ކ. މާލެ
|
11 ޖޫން 2018 | ހޯމަ 08:27
ވޯޓްގައި ބޭނުންކުރި ގުދަނުގައި ރޯކޮށްލާފައިވަނިކޮށް ސަލާމަތީ ބާރުތަކުން ވޯޓް ފޮށިތައް ސަލާމަތްކުރަނީ
ވޯޓްގައި ބޭނުންކުރި ގުދަނުގައި ރޯކޮށްލާފައިވަނިކޮށް ސަލާމަތީ ބާރުތަކުން ވޯޓް ފޮށިތައް ސަލާމަތްކުރަނީ
ރޮއިޓަރސް
އިރާގުގެ އިންތިޚާބު
ވޯޓްފޮށިތަކުގައި ހުޅުޖެހީ ގައުމަށް ގެއްލުންދޭން:އަބާދީ
ގުދަނުގައި ރޯކޮށްލީ 11 މިލިއަން ވޯޓް އަލުން ގުނަން އަންގާފައިވަނިކޮށް
އިންތިޚާބު އަލުން ބާއްވަންޖެހޭ: ގާނޫނުހަދާ މަޖިލީހުގެ ރައީސް

އިރާގުގައި މިދިޔަ މަހު ބޭއްވި ބަރުލަމާނީ އިންތިޚާބުގައި މަކަރު ހަދައި ވޯޓް އޮޅުވާލާފައިވާ ކަމަށް ބުނެ ވޯޓް އަލުން ގުނުމަށް އަންގާފައިވަނިކޮށް ވޯޓްފޮށިތައް ހުރި ގުދަނުގައި ރޯކޮށްލުމަކީ އެ ގައުމުގެ ޑިމޮކްރަސީ ހަލާކުކޮށްލުމަށް ގަސްތުގައި ދީފައިވާ ހަމަލާއެއް ކަމަށް ބޮޑުވަޒީރު ހައިދަރު އަލް އަބާދީ ވިދާޅުވެއްޖެއެވެ.

ބޮޑުވަޒީރު އަބާދީ އާދީއްތަ ދުވަހު މިހެން ވިދާޅުވެފައިވާއިރު އެ މަނިކުފާނަކީ އިރާގުގެވެރިރަށުގައި ވޯޓްފޮށިތައް ބަހައްޓާފައިހުރި ތަނުގައި ހިނގި ހާދިސާއަކީ ގަސްތުގައި ކޮށްފައިވާކަމެއްކަން ދައްކުވައިދޭކަމަށް ވިދާޅުވި އެންމެ އިސްފަރާތެވެ.

"އިންތިޚާބުގައި ބޭނުންކުރި ގުދަނުގައި ރޯކޮށްލުމަކީ ގައުމަށާއި ގައުމުގެ ޑެމޮކްރަސީއަށް ގެއްލުން ދިނުމަށް ހިންގި އަމަލެއް" އާދީއްތަ ދުވަހު ނެރުނު ބަޔާނެއްގައި ވިދާޅުވިއެވެ.

އިންތިޚާބުގައި އަބާދީގެ ކޯލިޝަން ގޮސްފައިވަނީ ތިންވަނަ އަށެވެ.

މެއި މަހުގެ 12 ވަނަ ދުވަހު ބޭއްވި އިންތިޚާބުގައި މަކަރު ހަދައި އޮޅުވާލާފައިވާ ކަމަށް ބުނެ ގާނޫނު ހަދާ މަޖިލީހުން މިދިޔަ ހަފްތާގައިވަނީ 11 މިލިއަން ވޯޓް އަލުން ގުނުމަށް ފާސްކޮށްފައެވެ.

ވޯޓް ފޮށިތައް ބަހައްޓާފައިވާ ގުދަނުގައި އަލިފާން ރޯވި ސަބަބެއް އަދި އެނގިފައެއް ނުވެއެވެ. ނަމަވެސް އޮފިޝަލަކު ވިދާޅުވީ އަލުން ގުނަން އަންގާފައިވާ ވޯޓްގެ ތެރެއިން ބަޣްދާދުގެ އިރުމަތީގެ ޑިސްޓްރިކްޓެއްކަމަށްވާ އަލް ރުސަފާ ޑިސްޓްރިކްޓްގެެ ވޯޓްގެ ދެ ބައިކުޅައެއްބައި އަނދައިގެން ގޮސްފައިވާކަމަށެވެ.

"އަޅުގަނޑަށް ދަންނަވާލެވިދާނެ ހުރިހާ ފޮއްޓަކާއި ކަރުދާސްވަނީ އަނދާފައި"ބަޣްދާދް ޕްރޮވިންސްގެ ކައުންސިލް މެމްބަރު މުހައްމަދު ރަބީއީ ވިދާޅުވިއެވެ.

ނަމަވެސް އިންޓީރިއާ މިނިސްޓްރީގެ ތަރުޖަމާނު ވިދާޅުވީ އަލިފާނުގެ ސަބަބުން އަނދައިގެން ދިޔައީ ބައެއް ލިޔެކިއުމާއި އިކުއިޕްމެންޓްތައް ކަމަށާއި އަލިިފާން ނިއްވުމުގެ މަސައްކަތްކުރާ ފަރާތްތަކުން ވޯޓް ފޮށިތަކާއި ހަމައަށް އަލިފާން ފެތުރުނަ ނުދިނުމަށް މަސައްކަތްކޮށްފައިވާކަމަށެވެ.

މޭޖަރ ޖެނެރަލް ސާދު މާން ވިދާޅުުވީ އެ ގުދަަނަކީ އެ ސައިޓްގައި ހުރި ހަތަރު ތަނުގެ ތެެރެއިން އެއްތަން ކަމަށާއި އެތަނުގައި ހުރީ ބައެއް ލިޔެކިއުމާއި އިލެކްޓްރޯނިކް އިކުއިޕްމަންޓްތަކެއްކަމަށެވެ.

މި މައްސަލައިގައި ބޮޑުވަޒީރު އަބާދީ އެއްޗެއް ވިދާޅުވުމުގެ ކުރިން، ގާނޫނު ހަދާ މަޖިލީހުގެ ރައީސް ސާލިމް އަލް ޖަބޫރީވަނީ އަލިފާނުގެ ހާދިސާއަކީ ގަސްތުގައި ބަޔަކުކޮށްފައިވާ ކަމެއްކަމަށާއި އިންތިޚާބު އަލުން ބޭއްވުމަށް ގޮވާލައްވާކަމަށް ވިދާޅުވެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް