ކ. މާލެ
|
10 ޖޫން 2018 | އާދީއްތަ 20:29
ބޮމުގެ ހަމަލާ ދީފައި ވާ ސަރަހައްދުގެ މަންޒަރެއް
ބޮމުގެ ހަމަލާ ދީފައި ވާ ސަރަހައްދުގެ މަންޒަރެއް
ރެޕްރެޒެންޓޭޝަނަލް ފޮޓޯ
އީރާގުގަށް ބޮމުގެ ހަމަލާއެއް
އީރާގުގައި ބޮމެއް ގޮއްވާލާ ދެ މީހުން މަރުވެ، 20 މީހުން ޒަޚަމްވެއްޖެ
ހަމަލާ ދިނީ ސުންނި އަދި ޝިއައިން އުޅޭ ސަރަހައްދަކަށް
ބެލެވޭ ގޮތުގައި ހަމަލާ ދީފައި ވަނީ ފަރުދެއް

އީރާގުގެ ޑިޔާލާ ޕްރޮވިންސްގައި ގޮއްވާލި ބޮމެއްގެ ސަބަބުން ދެ މީހުން މަރުވެ ވިހި މީހުން ޒަޚަމް ވެއްޖެއެވެ.

ސަލާމަތީ ބާރުތަކުން ހާމަ ކުރާގޮތުގައި މި ހާދިސާ ހިނގާފައި ވަނީ ހޮނިހިރު ދުވަހު ޑިޔާލާ ޕްރޮވިންސްގެ ޚާލިސް ސިޓީގައެވެ. މި ހާދިސާގައި މަދުވެގެން ދެ މީހުން މަރުވިއިރު ވިހި މީހުން ވަނީ ޒަޚަމްވެފައެވެ.

މިކަން ކުރީ ކޮން ބަޔަކަށް އަމާޒު ކޮށްގެން ކަމާއި މި ހަމަލާ ދީފައި ވަނީ ކޮން ބައެއްކަން ސަލާމަތީ ބާރުތަކަށް އެވަގުތު އެގިފައެއް ނުވެއެވެ. އެހެން ނަމަވެސް މިކަން ހިނގީ ރޯދަ ވީއްލަން އާންމުން ތައްޔާރު ވަމުން ދަނިކޮށެވެ.

ހަމަލާ ދީފައި ވާ ސިޓީ ދިޔާލާގައި ސުންނި އަދި ޝިއިންގެ މުސްލިމުން ދިރި އުޅެމުން ދެއެވެ.

މިކަން ހިގިއިރު، އީރާގުން ވަނީ އައިސިސްއާ އެކު ކުރަމުންދާ ހަނގުރާމައަށް ފަތަހަ ލިބިއްޖެ ކަމަށް އިއުލާން ވެސް ކޮށްފައެވެ. ސަލާމަތީ ބާރު ތަކުން ސިފަކުރާ ގޮތުގައި އެ ޖަމާއަތުގެ ދުވަސް ވަނީ ގޮސްފައެވެ. އަދި އެ ޖަމާއަތުން އަތްދަށަށްލީ ސަރަހައްދުތަކުގެ ބާރު ވަނީ އީރާގު ސިފައިން ހޯދައިފައި ވާ ކަމަށެވެ. އެހެން ނަމަވެސް އެ ޖަމާއަތުގައި ހަރަކާތް ތެރިވި ފަރުދުން އަމިއްލައަށް އިސް ނަގައިގެން ހަމަލާ ދިނުމަކީ އެކަށީގެންވާ ކަމެއް ކަމަށާއި ބެލެވޭ ގޮތުގައި މި ބޮމުގެ ހަމަލާ ދީފައި ވަނީ އޭގެ ތެރިން މީހެއްކަމަށް ބެލެވޭ ކަމަށެވެ.

އެހެން ނަމަވެސް އެ ސަރައްހައްދު ބަލަހައްޓާ ފުލުސް އޮފިސަރެއް ބުނީ ހަނގުރާމަ ވެރި ޖަމާއަތް ތަކުން އަނެއްކާވެސް ޑިޔާލާއި އެތާ ކައިރީގައިވާ ސަލާހުއްދީން ޕްރޮވިންސްގައި ހަނގުރާމަވެރި ޖަމާއަތްތަކުން ހަރަކާތް ތެރި ވާން ފަށައިފައި ވާ ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދު ސާއިފް ޝިޔާދް
- ކޮމެންޓް