ކ. މާލެ
|
12 ޖޫން 2018 | އަންގާރަ 11:02
ގަތަރާއިމެދު ސައުދީ އިސްވެ އޮވެ ގުޅުން ކަނޑާލައި ފިޔަވަޅު އެޅީ 5 ޖޫން 2017ގައި
ގަތަރާއިމެދު ސައުދީ އިސްވެ އޮވެ ގުޅުން ކަނޑާލައި ފިޔަވަޅު އެޅީ 5 ޖޫން 2017ގައި
ސަކްޝީ.ކޮމް
ގަތަރުގެ މައްސަލަ
ޔޫއޭއީގެ މައްސަލަ ހިފައިގެން ގަތަރުން އދގެ ކޯޓަށް
ގަތަރުން ޓެރެރިޒަމަށް ވާގިވެރިވާކަމަށް އެ ގައުމަށް ފިޔަވަޅުއެޅި ގައުމުތަކުން ތުހުމަތުކުރޭ
ގަތަރާއިމެދު ކުރާ ތުހުމަތު އެގައުމުން ދޮގުކުރޭ

ޔުނައިޓެޑް އަރަބް އެމިރޭޓްސްއިން އިންސާނީ ހައްގުތަކާއި ޚިލާފް އަމަލެއް ހިންގާފައިވާކަމަށް ބުނެ އެ ގައުމުގެ މައްސަލަ އިންޓަރނޭޝަނަލް ކޯޓް އޮފް ޖަސްޓިސްއަށް ހުށަހެޅުމަށް ނިންމާފައިވާ ކަމަށް ޤަތަރު ނިއުސް އޭޖެންސީއިން ބުނެފިއެވެ.

ގަތަރުން ހޯމަ ދުވަހު މި ފިޔަވަޅުއަޅާފައި ވަނީ އެ ގައުމުން ޓެރެރިޒަމަށް ވާގިދޭކަމަށް ބުނެ އެ ގައުމާއިއެކު އޮތް ޑިޕްލޮމެޓިކް ގުޅުން ސައުދީ އަރބިއްޔާއާއި، ޔޫއޭއީއާއި ބަހްރެއިނާއި މިސްރުން ކަނޑާލިތާ އަހަރެއް ވީ ފަހުންނެވެ.

އެ ގައުމުތަކުން މިދިޔަ އަހަރުގެ ޖޫން މަހުގެ 5 ވަނަ ދުވަހު ގަތަރާއި ގުޅުން ކަނޑާލާފައިވާއިރު ގަތަރުން އެ ތުހުމަތު ދޮގު ކުރެއެވެ.

އައިސީޖޭއަކީ އދގެ އިންސާފާއިބެހޭ އެންމެ މަތީ ގުނަނެވެ.

ގަތަރާއިމެދު ނަފްރަތު އުފެއްދުމަށް އެގައުމާއި ދެކޮޅަށް އޮންލައިން މީޑިއާ މެދުވެރިކޮށް ކުރިޔަށް ގެންދިޔަ ކެމްޕެއިންގައި ޔޫއޭއީގެ އޮފިޝަލުން ބައިވެރިވެފައިވާ ކަމަށް ވެސް ގަތަރު ނިއުސް އޭޖެންސީގެ ބަޔާނުގައި ބުނެފައިވެއެވެ.

"ޔޫއޭއީއިން އެޅި ޣައިރުގާނޫނީ ފިޔަވަޅުތަކުގެ ސަބަބުން އާއިލާތަށް ބައިބައިވެ، ބެލެނިވެރިންނާއި ކުދިން ވަކިވެ ފިރިންނާއި އަނބިންވަނީ ވެކިވެފައެވެ .އެ އާއިލާތަށް އަލުން ގުޅުން ހައްގު"ޤަތަރުގެ ޚާރިޖީ ވަޒީރު ޝެއިޚް މުހައްމަދު ބިން އަބްދުއްރައްހްމާނު އަލްޘާނީ ވިދާޅުވިއެވެ.

ޔޫއޭއީއިން ހިންގި އަމަލުތައް 2017 ވަނަ އަހަރުގެ ޑިސެމްބަރު މަހު އދގެ އިންސާނީ ހައްގުތަކާއިބެހޭ ވެރިޔާގެ އޮފީހުން ސިފަކޮށްފައިވަނީ"ފުޅާދާއިރާއެއްގައި އަބުރާބެހި ގަތަރާއިމެދު ރުޅިވެރިކަން އުފެއްދުމުގެ ކެމްޕެއިނެއްގެ ގޮތުގަ" އެވެ.

ޤަތަރުގެ ސަރުކާރުން ބުނެފައިވާގޮތުގައި ޔޫއޭއީއިން ވަނި ގަތަރާމެދު ތަފާތުކޮށް ސިލްސިލާ ފިޔަވަޅުތަކެއް އަޅާފައެވެ. އޭގެ ތެރޭގައި ގަތަރުގެ ރައްޔިތުން އެ ގައުމުން ފޮނުވާލުމާއި ،އެ ގައުމުގެ ރައްޔިތުން ޔޫއޭއީއަށް ދިއުމާއި، އެ ގައުމު ހުރަސްކުރުމާއި ،އެ ގައުމުގެ ވައިގެ ސަރަހައްދު މަނާކުރުމާއި އަދި ކަނޑުގެ ބަނދަރުތައް ބޭނުންކުރުން މަނާ ކޮށްފައިވެއެވެ.

ޤަތަރުން ބުނެފައިވަނީ އެ ފިޔަވަޅުތަކަކީ ކޮންވެންޝަން އޮން އެލިމިނޭޝަން އޮފް އޯލް ފޯމްސް އޮފް ރޭޝިއަލް ޑިސްކްރިމިނޭޝަންއާއި ޚިލާފު ކަންކަން ކަމަށެވެ. އަދި ވަކި ގައުމަކަށްވީތީ ތަފާތު ކުރުމެއް ކަމަށް ގަތަރުން ބުނެފައިވާއިރު ދެ ގައުމަކީ ވެސް އެ މުއާހަދާގައި ސޮއިކޮށްފައިވާ ދެ ގައުމެވެ.

ސައުދީ އަރިބިއްޔާއާއި ބަހްރެއިނާއި މިސްރަކީ އެ މުއާހަދާގައި ސޮއިކޮށްފައިވާ ގައުމުތަކެއް ނޫނެވެ.

ޤަތަރުން އެދިފައިވަނީ އެ މުހާދާއަށް ޔޫއޭއީ ތަބާވުމަށާއި މިހާރު އަޅާފައިވާ ފިޔަވަޅުތައް ނައްތާލައި ގަތަރުގެ ރައްޔިތުންގެ ހައްގުތައް އިއާދަ ކޮށްދިނުމަށް އަމުރެއް ކޮށްދިނުމަށެވެ.

އިންސާނީ ހައްގުތަކާއިބެހޭ ބައިނަލްއަގްވާމީ ގާނޫނީވަކީލު، ޓޮބީ ކެޑްމަން އަލްޖަޒީރާގައި ވިދާޅުވެފައި ވަނީ އައިސީޖޭއަށް މައްސަލަ ހުށަހަޅައި ޤަތަރުން ފުރަތަމަ ފިޔަވަޅު އަޅާފައިވާ ކަމަށާއި އެ މަރުހަލާތަކަކީ މަޑުމަޑުންދާ ކަމަކަށްވާއިރު މަސްތަކެއް ނަގާނެ ކަމަށް ބެލެވޭ ކަމަށެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް