ކ. މާލެ
|
9 ޖޫން 2018 | ހޮނިހިރު 17:12
އުމްރާގެ އަޅުކަމަށް ގޮސް އުޅޭ ބައެއްގެ މަންޒަރެއް
އުމްރާގެ އަޅުކަމަށް ގޮސް އުޅޭ ބައެއްގެ މަންޒަރެއް
ރާއްޖެ އެމްވީ
ރަމަޟާން 1439
މަސްޖިދުލް ހަރާމްގެ ފުރާޅު މަތިން ފުންމާލައިގެން މީހަކު މަރުވެއްޖެ
ހާދިސާ ހިނގީ ހުކުރު ދުވަހުގެ ރޭ އިރާކޮޅު

މަސްޖިދުލް ހަރާމްގެ ފުރާޅުމަތިން ފުންމާލި ބޭރު ގައުމެއްގެ ފިރިހެނަކު މަރުވެއްޖެ ކަމަށް މައްކާގެ ފުލުހުން ހާމަ ކޮށްފިއެވެ.

ހާދިސާ ހިނގީ ޖޫން 8 ވީ ހުކުރު ދުވަހުގެ ރޭގެ އިރާކޮޅުގެ ވަގުތެއްގައި އިޝާ ނަމާދަށް ފަހު ތަރާވީހަށް ތައްޔާރު ވަމުން ދަނިކޮށްނެވެ. އެމީހާ ތަވާފް ކުރާ ސަރަހަދަށް ވެއްޓި ޖެހުނު އިރު އެތައް ބަޔަކު ތަވާފު ކުރަމުން ގެންދިޔަ ކަމަށްވެސް ޚަބަރުތައް ބުނެއެވެ.

ފުލުހުންނާ ހަވާލާދީ ސައުދީ މީޑީއާ އިން ބުނީ އޭނާ ފުންމާލި ގޮތައް އައިސް ވެއްޓި ޖެހުނީ ކައުބާ ވަށައިގެން ތަވާފު ކުރުމަށް އޮންނަ ސަރަހައްދަށެވެ. ބިމުގައި ޖެހުމާއެކު ފުރާނަ ދިޔަ ކަމަށް ބެލޭ ކަމަށާއި ނަމަވެސް ހަށިގަނޑު ވަގުތުން ހޮސްޕިޓަލަށް ގެންދެވުނު ކަމަށެވެ.

ސައުދީ ނޫހެއް ކަމަށްވާ އޮކާޒް ގައި ބުނެފައިވަނީ ފުންމާލައިގެން އަމިއްލަ އަށް މަރުވެފައިވަނީ ސައުދީގައި ދިރިއުޅޭ ޕާކިސްތާނު ރައްޔިތެއް ކަމަށެވެ.

މި ހާދިސާ ހިނގަން މެދުވެރިވި ސަބަބާއި އަދި ހާދިސާގައި މަރުވި މީހާ އާ ބެހޭ އިތުރު ތަފްސީލް ދެނެގަތުމުގެ މަސައްކަތް މައްކާގެ ފުލުހުން ކުރަމުން ދާ ކަމަށް ސައުދީ ޕްރެސް އޭޖެންސީ ހާމަކޮށްފައިވެއެވެ.

މަސްޖިދުލް ހަރާމްގެ ފުރާޅުން މިމީހާ ފުންމާލި އިރު، މީހުން ވެއްޓުނުކަ ނުދޭން އެއީ ވަރަށް ވަރުގަދައަށް ފެންސް ޖަހާފައި ރައްކާތެރި ކޮށްފައި އޮންނަ ސަރަހައްދެއް ކަން ފާހަގަ ކުރެވެއެވެ.

މި ހާދިސާގެ ސަބަބުން އިތުރު މީހަކަށް ގެއްލުން ނުވާ ކަމަށް ގަލްފް ނިއުސްގައި ބުނެފައިވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: ރާއްޖެ އެމްވީ
- ކޮމެންޓް