބުކޮށް ކަމަށް ދެ ގައުމުގެ ވެރިން ވެސް ދަނީ ބުނަމުން

ކޮރެއަން ޕެނިންސިއުލާއިން ނިއުކްލިއާ ހަތިޔާރު ނައްތާލުމަށް ދެ ގައުމުގެ މެދުގައި ބޭއްވި މަޝްވަރާގައި އުތުރު ކޮރެއާގެ ލީޑަރާއެކު ރަގަނޅު ގުޅުމެއް އުފެއްދިއްޖެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ. ކިމް މި ބައްދަލުވުމާއި ބެހޭ ގޮތުން ވިދާޅުވީ މިއީ ސުލްހައިގެ ފެށުން ކަމުގައެވެ.

ދެ ގައުމުގެ ވެރިން އެކަކު އަނެކަކަށް ތައުރީފު ކުރަމުންދާއިރު، އެއްބަސްވީ ކަންކަމަކީ ކޮބައިކަން އަދި ވަނީ އެނގޭގޮތް ނުވެފައެވެ. ހީނަރު ވެފައިވާ  ދެގައުމުގެ ގުޅުން މި ބައްދަލުވުމަށް ފަހު، ޗައިނާއާއި އެމެރިކާގެ ގުޅުން ވަރުގަނދަ ވީ ގޮތަށް ވެއްޖެނަމަ، ކޮރެއަން ޕެނިންސިއުލާއަށް ދިމާވެފައިވާ މައްސަލަ މުޅިން ހައްލު ވާނެކަމަށް ބެލެވެއެވެ. އެމެރިކާއާއެކު ޗައިނާގެ ގުޅުން ވަރުގަނދަވީ ކުރީގެ ރައީސް ރިޗާޑް ނިކްސަން ޗައިނާއަށް ކުރެއްވި ދަތުރުގައި މަޝަވާރާ ކުރެވުނު ކަންތައްތައް ކުރުމުންނެވެ. އެފަހަރު ޗައިނާއިން ވަނީ މުޅި ގައުމުގެ އޮނިގަނޑު އެއްކޮށް ބަދަލު ކޮށްފައެވެ.

ދެ ގައުމުގެ ވެރިން ބައްދަލު ކުރަން އައި އިރު ވެރިން ނުތަނަވަސް ވެފައި ހުރި ކަމުގައި ވީނަމަވެސް މޫނު މަތިން ދައްކާފައި ވަނީ ހިނިތުން ވުމާއި ހަމަޖެހުމެވެ. ގައުމުގެ ދެ ވެރިން ބައްދަލުވުމަށް އައިސްފައި ވަނީ ލިމޮޒިންއެއްގައެވެ. ލިމޮޒިންއިން ފޭބުމަށް ފަހު ވަނީ ކަޕެއްލާ ހޮޓެލާ ދިމާލަށް މިސްރާބު ޖަހާފައެވެ. އެ ވަގުތު އެތަނުގައި ތިބި 2500 އަށް ވުރެ ގިނަ ނޫސްވެރިން ވަނީ މުޅި ދުނިޔެއަށް އެ ކަމުގެ މައުލޫމާތު ވަގުތުން ގެނެސްދީފައެވެ.

ދެ ގައުމުގެ ވެރިން ސަލާމް ކުރެއްވުމަށް ފަހު ވަނީ އެކަހެރިކޮށް ބައްދަލުކުރުމާއި ދިމާލަށް މިސްރާބު ޖަހައިފައެވެ. ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯއިން ފެންނަ ގޮތުގައި އެކަހެރިކޮށް ބައްދަލުކުރާ ތަނަށްދާ މަގު ދައްކަމުން ދިޔައީ ޓްރަމްޕެވެ. ބައްދަލުވުން ނިންމުމަށްފަހުގައި ވަރަށް ރަނގަޅު ގުޅުމެއް އުފެދިއްޖެ ކަމުގެ އިތުރުން ޓްރަމްޕް ވަނީ ބައްދަލުވުން ކުރިއަށް ދިޔަ ގޮތާމެދު ހިތް ހަމަ ޖެހޭ ކަމަށް ބުނެފައެވެ،

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް