ކ. މާލެ
|
11 ޖޫން 2018 | ހޯމަ 02:46
ކިމްއާއި ސިންގަޕޫރުގެ ބޮޑުވަޒީރު ބައްދަލު ކުރައްވަނީ
ކިމްއާއި ސިންގަޕޫރުގެ ބޮޑުވަޒީރު ބައްދަލު ކުރައްވަނީ
ޓުޑޭ.އެންޖީ
ޓްރަމްޕް - ކިމް ސަމިޓް
ކިމް ސިންގަޕޫރުގެ ބޮޑުވަޒީރާ ބައްދަލު ކުރައްވައިފި
ކިމްއަށް އެއާޕޯޓުން މަރުހަބާ ދެންނެވީ ދެ މިނިސްޓަރުން
ހަތަރު ގަޑި އިރުތެރޭ ބޮޑުވަޒީރާ ކިމް ބައްދަލު ކުރައްވައިފައި

ތާރީޚީ ސަމިޓަށް އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮންގް އުން ސިންގަޕޫރަށް ވަޑައިގެން އެ ގައުމުގެ ބޮޑުވަޒީރު ލީ ޝިއެން ލޯންގާއި ބައްދަލު ކުރައްވައިފިއެވެ. ކިމް ސިންގަޕޫރަށް  ފައިބައި ވަޑައިގެންނެވިއިރު  އެ ގައުމުގެ ފޮރިން މިނިސްޓަރާއި އެޑިއުކޭޝަން މިނިސްޓަރުވެސް އިސްތިގުބާލުގައި ތިއްބެވިއެއެވެ.

ކިމް ސިންގަޕޫރަށް އާދިއްތަ ދުވަހު ވަޑައިގެންތާ ހަތަރު ގަޑިރު ނުވަނީސް އެގައުމުގެ ބޮޑުވަޒީރާއި ވަނީ ބައްދަލު ކުރަށްވާފައެވެ. މި ބައްދަލު ކުރެއްވުން އޮތީ ބޮޑުވަޒީރުގެ ރަސްމީ ގަނޑުވަރުކޮޅުގައެވެ. ދެ ބޭފުޅުންގެ ބައްދަލުވުމުގެ ފޮޓޯތަކާއި ވިޑިއޯތައް ދަނީ ސޯޝަލް މީޑިއާގައި ވަރަށް ބާރަށް ދައުރު ވަމުންނެވެ. ފެންނަ ފެނުމުގައި ދެ ގައުމުގެ ވެރިންގެ މޫނުފުޅުމަތިން  ފެންނަނީ އުފާވެރިކާމާއި ހިނިތުންވުމެވެ.

ބޮޑުވަޒީރު ލީއާ މި ބައްދަލު ކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ކިމް ވިދާޅުވީ މި ތާރީޚީ ސަމިޓް ބޭއްވުމުގެ އިންތިޒާމް ހަމަޖައްސަވައި ދެއްވެވީތީ ސިންގަޕޫރު ގެ ބޮޑުވަޒީރަށް ވަރަށް ބޮޑަށް ޝުކުރުވެރިވެރި ވެވަޑައިގަންނަވާ ކަމުގައެވެ. އަދި ކިމް ވިދާޅުވީ މުޅި ދުނިޔެވެސް މި ބައްދަލުވުން ކުރިއަށްދާ ގޮތް ވަރަށް ކައިރިން ބަލަމުންދާ ކަމަށާއި މި ބައްދަލުވުން ވަރަށް ކާމިޔާބު ވާނެ ކަމަށް ބެލެވޭ ކަމަށެވެ.

ކިމްއާއި ޓުރަމްޕްގެ ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައި ވަނީ ޖޫން މަހު ބާރަ ވަނަ ދުވަހުގައެވެ. އެމެރިކާގެ ވައިޓް ހައުސް އިން ބުނީ އެންމެ ފުރަތަމަ ދެގައުމުގެ ވެރިން ބައްދަލު ކުރައްވާނީ ސިންގަޕޫރު ގަނޑިން ހެނދުނު 9 އެއް ޖަހާއިރު ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް