ކ. މާލެ
|
10 ޖޫން 2018 | އާދީއްތަ 19:43
ސިންގަޕޫރަށް ރައީސް ޓްރަމްޕް ފައިބައިވަޑައިގަންނަވަނީ
ސިންގަޕޫރަށް ރައީސް ޓްރަމްޕް ފައިބައިވަޑައިގަންނަވަނީ
ޗެނަލް ނިއުސް އޭޝިއާ
ޓްރަމްޕް-ކިމް ސަމިޓް
އުތުރު ކޮރެއާގެ ލީޑަރާ ބައްދަލު ކުރުމަށް ޓްރަމްޕް ސިންގަޕޫރަށް ވަޑައިގެންފި
ބައްދަލުވުން އޮންނާނީ ޖޫން މަހުގެ 12 ވަނަ ދުވަހު
އުތުރު ކޮރެއާ ލީޑަރު ވަނީ ސިންގަޕޫރުގައި

އުތުރު ކޮރެއާގެ ލީޑަރ ކިމް ޖޮންގް އުންއާ ބައްދަލުކުރުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބައްދަލުވުން އޮންނަ ގައުމު ކަމަށްވާ ސިންގަޕޫރަށް ވަޑައިގެންފިއެވެ.

އާދީއްތަ ދުވަހު ޓްރަމްޕް ސިންގަޕޫރަށް ވަޑައިގެންނެވިރު، އުތުރު ކޮރެއާގެ ލީޑަރުވެސް ވަނީ އޭގެ ކުޑަ ވަގުތުކޮޅެއް ކުރިން އެ ގައުމަށް ވަޑައިގެންފައެވެ. ދެ ގައުމުގެ ބައްދަލުވުމަށް ސިންގަޕޫރުން ވަނީ ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކޮށް މުޅި ގައުމު އެލާޓަށް ގެނެސްފައެވެ.

ދެ ގައުމުގެ އިސްވެރިންގެ ބައްދަލުވުމުގެ އެޖެންޑާގައި އެންމެ ކުރީގައި ވަނީ ނިއުކްލިއަރ ހަތިޔާރު ކޮރެއިން ޕެނިންސިއުލާއިން ނައްތާލުމާ ބެހޭ ގޮތުން މަޝްވަރާ ކުރުމެވެ. ކެނެޑާގައި ކުރިޔަށް ދިޔަ ޖީ7 ބައްދަލުވުން ނިންމަވާލެއްވުމަށް ފަހު ސިންގަޕޫރަށް ދަތުރުފުޅު ފައްޓަވަމުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ މި ބައްދަލުވުމަކީ " އެއް ޝޮޓުން ނިންމަންޖެހޭ "ސުލްހައިގެ މިޝަން" އެއް ކަމަށް ސިފަ ކުރައްވާފައެވެ.

މިދިޔަ ހަފްތާގައި ސިންގަޕޫރުގެ އިދާރާތަކުން ވަނީ އެގައުމުގެ ވައިގެ ސަރަހައްދު ވަކި ގަޑިތަކެއްގައި މަނާކުރެވޭތީ އާދީއްތަ ދުވަހާއި ބުރާސްފަތި ދުވަހާއިދެމެދު އެގައުމަށް ދާ އަދި އެ ގައުމުން ފުރާ ދަތުރުވެރިންގެ ފްލައިޓްތައް ޑިލޭ ވެދާނެ ކަމަށް ބުނެފައެވެ.

ކިމް-ޓްރަމްޕް ސަމިޓް ކަވަރުކުރުމަށް ސިންގަޕޫރަށް 2،500އަށް ވުރެ ގިނަ ނޫސްވެރިން އެގައުމަށް ގޮސްފައިވާއިރު މީޑިއާ ސެންޓަރ އެފް ޕިޓް ބިލްޑިންގް ގައި އެބަތިއްބެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދު ސާއިފް ޝިޔާދް
- ކޮމެންޓް