ކ. މާލެ
|
10 ޖޫން 2018 | އާދީއްތަ 15:30
ސިންގަޕޫގެ ފޮރިން މިނިސްޓަރ ވިއަން ބާލަކްރިޝްނަން(ކ) އުތުރު ކޮރެއާގެ ލީޑަރ ކިމްޖޮން އުންއާއި ސަލާމް ކުރައްވަނީ
ސިންގަޕޫގެ ފޮރިން މިނިސްޓަރ ވިއަން ބާލަކްރިޝްނަން(ކ) އުތުރު ކޮރެއާގެ ލީޑަރ ކިމްޖޮން އުންއާއި ސަލާމް ކުރައްވަނީ
މުހައްމަދު ޝަރުހާން
ޓްރަމްޕް-ކިމް ސަމިޓް
ޓްރަމްޕްއާއި ބައްދަލު ކުރެއްވުމަށް އުތުރުކޮރެއާގެ ލީޑަރު ސިންގަޕޫރަށް ވަޑައިގެންފި
ބައްދަލުވުން އޮންނާނީ ޖޫން މަހުގެ 12 ވަނަ ދުވަހު
ރައީސް ޓްރަމްޕްވެސް ވަނީ ސިންގަޕޫރަށް ދަތުރު ފައްޓަވާފައި

ސިންގަޕޫރު:އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްއާއިއެކު ބާއްވާ ބައްދަލުވުމުގެ ދެ ދުވަސްކުރިން އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮން އުން ބައްދަލުވުން ބާއްވާ ސިންގަޕޫރަށް ވަޑައިގެންފިއެވެ.

ދެ ގައުމުގެ ލީޑަރުންގެ ބައްދަލުވުން އޮންނާނީ އަންގާރަ ދުވަހު ސިންގަޕޫރުގެ ސެންޓޯސާ އައިލެންޑްގެ ކަޕެއްލާ ހޮޓެލްގައެވެ.

އާދީއްތަ ދުވަހު ސިންގަޕޫރަށް ވަޑައިގެން ލީޑަރު ކިމް ވަނީ އެ މަނިކުފާނު ހުންނަވާ ޑައުންޓައުންގެ ރެޖިސް ހޮޓެލްއަށްވަޑައިގެންފައެވެ.

މިދިޔަ ހަފްތާގައި ސިންގަޕޫރުގެ އިދާރާތަކުން ވަނީ އެގައުމުގެ ވައިގެ ސަރަހައްދު ވަކި ގަޑިތަކެއްގައި މަނާކުރެވޭތީ އާދީއްތަ ދުވަހާއި ބުރާސްފަތި ދުވަހާއިދެމެދު އެގައުމަށް ދާ އަދި އެ ގައުމުން ފުރާ ދަތުރުވެރިންގެ ފްލައިޓްތައް ޑިލޭ ވެދާނެ ކަމަށް ބުނެފައެވެ.

ކިމް-ޓްރަމްޕް ސަމިޓް ކަވަރުކުރުމަށް ސިންގަޕޫރަށް 2،500އަށް ވުރެ ގިނަ ނޫސްވެރިން އެގައުމަށް ގޮސްފައިވާއިރު މީޑިއާ ސެންޓަރ އެފް  ޕިޓް ބިލްޑިންގގައި އެބަތިއްބެވެ.

 ކެނެޑާގައި ކުރިޔަށް ދިޔަ ޖީ7 ބައްދަލުވުން ނިންމަވާލެއްވުމަށް ފަހު ސިންގަޕޫރަށް ދަތުރުފުޅު ފައްޓަވަމުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ މި ބައްދަލުވުމަކީ " އެއް ޝޮޓުން ނިންމަންޖެހޭ "ސުލްހައިގެ މިޝަން" އެއް ކަމަށް ސިފަ ކުރައްވާފައެވެ.

" އަޅުގަނޑަށް ހީވަނީ ފުރަތަމަ މިނެޓްގެ ތެރޭ އަޅުގަނޑަށް އެނގޭނެހެން...އަދި  މިކަން ނުވާނެ ކަމަށް އަޅުގަނޑަށް ފެނިއްޖެނަމަ- އަޅުގަނޑެއް ބޭނުމެއް ނޫން އަޅުގަނޑުގެ ވަގުތު ނަގާލާކަށް.  އަޅުގަނޑެއް ބޭނުމެއް ނޫން އެ މަނިކުފާނުގެ ވަގުތު ނަގާލާކަށް"  ކެނެޑާގެ ކިބެކްގައި ބޭއްވި ޖީ 7 ބައްދަލުވުމަށް ފަހު ނޫސްވެރިންނާ ބައްދަލުކުރައްވައި ޓްރަމްޕް ވިދާޅުވިއެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް