ކ. މާލެ
|
10 ޖޫން 2018 | އާދީއްތަ 12:13
ކެނެޑާގެ ބޮޑުވަޒީރު ޖަސްޓިން ޓްރޫޑޯ(ކ) އަދި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް(ވ) ބައްދަލު ކުރައްވަނީ
ކެނެޑާގެ ބޮޑުވަޒީރު ޖަސްޓިން ޓްރޫޑޯ(ކ) އަދި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް(ވ) ބައްދަލު ކުރައްވަނީ
ރޮއިޓަރސް
ޖީ7ގެ ބައްދަލުވުން
ޖީ7 ގެ ގައުމުތަކުން ނެރުނު ގުޅިފައިވާ ބަޔާނުން އެމެރިކާ ފެޔަށް ޖެހިއްޖެ
އެމެރިކާއިން ގެންދަނީ އެ ގައުމަށް އެތެރެކުރާ ދަގަނޑާއި އެލުމިނިއަމުން ޓެރިފް ނަގަމުން

ކެނެޑާގެ "ތެދުވެރިކަމެއް ނެތް" ކަމަށް ވިދާޅުވެ، ޖީ7 ސަމިޓް ނިންމުމުގެ ގޮތުން ގައުމުތަކުން ގުޅިގެން ނެރުނު ބަޔާނުން އެމެރިކާ ތަނާޒުލުވެއްޖެއެވެ.

ރައީސް ޓްރަމްޕް ވިދާޅުވީ އެމެރިކާއިން އެކްސްޕޯޓް ކުރާ މުދަލުން  އެހެން ގައުމުތަކުން މާބޮޑު ޓެރިފެއްނަގާ ކަމަށެވެ.

އެމެރިކާއަށް އެތެރެކުރާ ދަގަނޑާއި އެލުމެނިއަމްގެ ބާވަތްތަކުން ނަގާފީތައް ބޮޑުކުރަން އެ ގައުމުން ނިންމާފައިވަނިކޮށް، ގައުމުތައް ގުޅިގެން ނެރުނު ބަޔާނަކީ އުސޫލުތަކުގެ މައްޗަށް ބިނާކޮށްފައި އޮންނަ ވިޔަފާރީގެ ނިޒާމަކަށް ދިއުމަށް ބާރުއަޅައި ނެރެފައިވާ ބަޔާނެކެވެ.

ކެނެޑާގެ ބޮޑުވަޒީރު ޖަސްޓިން ޓްރޫޑޯ އޭގެ ފަހުން ވަނީ އެމެރިކާގެ ކިބައިން ބަދަލުހިފުމަށް 1 ޖުލައިގެ ފަހުން އެމެރިކާއިން ކެނެޑާއަށް އެތެރެކުރާ މުދަލުން ވެސް ޓެރިފެއްނަގާނެ ކަމަށް ވައުދުވެވަޑައިގެންފައެވެ.

ނޫސްކޮންފަރެންސްގައި ވާހަކަ ދައްކަވަމުން ޓްރޫޑޯވަނީ ދަނގަޑާއި އެލުމިނިއަމުން ޓެރިފެއްނަގަން އެމެރިކާގެ ރައީސް ނިންމެވި ނިންމެވުން ގައުމީ ސަލާމަތާއި ގުޅުވުމަކީ ވަރަށްބޮޑު މަލާމާތެއްގެ ގޮތުގައި ސިފަކުރައްވާފައެވެ.

ޓްރޫޑޯ ވިދާޅުވީ" މިއީ ހިތާމަ ކުރާނެކަމެއް އަދި ޝައްކެއް ނެތް . ވަރަށްސާފު އެކެއް ޖުލައިއިން ފެށިގެން އަޅުގަނޑުމެން މިކަމުގެ ބަދަލުހިފުމުގެ ފިޔަވަޅު އަޅާނަން" ޓްރޫޑޯ ވިދާޅުވިއެވެ.

ޓްރޫޑޯގެ އޮފީހުން ފަހުން ނެރެފައިވާ ބަޔާނެއްގައި ވަނީ އެ މަނިކުފާނާއި ރައީސް ޓްރަމްޕްއާއިއެކު ބޭއްވެވި ބައްދަލުވުމުގައި ނުދައްކަވާ ވާހަކައެއް އެ ނޫސްކޮންފަރެންސްގައި އެ މަނިކުފާނު ނުދައްކަވާ ކަމަށެވެ.

ޓްރަމްޕްގެ ނިންމެވުން އެހެން އޮތް ނަމަވެސް ޖީ 7 ބައްދަލުވުމުގައި ގައުމުތަކުން ނިންމި ނިންމުމަށް ވިލާތުގެ އިއްތިހާދުގެ ތާއީދު އޮންނާނެކަމަށް އެ ޖަމާއަތުންވަނީ ހާމަކޮށްފައެވެ.

އުތުރު ކޮރެއާގެ ލީޑަރާއިއެކު ސިންގަޕޫރުގައި ބާއްވަވާ ތާރީޚީ ބައްދަލުވުމަށް ފުރާ ވަޑައިގަންނަވަމުން ރައީސް ޓްރަމްޕް ވަނީ އެމެރިކާއަށް އެތެރެކުރާ އެއްގަމު އުޅަނދުން ޓެރިފެއް ނަގަން އެ ގައުމުން ވިސްނާފައިވާއިރު ޖީ 7 ސަމިޓްގައި ނެރުނު ބަޔާނަށް ތާއީދު ނުކުރުމަށް އެމެރިކާގެ އޮފިޝަލުންނަށް އަންގަވާފައިވާ ކަމަށެވެ.

ރައީސް ޓްރަމްޕް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ ގައުމުތަކުގެ ބަޔާން ނެރެފައިވަނީ ޓްރޫޑޯ ދެއްވި "ދޮގު" ބަޔާނެއްގެ މައްޗަށް ކަމަށާއި ހަގީގަތަކީ އެމެރިކާގެ ދަނޑުވެރިންނާއި މަސައްކަތްތެރިންނާއި ކުންފުނިތަކުގެ އަތުން ކެނެޑާއިން ބޮޑު ޓެރިފެއް ނަގާ ކަމަށެވެ.

ރައީސް ޓްރަމްޕް ވަނީ ޓްރޫޑޯއަކީ "ވަރަށްދޮގުވެރި އަދި ބަލިކަށި" ބޭފުޅެއް ކަމަށް ސިފަކުރައްވާފައެވެ.

ގައުމުތަކުން އެތެރެކުރާ މުދަލުން ޓެރިފް ނެގުމާއިމެދު ގައުމުތަކުގެ މެދުގައި ޚިލާފް އޮތް ނަމަވެސް ޖީ 7 ގެ ގައުމުތަކުގެ މެދުގައި އެއްބަސްވެވިގެން ނެރުނު ބަޔާނުގައި ރައީސް ޓްރަމްޕް ފުރަތަމަ ސޮއިކުރެއްވިއެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް