ކ. މާލެ
|
11 ޖޫން 2018 | ހޯމަ 08:51
ސަރުކާރުން ބުނީ ބަންދުކުރަނީ ޓަރކިޝް މޮސްކު ކަމަށާއި އަދި އުވާލެވޭ ގުރޫޕަކީ އަރަބް ރިލިޖަސް ކޮމިއުނިޓީކަށް
ސަރުކާރުން ބުނީ ބަންދުކުރަނީ ޓަރކިޝް މޮސްކު ކަމަށާއި އަދި އުވާލެވޭ ގުރޫޕަކީ އަރަބް ރިލިޖަސް ކޮމިއުނިޓީކަށް
ސުޕުނިޓްނިކް އިންޓަނޭޝަނަލް
މިސްކިތްތައް ބަން
އޮސްޓްރިއާގެ މިސްކިތްތައް ބަންދުކުރަން ނިންމުން ކުށްވެރިކޮށްފި
އޮސްޓްރިއާގައި 600،000 އެއްހާ މުސްލިމުން އުޅޭ
ބަންދުކުރަން ނިންމީ ހަތް މިސްކިތެއް

އޮސްޓްރިއާގައި ހަތް މިސްކިތެއް ބަންދުކޮށް އެތައް އިމާމުންނެއް ގައުމުން ފޮނުވާލަން ނިންމާފައިވާކަމަށް ހާމަކުރުމުން އެ ގައުމުގެ މުސްލިމުންގެ ފެޑެރޭޝަން، އައިޖީޖީއައިއޯއީން އެކަން ކުށްވެރިކޮށްފިއެވެ.

އައިޖީޖީއައިއޯއީގެ ރައީސް އިބްރާހިމް އޮލްގުމް އާދީއްތަ ދުވަހު ވިދާޅުވީ ސަރުކާރުން ބޭނުންވަނީ ދީނީ ގްރޫޕްތަކުގެ އަގުވައްޓާލަން ކަމަށެވެ. ސަރުކާރުން އެޅި ފިޔަވަޅުތައް ކުރިއާލާ ހިއްސާކުމެއް ނެތި އެކަން ރަމްޟާން މަހު ތަންފީޒުކޮށް މިސްކިތްތައް ބަންދުކުރުމުން އޭނާ ވަނީ ފާޑުވިދާޅުވެފައެވެ.

ހުކުރު ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޗާންސެލަރ ސެބަސްޓިއަން ކުރްޒް ވިދާޅުވީ ސަރުކާރުން ބަންދުކުރަނީ ޓަރކިޝް މޮސްކު ކަމަށާއި އަދި އުވާލެވޭ ގުރޫޕަކީ އަރަބް ރިލިޖަސް ކޮމިއުނިޓީ ނަމަކަށް ކިޔާ ގްރޫޕެއް ކަމަށެވެ. އެ ގްރޫޕަކީ ހަ މިސްކިތެއް ހިންގާ ގްރޫޕެކެވެ.

އޮސްޓްރިއާގެ ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކަކީ، ދީނީ ޖަމާއަތްތަކުން ފަންޑު ކުރުމާއި އެފަދަ ފަރާތްތަކުގެ އަތުން ފަންޑު ހޯދުން މަނާކޮށް 2015 އަހަރު ވުޖޫދަށް ގެނެވުނު ގާނޫނެއްގެ ދަށުން ހިންގާ ކަންކަމެވެ.

އޮސްޓްރިއާގައި 600،000 އެއްހާ މުސްލިމުން އުޅެމުންދާކަމަށް އަންދާޒާ ކުރެވޭއިރު ގިނަ މީހުންނަކީ ތުރުކީއިން އެ ގައުމަށް ގޮސްފައިވާ މީހުންނެވެ.

ކަލްޗަރ މިނިސްޓަރ ގެއަރްނޮޓް ބުލުމެލް ވިދާޅުވީ ޓަރކިޝް މޮސްކް ބަންދުކުރީ ކަނާތު ފިޔައިގެ ހައްދު ފަހަނައެޅި ހަރަކާތްތަކާއި އޮސްޓްރިއާގެ އިސްލާމިކް ފެއިތު ކޮމިޓީއިން ލައިސަންސްދީފައިނުވާތީ ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް